މޭނާ ހައްސާނު އާ އަހަރުގެ މިއުޒިކް ޝޯގެ ކުރިން ހުރި ގޮތް.
28 ޖެނުއަރީ 2018 - 06:29
ރާއްޖޭގައި އުފެދުނު އެންމެ މޮޅު، އެންމެ ދިވެހިވަންތަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޭނާ ހައްސާނު ލަވަ އާއި މިއުޒިކާ ދުރަށް އަދި އޭގެ ތެރެއަށް އެނބުރި އައި ކޮންމެ ފަހަރަކީ ސުރުހީ އަތުލި ފަހަރުތަކެވެ. އެކަމަކު މިފަހަރު މި އޮތީ އަދި ވަކިން ބޮޑު ވާހަކަ އެކެވެ. ހައްސާނު ބުނަނީ އާ އަހަރުގެ ޝޯއާ އެކު އަލުން ލަވައިގެ ސްޓޭޖަށް އައުމަކީ އޭނާ އަށް ހެދުނު ގޯހެއް ކަމަށާއި ސްޓޭޖުން ފޭބިތަނުން "ގައިގެ އެއް ފަޅިން ވާގި" ނެތިއްޖެ ކަމަށެވެ.
"މިލަ މިލަ ހަނދުވަރު" އާއި "ވެހޭ ވާރޭ ތެރެއިން" އަދި "ކަނބިއްޔާ ކަނބިއްޔަށޭ މަ މި ގޮވަނީ" ފަދަ ކްލެސިކް ލަވަތަކެއް ގެނެސްދީފައިވާ މަގުބޫލު ލަވަކިޔުންތެރިޔާ އަށް އާ އަހަރުގެ ޝޯ އަށް ފަހު ދިމާވި ބިރުވެރިކަމާއި ސިއްހީ މުސީބާތުގެ ވާހަކަ އޭނާ ހިއްސާކޮށްފައި ވަނީ "ދޯ" މެގަޒިން އަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ. އެ ވާހަކައިގެ ތަފްސީލާއި ހައްސާނުގެ ކެރިއަރަށް އަލިއަޅުވާލައިގެން "ދޯ" އިން މިއަދު ޝާއިއުކޮށްފައިވާ އާޓިކަލް ތިރީގައި މި އޮތީ އެވެ.
Meynaa Hassaanah Lavakiyun Huttaanulevunee Keeve?
Maldives leading magazine for lifestyle, fashion and entertainment
Dho?!
މޭނާ ހައްސާން "ދޯ" އަށް ދިން އިންޓަވިއު
މޭނާ ހައްސާނު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލަވަ އާއި މިއުޒިކާ ދުރުގައި ހުރުމަށް ފަހު އާ އަހަރުގެ ޝޯގައި ޕާފޯމްކޮށްފައި ވަނީ އޭނާގެ އަމިއްލަ ސިފަކުރުންތަކުން ނަމަ، "ފޫޅާ ހަމަ އަށް ދިގުކޮށްފައި" ހުރި ތުނބުޅި ވެސް ކޮށާލައި އޭނާގެ ރަސްމީ ސްޓޭޖު ލުކާއެކުގަ އެވެ. އެކަމަކު މިހާރު އޭނާ ހުރީ އެކަމާ ދެރަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްދި
30 January 2018
ދަރިންނޭ މިޔުޒިކާބެހޭގޮތުން އެއްވެސް ހިޔާލްތަފާތުވުމެއްނެތް ޢިލްމުވެރިންގެ އެއް މިޔުޒިކް ޙަރާމް ކަމުގަ ހުރިހާ އިލްމުވެރިން އިއްތިފާޤްވޭ އެކަމް ލަވައިގަ ބައެއް ކަހަލަ ލަވަތައް ހުއްދަ ކަމައް ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ މިޔުޒިކާ ނުލާ އެވެސް.!
މޭނާ
29 January 2018
މުސްކުޅިވީމަ ބަލިބަލިވެސް ޖެހޭނެ. އެހެންނަމަވެސް ލަވަކިއުމާ މާބޮޑު ގުޅުމެއް އޮތްހެނެއް އަޅުގަނޑަކަށް ހިޔެއްނުވޭ.
ހޭބަލި
29 January 2018
ބައެއްމީހުން ސިކުންޑިން ވިސްނާ.. އެނެއްބައިމީހުން ބޮޑުވައި އިނގިލިންވެސް ވިސްނާ..
