މުނިފޫހިފިލުވުން

ހުނަރުވެރި އާޓިސްޓުންނާ އެކު "ދަމާގާޑިޔާ"ގެ ދުވެލި ބާރު

ޑިންބާ މިއުޒިކްގެ "ދަމާ ގާޑިޔާ ސެޝަން" އެއްގައި ފަންނާނަކު ލަވައެއް ކިޔަނީ: ބޭނުމަކީ އަމިއްލަ މިއުޒިކް ކުރިއެރުވުން.

ދަމާ ގާޑިޔާ އާއި ދިވެހި މިިއުޒިކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ގުޅުމަކީ ދިވެހި އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ ދިވެހި އާޓިސްޓުން އެއަށް އަރުވައިގެން ކުރިއަށް ގެންގޮސްދޭތީ އެވެ.

އެހެންވެ ދިވެހި ހުނަރުވެރި ފަންނާނުންނާ އެކު ދަމާ ގާޑިޔާގެ ސެޝަންތުގައި ބުރެކި ޖެހުމެއް ނެތެވެ. ދުވެލި މިހާރު ވެސް ވަރަށް ބާރެވެ.

ޑިންބާ މިއުޒިކްގެ ތެރެއިން އުފަންވެގެން އައި ދަމާގާޑިޔާ ސެޝަނަށް މިހާރު ދެ އަހަރުވީ އެވެ. މި ގާޑިޔާ މިހާރު ވެސް އޮތީ ފަންނާނުންތަކާއި އެ މީހުންގެ ކްރިއޭޓިވް އުފެއްދުންތަކުން ފުރިފަ އެވެ. ބޭނުން ވަނީ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި އަމިއްލަ މިއުޒިކް ކުރިއަރުވާށެވެ. އެހެންވެ އަމިއްލަ މިއުޒިކާ އެކު ދަމާގާޑިޔާ ސެޝަނާ ގުޅެންވީ އެވެ. މީގައި ވަކި ޖިންސެއް، އުމުރެއް ބެލުމެއް ނެތެވެ.

މިއޮތީ މުޅި ދުނިޔެ އަށް ވެސް ފެނިގެންދާ ކަހަލަ ޕްލެޓްފޯމެކެވެ. ދަމާގާޑިޔާ ސެޝަންގެ ޔޫޓިއުބް ޗެނަލް ހާވާލައިފި ނަމަ، އަންތަރީސްވާ ކަހަލަ ރީތި އަމިއްލަ ލަވަތަކެއް މިހާރު ވެސް އިވިގެން ދާނެ އެވެ.

އަމިއްލަ ރާގު ހަދައި، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ލަވަ ކިޔުމަކުން މައްސަލައެއް ނެތެވެ. ބޭނުންވަނީ ދިވެހިންގެ އަމިއްލަ ކްރިއޭޓިވިޓީ އެވެ. "ކުލަ ޔެލޯ" އާއި "އެއްޗެއް ކަޅެއް" ކަހަލަ ލަވަތަކުން ގައިމު ވެސް މިސާލު ނެގި ދާނެ އެވެ.

މިކަހަލަ ކިތަންގެ ލަތަކެއް ދަމާގާޑިޔާ ސެޝަނުގެ ތެރެއިން އަޑު އަހައި ލެވޭނެ އެވެ. ހަމައެކަނި ލަވަތަކެއް ނޫނެވެ. ވީޑިއޯ ލަވަތައް ވެސް އެބަ ހުއްޓެވެ. ހަމައެއާއެކު ލައިވް ޕަފޮމަންސްތައް ވެސް ޑިންބާ މިއުޒިކްގެ ތެރެއިން ކުރިއަސް ގެންދެ އެވެ.

މިހާރު ދަމާގާޑިޔާ ސެޝަން 2017 ވެސް މެކުހަށް ޖަހައި ކުރިއަށް ދަނީ އެވެ. ސެޝަނުގެ ތެރެއަށް އެންމެ ފަހުން އިތުރުވި ލަވައަކީ މަޝްހޫރު މިއުޒިޝަން ފަސީގެ "ފޫލް" އެވެ.

ޑިންބާ މިއިޒިކާ އެކު، ދަމާގާޑިޔާ ސެޝަންތައް ރާއްޖޭގެ ހުރިހާ ކްރިއޭޓިވް އާޓިސްޓުންނަށް ހައްދެއް ނެތް މިންވަރަށް ހުޅުވައިލަ ދީގެން ހުރީ ރާއްޖޭގެ މިއުޒިކީ ދާއިރާގެ ވަރަށް ތަޖުރިބާކާރު ފަންނާނެ ކަމަށްވާ އަހުމަދު އިޝާން (އިޝާންޓޭ) އެވެ.

