13 ފެބުރުއަރީ 2020 - 07:38
ކުޅޭނެ ފިލްމެއް ނުލިބި، އެކްޓިން ކެރިއަރު ނިންމައިލަން ޖެހުމުން ކައިވެނިކޮށް މިހާރު ދެ ދަރިން ތިބި ކުރީގެ ބަތަލާ އީޝާ ޑިއޯލް ފޮތެއް ލިޔެ، އާންމުންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅުގެ އަލަތު ފޮތަކީ ދަރިން ލިބުމުން ކުރަން ޖެހުނު ތަޖުރިބާތައް ކިޔައިދޭ "އައްމާ މިއާ" އެވެ. މި ފޮތުގެ ކަވަރު ވެސް އީޝާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
#AmmaMia is a book from one mother to another! Packed with stories, advice & recipes for toddlers, this is my personal journey of transformation into a mother and I hope it acts as a best friend for all new mommies out there. @PenguinIndia Pre order here- https://t.co/tbDS6G4dwg pic.twitter.com/V3xgQ2100l
— Esha Deol (@Esha_Deol) February 10, 2020
އިންޑިއާގެ މަޝްހޫރު ޕަބްލިޝިން ހައުސް ޕެންގުއިންގެ ތައްގަނޑުގައި ފޮތް ނެރޭނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު އަމީތާބް ބައްޗަންގެ އަންހެނުން އަދި ކުރީގެ ބަތަލާ ޖަޔާ ބައްޗަން ފޯވޯޑް ލިޔެދިން "އައްމާ މިއާ" ވަނީ ޕްރި-އޯޑަރަށް ހުޅުވާލައިފަ އެވެ.
ފިލްމު ކުޅުން ހުއްޓާލައި ބާރަތު ތަޚްތާނީ ކިޔާ ވިޔަފާވަރިއަކާ އީޝާ، 38، ކައިވެނުކުރީ 2012 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅު ރާދިއާ ތަޚްތާނީ އަށް މިހާރު ދެ އަހަރެވެ. ހަގު ދަރިފުޅު މިރާޔާ ތަޚްތާނީ އަށް އަށް މަހެވެ.
އީޝާ އެންމެ ފަހުން ކުުޅުނު ފީޗާ ފިލްމަކީ 2011 ގައި މަންމަ ހެމާ ޑައިރެކްޓްކުރި "ޓެލް މީ އޯ ޚުދާ" އެވެ. އަދި 2018 ގައި "ކޭކްވޯކް" ކިޔާ ކުރު ފިލްމެއް ވެސް އީޝާ ކުޅެފައިވެ އެވެ.
ފިލްމު ކުޅުން ހުއްޓާލައި، ކައިވެނިކުރުމަށް ފަހު، ލިޔުންތެރިއަކަށް ބަދަލުވި ބޮލީވުޑްގެ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
13 February 2020
ފިލްމީ ތަރިންގެ ކޮންމެ ދަރިއަކު ސްޓާރ އަކަށް ވާންނުޖެހެއެވެ. ތަރިއަކަށް ވެވެނީ އެމީހެއްގެ ކިބައިގައި އެހުނަރު ހުރީމައެވެ. ރާއްޖޭގައި ރީކޯ މޫސަޢާއި މަރްޔަމް ނިޝާ ފަދަ ފިލްމީތަރިން ފިލްމީ އުދަރެހުގައި ވިދާލީ އެ މީހުންގެ ހުނަރުވެރިކަމުންނެވެ.