ނުދަންނަ މީހާ
29 January 2018
ދިވެހިންގެ ބައެއް މީހުން މިއީދެން މިހާރު ވަރަށް ބޮޑަށް ކަންކަމުގެ ތަރުތީބު އޮޅިފައި ތިބި ބައެއް. ވަޅިޖަހާ މީހުން މެރުމާއި، ޑްރަގާއި މަސްތުވާ ތަކެތި ބޭނުން ކުރުމާއި، ރަލާއި، އޫރުމަހާއި، ފަޑިޔާރުން އިންސާފުން ބޭރުވުމާއި، ދައުލަތުގެ ފައިސާއިން ބިލިއަނުން ނެގުމާއި، ރިޝްވަތާއި، ރިބާއާއި، މިހެންގޮސް ދީނުގައި ސާފުކޮށް އިގެން ހުރި ބޮޑެތި މަނާ ކަންތައްތައް އެއީ މިތާ މާބޮޑު މައްސަލައެއް ނޫން. ލަވަ ނުކިޔާފިއްޔާ އެ ނިމުނީ. އެއީކީ އިސްލާމް ދީނުގެ ހުރިހާ ދަންނަބޭކަލުން އެއްބަސް ވާ ކަމެއްވެސް ނޫން. ލަވަ ކިޔުމަކީ އަދި މިޔުޒިކަކީވެސް ވަކި ހުދޫދެއްގެ ތެރޭގައި ކުރެވޭނެ ކަންކަން ކަމަށް ވިދާޅުވާ ކިތަންމެ އިސްލާމީ އިލްމުވެރިންނެއް އެބަ ތިއްބެވި. އެކަމަކު ކުރިން މިބުނި ކަންކަން ކުރެވޭނެ ކަމަށް ބުނާ އެއްވެސް ދީނީ ދަންނަބޭކަލެއް، މަޒުހަބެއް ނެތް. އެކަމަކު މި ރާއްޖޭގައި އަހަރުމެންނަށް ހެޔޮ.
ަނައީމް
29 January 2018
ތެދެއް. ދިވެހިންނަކީ އާދަޔާ ޚިލާފު މުސްލިމް ބައެއް. ފާހާނާގެ ވަކިކަނެއްގަ ހުރީމަ ހަރާމްވާ ކަންތައްތައް ގިނަ. ހިނގާފަދާޢިރު ކޮންމެ ފިހާރައެއްގަ އަތުޖެހޭ ހިސާބު ރީތިބުދުހުރުމަކީ މައްސަލައެއްނޫން. އެކަމް އެބުދު ފިހާރައިގެ ފުރާޅުމަތީ ބަހައްޓާފިނަމަ ހަރާމް. ފުރާޅުމަތީ ބެހެއްޓީމަ އެކަމް އެއަށް ކާޅު ގުއިރީހެދުންވެސް ގާތް. ކައިވެންޏަށްފަހު ހަރަދު ބަލަހައްޓަންޖެހޭނީ ފިރިމީހާ އެހެނަސް ފިރިމީހާގެ ބަސް އެހުމެއްނެތް. ވައްކަން ކުރުން ގޯސް ވަގަށް ހޯދި އެތި ތިމާއަށް ދީފިނަމަ ހަލާލް. ޑުރަގު ބޮއެގެން ބިންމަތިވީމަ ކަޑަ އެވިއްކާ މުއްސަނދިވިމީހާ އިއްޒަތްތެރި.
މާމިގިލީ މީހާ
29 January 2018
މޭގެ ދެރޭ ކުރިން އދ. މާމިގިލީގަ އޮތް ލައިވް ޝޯއެއްގައި މިގޮލާ ހީވަނީ ފެންކޮށްފާނެހެން.. ހިޔެއްނުވޭ ވާގި ގޮސް ހާލުގަ ޖެހުނު މީހެއްހެން.. އަދި ބިރުވެރި ކަމެއް ދިމާވެފަ ހުރިހެނެއްވެސް..
ފާތީ
29 January 2018
ކުރީގެލަވަތައްކިޔާތީ ވާގިނެތެނީ..އާލަވައެއްކިޔާބަލަ
ބޯހަލާކު_
28 January 2018
މިއީ މަޝްހޫރުވާން ސްޓަންޓް ޖައްސާ މީހެއް. ރާއްޖޭގައި ވާގިނެތިފައި ތިބި މީހުންގެ ތެރެއިން ލަވަކިޔަނީ ކިތައް މީހުންތޯ ބަލާލަބަލަ! ވަރަށް ބޮޑަށް ސާފުވާނެ.