އޭނާގެ ލަވަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ޝިއުޒް، އުނޫޝާ، އައްފާން، ހައިޝަމް، ޒާރާ، ތަބީ، އަންދަލާ، ޝާނީ، އީސަ، ޝައްޕެ، ފައްތު، އައްޕި، ކަޅޭ، މައިޒަން އައްކޮ، ދީމާ، ލަލިތު، ނިލޭޝާ، ބަތޫލް އަދި ތޯތި ފަދަ އެތަކެއް ފަންނާނުން ހިމެނެ އެވެ.

އިޝާންޓޭއަކީ ދިވެހި އަމިއްލަ ކުރިއަރުވަން ފޫގަޅައިގެން ހުރި ދެގޮތެއް ނުވާ ފަންނާނެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާގެ މާމަ މަރުހޫމް ޖޭމް ދޮންކަމަނަގެ އަޑަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. ހިތްގައިމު ލަވަތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދީފައިވެ އެވެ.

އިޝާންޓޭ ބުނީ އަމިއްލަ އުފެއްދުންތަކަށް ލޯބި ކުރާ އާޓިސްޓުން އޮތް ފުރުސަތު މިހާރު ބޮޑު ކަމަށެވެ. އޭނާގެ ނަޒަރުގައި ޑިންބާ މިއުޒިކަކީ "އަމިއްލަވަންތަކަން ދައްކުވައިދޭ ކޮންމެ މިއުޒިކެކެވެ."

ޑިމްބާގެ ފޭސްބުކް ޕޭޖްގައި ޑިންބާ މިއުޒިކް ސިފަ ކުރަނީ މިހެންނެވެ؛ އެ މީހަކަށް ރީތި ލަވައެއް އަޑު އަހަލައިށެވެ. އެ މީހަކު ބޭނުން ގޮތަކަށް މިއުޒިކް ކުޅެލާށެވެ. "އިޓްސް އަ ފޯމް އޮފް މިއުޒިކް ބައި ދަ ޕީޕަލް އެންޑް ފޮ ދަ ޕީޕަލް" އެވެ.

"އަމިއްލަ އުފެއްދުމެއް އޮތިއްޔާ އަހަރެމެންނާ ހަމަ ގުޅެންވީ. އެ ފުރުސަތު ދުވަހަކު ވެސް ބަންދެއް ނުވާނެ. މީގައި ވަކި އުމުރެއްގެ މީހަކަށް ވެސް ބެލުމެއް ނެތް. ކްރިއޭޓިވް ކޮންމެ މީހަކަށް ހުޅުވިފައި އޮތް ދޮރެއް ޑިންބާ މިއުޒިކަކީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ދަމާ ގާޑިޔާ ސެޝަން އެހާ މުއްސަނދިވީ ވެސް މިކަމަށް ރާއްޖޭގެ ފަންނާނުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ ހެދި ކަމަށެވެ.

"އަޅެ ނިކަން ދަމާ ގާޑިޔާ ޔޫޓިއުބް ޗެނަލް ހާވާލަބަލަ އެތަކެއް ލަވައެއް މިހާރު ވެސް ހުންނާނެ. ކޮލިޓީ އަދި އެހާމެ މަގުބޫލް ރީތި ހިތްގައިމު އަމިއްލަ އުފެއްދުންތައް ހުންނާނެ،" ޑިމްބާ މިއުޒިކާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން ކުރިއަށް ގެންދާ ދަމާ ގާޑިޔާ ސެޝަނާ ބެހޭ ގޮތުން އިޝާންޓޭ ބުންޏެވެ.

އުފެއްދުންތެރި އާޓިސްޓުން ކުރިއަރުވަން ޑިންބާ އިން ކުރާ މަސައްކަތް ރާއްޖޭގެ ގިނަ ބަޔަކު މިހާރު ވަނީ ބަލައިގެންފަ އެވެ.

މި މަސައްކަތް ކުރި އަރުވަން ޑިންބާ އަށް މިހާރު ސްޕޮންސަރުން ވެސް ހޯދުމަކީ އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ދީލަތި އެހީ މިހާރު ވެސް އަންނަނީ ލިބެމުންނެވެ.

"އެހެންވެ މިކަމަށް އެހީތެރިވެދޭ ހުރިހާ އެންމެން އެ ދޭ ސަޕޯޓަކީ އަބަދު ވެސް ވަރަށް މުހިއްމު އެއްޗަކަށް ވާނެ،" އިޝާންޓޭ ބުންޏެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 11%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނަ

16 May 2017

ތީނދީ ހަސްކޮގެ ފޮޓޯއެއް. އޭނާ ލަވަ ނުކިޔާތާ ކޮން ޒަމާނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454