"ސްޕައިސް ގާލްސް" ގެ ފަސް މެމްބަރުން: ރިޔުނިއަންއަކަށް ތައްޔާރު ވަނީ.
01 އޯގަސްޓް 2016 - 06:25
މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަންހެން ބޭންޑް އިނގިރޭސިވިލާތުގެ "ސްޕައިސް ގާލްސް" މިހާރު އަންނަނީ ބޭންޑްގެ ހުރިހާ މެމްބަރުންނާ އެކު ރިޔުނިއެއްއެއް ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ.
ބޭންޑް އުފެދި، އޭގެ އެންމެ ރަން ޒަމާނަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ކޮންސަޓްތަކުގައި ބައިވެރިވުމަށް ބޭންޑްގެ އެންމެ މަޝްހޫރު މެމްބަރު ކަމަށްވާ ވިކްޓޯރިއާ ބެކަމް ނުވަތަ މަޝްހޫރު ނަމުން ނަމަ ޕޯޝް ސްޕައިސް އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
އިނގިރިސޭވިލާތުގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމާ ކައިވެނިކޮށް ހަތަރު ދަރިން ވެސް ލިބިފައިވާ ވިކްޓޯރިއާ، 42، އަދި ރިޔުނިއަން ކޮންސަންޓްތަކުގައި ބައިވެރިވާން އެއްބަހެއް ނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ "ސްޕައިސް ގާލްސް" ގެ ރިޔުނިއަން އާ ގުޅޭ ނަމަ، އެކަން ކުރާނީ ޝަރުތެއްގެ މަތިންނެވެ. އެއީ ދަރިން އެކަމަށް އެކަމަށް އެއްބަސްވާ ނަމަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މަންމަ ސްޓޭޖްމަތީގައި ޕަފޯމް ކުރާތަން ދެކިލަން، އޭނާގެ ހަމައެކަނި އަންހެން ދަރިފުޅު ހާޕާ ވަކިން ހާއްސަކޮށް ވަރަށް ބޮޑަށް ބޭނުން ވެ އެވެ.
ހުރިހާ ދަރިން އެއްބަސްވާ ނަމަ، ބޭންޑްގެ މެމްބަރުންނާ އެކު ސްޓޭޖަށް އަރަން، މިހާރު ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރު ވިކްޓޯރިއާ ހުރީ ތައްޔާރަށް ކަމަށްވެ އެވެ.
"ސްޕައިސް ގާލްސް" ގިނަ ދުވަސްތަކަކަށް ފަހު ރިޔުނިއަންއަކަށް ތައްޔާރުވާ އިރު، ބޭންޑްގައި ހިމެނުނު މެމްބަރުންގެ ތެރެއިން މެލަނީ "ސްޕޯޓީ ސްޕައިސް" ސީ، 42، ކޮންސަޓްތަކުގައި ބައިވެރުވުމާ ދޭތެރޭ ވެސް ވަނީ ސުވާލު އުދެފިދަ އެވެ.
ވިކްޓޯރިއާ ބެކަމް: ރިޔުނިއަން ކޮންސަޓްތަކުގައި ބައިވެރިވާން އޭނާ އަށް ވަނީ ހުށަހަޅާފައި.
ބޮޑަށް ބެލެވޭ ގޮތުން ކޮންސަޓްތަކުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އަދި ބޭންޑާ އޭނާ ހުރީ ވަރަށް ދުރުގަ އެވެ. އެހެން ނަމަވެސް ރިޔުނިއަންއަށް ވިކްޓޯރިއާ އެއްބަސްވާނެ ކަމަށް ދެން ތިބި މެމްބަރުން ތިބީ ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.
ފަސް މެމްބަރުންނާ އެކު އުފެދުނު "ސްޕައިސް ގާލްސް" މިހާތަނަށް ދަމަހައްޓަމުން އަންނަނީ ބޭންޑްގެ އަނެއް ތިން މެމްބަރުން ކަމަށްވާ ގެރީ "ޖިންޖަ ސްޕައިސް" ހެލިވެލް، 43، އާއި "ބޭބީ ސްޕައިސް" ގެ ނަމުން މަޝްހޫރު އެމާ ބަންޓަން، 40، ގެ އިތުރުން "ސްކޭރީ ސްޕައިސް" މެލް ބީ، 41، އެވެ.
އެ ތިން މީހުންނާ އެކު ބޭންޑް މިހާރު ހިންގަމުން އަންނަނީ ތިން މީހުންގެ ނަން ފެށޭ އަކުރުން ހަދާފައިވާ ނަމާ އެކު "ސްޕައިސް ގާލްސް-ޖެމް" ގެ ނަމުގަ އެވެ.
ބޭންޑްގެ ފަސް މެމްބަރުންނާ އެކު އެންމެ ފަހުން ރިޔުނިއަންއެއް ބޭއްވީ 2008ގަ އެވެ.
"ސްޕައިސް ގާލްސް" އަކީ އަންހެން ބޭންޑެއްގެ ގޮތުގައި ނިކުމެ، އެ މީހުންގެ ވަރުގަދަ މިއުޒިކާ އެކު މުޅި މިއުޒިކް އިންޑަސްޓްރީ އަށް އިންގިލާބެއް ގެނައި ބޭންޑެކެވެ.
އެ ބޭންޑުން ވަނީ ވަރަށް ކާމިޔާބު ތިން އަލްބަމެއް ވެސް ނެރެފަ އެވެ. އެއީ ސްޕައިސް (1996)، ސްޕައިސްވޯލްޑް (1997) އަދި ފޮއެވާ (2000) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
01 August 2016
އޭނަ ވީ ބަދިގޭގައި ބެކަމް އަަށް ރޮށިފިހެދޭން
ޒަންޖަބީލު
01 August 2016
ވިކްޓޯރިޔާއަށް 42 އަހަރު.. އެކަމަކު ފޮޓޯއިން އަދިވެސް ހީވަނީ 20ގެ އަހަރުތަކުގައި އުޅެހެން.. ކުޅަދުންވަންތަކަން...