މުނިފޫހިފިލުވުން

10 އަހަރުން ރިޔާގެ އަލަތު އަލްބަމް "ހާސިލް" ވެއްޖެ

"ހާސިލް" އަލްބަމްގެ ކަވަރު: މީގައި ހިމެނެނީ އަމިއްލަ ރާގުގެ 7 ލަވަ.

ދިވެހި އަމިއްލަ ރާގުގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް އަލްބަމް "ހާސިލު" ވާނީ ވަރަށް ހާއްސަ އެއްޗަކަށެވެ. ލަވަފޮށިން މިހާރު އަޑު އަހައިލެވޭ މި އަލްބަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ގެނެސް ދިން މުހައްމަދު (ކުޑަ ބޮރިސް) ރިޔާޒް ހުރީ އަލްބަމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ.

ހަތް ލަވަ ހިމެނޭ "ހާސިލު" އަކީ އޭނާގެ 10 އަހަރުގެ މަސައްކަތެވެ. އަލްބަމްގެ ހުރިހާ ލަވަތަކެއް ކިޔުމުގެ އިތުރަށް ލަވަތަކުގެ ޅެންތައް ވެސް ހަދާފައި ވަނީ ރިޔާ އަމިއްލައަށެވެ. މިދިޔަ މަހުގެ 22 ގައި ދޫކޮށްލި އަލްބަމްގެ ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ ފަތޯ އާއި ހާޑީގެ އިތުރުން ޓްރިއޯ އެވެ.

އައްޑު އަށް އުފަން އޭނާގެ އަލަތު އަލްބަމްގެ ހާއްސަ އެއް ކަމަކީ އައްޑޫ ބަހުން ހަދާފައިވާ ހިތްގައިމު ލަވައެއް ވެސް "ހާސިލު" ގައި ހިމެނުމެވެ. މީގެ އިތުރުން އަހަރުތަކެއް ކުރިން ރިޔާ ހަދާފައި އެކަމަކު އެހެން ލަވަކިޔުންތެރިއަކު ލައްވައި ކިޔުއްވި ލަވަ "އެރޭ ނިދިން ބާކީވެފައި" ގެ ޒަމާނީ ވާޝަނެއް ވެސް އަލްބަމްގައި ވަނީ ހިމަނައިފަ އެވެ. "ހާސިލު" ގެ ލަވަތައް ދިރާގާއި އުރީދޫގެ ޓޯންތަކަށް ލާން ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޔާ: އޭނާއަކީ ޓޫރިޒަމް ދާއިރާގައި އުޅެމުން މިއުޒިކްގެ ތެރޭގައި އުޅޭ ފަންނާނެއް.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުން މިއުޒިކަށް ވެސް ވަގުތު ދެމުން އަންނަ ފޭދު އަށް އުފަން ރިޔާ ބުނި ގޮތުގައި އޭނާ އަލްބަމަށް އެހުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ.

"ފީޑްބެކް ހަމަ ވަރަށް ރަނގަޅު. އަހަންނަކީ ކުރިން އެއްވެސް ގޮތަކަށް ޕްރޮފެޝަނަލީ ލަވަކީ މީހެއް ނޫން. އަދިވެސް ހަމަ ދަސްކުރުމުގެ މަރުހަލާގެ ތެރޭގައި މިއުޅެނީ. މިހާތަނަށް ހާސިލުގެ ލަވަތައް އަޑު އެހި ގިނަ ބައެއްގެ ފަރާތުން ލިބުނު ފީޑްބެކްތައް ވަރަށް ޕޮޒިޓިވް،" ގިނަ އަހަރުތެއްގެ މަސައްކަތުން އަލަތު އަލްބަމް ނެރުމުން ބޮޑު އުފަލެއް ލިބިފައިވާކަން ފާހަގަކޮށް ރިޔާ ބުންޏެވެ.

ޑީޖޭ ކުޅެން ހާއްސަ ޝައުގުވެރި ކަމެއްދޭ ރިޔާ ބުނި ގޮތުގައި "ހާސިލު" އަކީ މިއުޒިކީ ދާއިރާ އިން ކުރިއަށް ދާން އަޅާ ބޮޑު ފިޔަވަޅަކަށް ވާނެ އެވެ.

"މިގޮތަށް ދެން އެހާ އަވަސް މުސްތަގުބަލެއްގެ ތެރޭގައި އަލްބަމެއް ނުނެރުނު ކަމަށް ވިޔަސް ދޭތެރެ ދޭތެރެ އިން އަހަރެންގެ ސިންގަލްތަކެއް އަޑު އަހާލަން ލިބޭނެ،" ރިޔާޒް ބުންޏެވެ. "ހަގީގަތުގައި އަލްބަމެއް ނެރުމަކީ ވަރަށް ބޮޑު މަސައްކަތެއް."

ރިޔާ ޝޯއެއްގައި ޑީޖޭ ކުޅެނީ.

އޭނާ ބުނި ގޮތުގައި އަލަތު އަލްބަމް އެހުންތެރިން ހަމައަށް ގެނެސް ދޭން 10 އަހަރު ނެގީ މާލީ ގޮތުން ވެސް ހުރި ދަތިތަކާ ހެދި އެވެ.

"އެހާ ދުވަހުގެ މަސައްކަތުން ވެސް އަލްބަމް ނެރެވުމަކީ ކާމިޔާބީއެއް،" ރިޔާ ބުންޏެވެ. "މިއަށް މަސައްކަތްކޮށް ދިން މިއުޒިޝަނުންނާއި އެހެން ގޮތްގޮތުން ވެސް އެހީތެރިވެ ދިން ހުރިހާ އެންމެންގެ މަސައްކަތްތައް އަބަދު ވެސް ފާހަގަ ކުރާނަން."

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454