ޝީރަން އާއި ޗެރީ: ދެ މީހުން އެންގޭޖްވި ނަމަވެސް ކައިވެނި ކުރާނެ ދުވަހެއް އަދި ނޭނގޭ.
21 ޖެނުއަރީ 2018 - 12:15
އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ ލޯބިވެރިޔާ ޗެރީ ސީބޯންއާ އެންގޭޖްވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ އެކަން އިސްޓަގްރާމްގައި ވެސް ފޭނުންނާ ހިއްސާ ކޮށްފަ އެވެ. ޝީރަން އާއި ޗެރީއަކީ ވަރަށް ކުޑައިރުއްސުރެން ވެސް ދެ އެކުވެރިންނެވެ. އަދި ދެ މީހުން ކިޔެވީ ވެސް އެއް ސްކޫލެއްގަ އެވެ. ޝީރަން އާއި ޗެރީ ހިތާވެގެން އުޅޭކަން ރަސްމީކޮށް އިއުލާން ކުރީ 2015 ގެ ތެރޭގަ އެވެ.
އާ އަހަރަކާ އެކު ދެ މީހުންގެ އެންގޭޖްމަންޓް އިއުލާން ކުރި އިރު، އެކުގައި ވެސް އުޅޭތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހޮކީ ކުޅުންތެރިޔާ ޗެރީ އާއި ޝީރަން ދެން މާ ލަސްތަކެއް ނުވެ ކައިވެނި ވެސްކޮށްފާނެ އެވެ.
ޝީރަން އާއި ޗެރީ ވަނީ އެންގޭޖްވެފައި.
ދާދި ފަހުން ދިން އިންޓަވިއުއްގައި ޝީރަން ބުނީ ޗެރީ އާއި އޭނާ އުޅެނީ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއްގެ ތެރޭގައި ކަމަށާއި ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
"އަހަރެންގެ ހަޔާތުގައި މިހާރު ކަންބޮޑުވާނެ ކަމެއް ނެތް. ވަރަށް އުފަލުން ހިތްހަމަޖެހިގެން މި އުޅެނީ. ޝެރީއަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް،" މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ. "އަހަރެމެން ދެ މީހުންގެ ގުޅުން ވަރަށް ބަދަހި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނދުކޭތަ
21 January 2018
ދެމީހުންނަށް ހެޔޮ ރަހުމަތް ލައްވާށިއެވެ އަދި ސުވަރުގޭގެ ނިއުމަށް ދެއްވާށިއެވެ.