ސުޖާ
28 January 2018
ކޮންފަދަ މޮޅުބަޔެއްތަ ދިވެހިންމީ ލަވަކިއުމާމެދު އިލުމުވެރިންގެ މެދުގަ ހިލާފުއެބަހުރި އެކަމަކު ބަނގުރަލާ އުރުމަސްވިއްކައިގެން ދިރިއުމުގެ ބޭނުންތައް ފުދިދާނެކާމާމެދު އެއްވެސް އިލުވެރިއަކު ހިލުތަފާތު ވުމެއްނެއްއިރު މިގައުމުގަ އެކަންކުރާއިރު ކަންބޮޑުވެގެން މީހަކު އުޅޭތަނެއް ނުފެނޭ ކޮންފަތަ ފުރިހަމަ އިސްލާމުންތޯ
ބައްލަވާ!
29 January 2018
މިޔުޒިކަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ވާހަކަ އެއް ނޫން އިނގޭތޯ! މިޔުޒިކަކީ ހަރާމް އެއްޗެއް! ސްޓޭޖަށް އަރާ އެ ލަވަކިޔަނީ ވައްތަރު ޖަސަމުން މިޔުޒިކާ އެކު! އެކަން އިސްލާމް ދީނުގަ ހުއްދަ ވާނެ އެއްވެސް ގޮތެއް ނޯންނާނެ!
ފާއިޒް
28 January 2018
ސިކުނޑީގެ މައުލޫމާތުގެ އަލީގަ ނިންމާ ނިންމުންތައް މާ ގިނަ ދުވަހަކު ނުހުންނާނެ. ބަދަލު އަންނަން ޖެހޭނީ ހިތާ ހަށިގަނޑާ ސިކުނޑިން(މައުލޫމާތު) އެއްވަރަކަށް. ޒުވާނަކު ޒިނޭ ކުރާ ހިތް ވެގެން ރަސޫލާ(ސައްލައްލާހު އަލައިހި ވަސައްލަމް) ގާތަށް ދިޔައީ އިތުރު މައުލޫމާތު ހޯދާކަށް ނޫން. ހިތް ސާފުކޮށްދިނުމަށް އެދި.
ނަސީމް
29 January 2018
ހިތަކީ ހަމަ އެކަނި ލޭ ޕަންޕު ކުރާ ގުނަވަނެއް. މައުލޫމާތައްޓަކާ ދަންވާލަން.
ފާއިޒްގެ ކޮއްކޮ
29 January 2018
ހިތަކީ އީމާންކަން ވެސް ޕަންޕު ކުރާ ތަނެއް.
ހެޔޮއެދެ މީހެއް
28 January 2018
އަޅުގަނޑު ޙައްސާނަށް ދަންނަވާލާހިތްވަނީ، އެންމެ ފުރަތަމަ ޙައްސާނު ލަވަވިދާޅުވުން ހުއްޓާ ލެއްވުމަށްފަހު ދެވަނަ ފަހަރަށް ސްޓޭޖަށް ނުކުންނެވީ، ކީއްވެގެންކަން ޙައްސާނުގެ ފެނުންނަށް ވިދާޅުވެ ދެއްވުން އެދެމޭ. މިހާރު ތަޅާލާފައިވާ ބަހާއުއްދީނު މިސްކިތް ކައިރީ ހުރި ގެއެއްގައި އިންނަވައި، ޙައްސާނު އެކަން ހިނގި ގޮތް މީހެއްގެ ގާތުގައި ވިދާޅުވެފައިވޭ، ހަނދުމަފުޅު ހުންނާނެކަމަށް އުއްމީދުކުރަން. ވަރަށް ގިނަ ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް ލިބޭނެ ކަމެއް ކަމަށް ފެންނާތީ ދަންނަވާލީ.
ލެމިނޭޓް
28 January 2018
ތިހެން ވާ ކަންތައްތަކާ ވަކި ކަމަކާ އެޅުވުމަކީ އެހާ ރަނގަޅުކަމެއް ނޫން. ކޮންމެ ކަމެއްގެވެސް ހަގީގަތް ދެނެވޮޑިގެން ވާނީ ﷲ. އެކަމަކު ކަމެއް ވާއިރަށް އެކަމެއްް މިވީ މިހެންވެގެންނޭ އެހެންވެގެންނޭ ބުނުމުގެ ބޭނުމެއް ނެތް. ވަރަށް ރަނގަޅު މީހުންނަށްވެސް ދެރަގޮތްތައް މެދުވެރިވޭ. ދެރަގޮތެއްވާ ކޮންމެ މީހެއްގެ ފަހަތުގައި ނުބައި ކަމެއް އޮންނާނެކަމަށް ދެކިގެން މީހުން އުޅެން ފަށާ ދުވަސް އެއީ ވަރަށް ދެރަ ދުވަހަކަށް ވާނެ. ގޯސް ކަމެއްކަމަށް ދެކޭ ނަމަ އެކަން އިިނގޭ އިރަކުން އެކަމަކާ ދުރުވީމަ ނިމުނީ.