މެޑީ ޕޯޕް އެމެރިކަން އައިޑޮލް 16 ކާމިޔާބުކޮށްފި

އެމެރިކަން އައިޑޮލްގެ 16 ވަނަ ސީޒަން މެޑީ ޕޯޕް ކާމިޔާބުކޮށްފި އެވެ.


ރޭ ގެނެސް ދިން ފޯރި ގަދަ ފިނާލޭ ޝޯގައި އޭނާއާ އެކު ގަދަ ތިނެއްގައި ވާދަ ކުރީ ކެލެބް ލީ ހަޗިންސަން އާއި ގެބީ ބެރެޓް އެވެ.

އެގޮތުން މެޑީ ހުށަހަޅައި ދިން ލަވަތަކުގެ ތެރެއިން "ލޭންޑް ސްލައިޑް" ވެގެން ދިޔައީ ޖަޖުންގެ ތައުރީފު ވެސް ބޮޑަށް އޮހުނު ލަވައަކެވެ.

މެޑީ އެމެރިކަން އައިޑޮލް ކާމިޔާބު ކުރި ކުރި އިރު، މި ފަހަރު ޖަޖުންގެ ތެރޭގައި ހިމެނެނު ކޭޓީ ޕެރީއަކީ މުބާރާތް ފެށުނީއްސުރެ މެޑީ އަށް ވަރަށް ތައުރީފު ކުރަމުން ދިޔަ ޖަޖެކެވެ. އެގޮތުން މި ސީޒަން ފެށުނު ތަނާ ކަހަލަ ގޮތަކަށް ކުރި ޓްވީޓެއްގައި ކޭޓީ ބުނީ އޭނާ އެންމެ ޒުވާން ދުވަސްވަރު ލަވަ ކީ ގޮތް މެޑީ ލަވަކިޔާއިރު ހަނދާންވާ ކަމަށެވެ.

އެމެރިކަން އައިޑޮލް 16 ގެ ނާލޭގައި މެޑީ އާއި ކެލެބް އެކުގައި ލަވައެއް ކިޔަނީ: މިއީ ދެ ލޯބިވެރިން

އެމެރިކަން އައިޑޮލް ސީޒަން 16 ގެ ދެވަނަ ލިބުނީ ކެލެބްއަށެވެ. އަދި ތިން ވަނަ ގެބީއަށެވެ.

ފިނާލޭގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަށްވެގެން ދިޔައީ މެޑީ އާއި ކެލެބް ރައްޓެހިވެގެން އުޅޭކަން އިއުލާން ކުރުމެވެ. ދެ މީހުން އެކުގައި "ސަމްވެއާ އޯވަ ދަ ރެއިންބޯ" ހުށަހެޅުމުގެ ކުރިން މެޑީ އާއި ކެލެބް ރައްޓެހިވެގެން އުޅޭކަން އިއުލާން ކުރުމުން، ފިނާލާގެ ފޯރި ގަދަވި އެވެ.

ކެލެބްގެ ޓްވީޓެއް.

ކެލެބް ސްޓޭޖް މަތީގައި ބުނި ގޮތުގައި އެމެރިކަން އައިޑޮލް އަށް ދިއުމުގެ މާ ކުރިން ވެސް އޭނާ މެޑީ ދަނެ އެވެ، އަދި ދެ މީހުންގެ ގުޅުން ވަރަށް ހާއްސަ އެވެ.

ފިނާލޭ ޝޯގައި ތިން ޖަޖުން ކަމަށްވާ ކެޓީ، ލަޔަނަލް ރިޗީ އަދި ލޫކް ބްރަޔަންގެ އިތުރުން މަޝްހޫރު ބައެއް ފަންނާނުން ވެސް ބައިވެރިންނާ އެކު ޕަފޯމް ކުރި އެވެ. އޭގެ ތެރޭގައި ނިކް ޖޯނަސް، ޑާރިއަސް ރަކާ އަދި ކާމިޓް ދަ ފްރޮގް ހިމެނެ އެވެ.

މެޑީގެ "ލޭންޑް ސްލައިޑް".

ކުރިން ފޮކްސް އިން ގެނެސް ދިން އެމެރިކަން އައިޑޮލް 16 ވަނަ ސީޒަން އޭބީސީން ގެނެސް ދިނުމަށް ފަހު، އެ ނެޓްވާކުން ވަނީ މީގެ އިތުރު ސީޒަނެއް ވެސް ގެނެސް ދޭނެކަން އިއުލާންކޮށްފަ އެވެ.

އޭބީސީން ބުނި ގޮތުގައި އެ ނެޓްވާކުން ގެނެސް ދިން އެމެރިކަން އައިޑޮލްގެ ފުރަތަމަ ސީޒަނަށް އާންމުންގެ ފަރާތުން ލިބުނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެކެވެ. އެހެންވެ އެއީ އިތުރު ސީޒަނެއް ގެނެސް ދޭން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.