މުނިފޫހިފިލުވުން

މޫޝަންގެ ފުރަތަމަ ސޯލޯ އަލްބަމް ޖެނުއަރީގައި ރިލީޒް ކުރަނީ

މުއްމު ޝޯއެއްގައި ލަވަ ކިޔަނީ: އާ ވީޑިއޯ ލަވަ، ސޯލޯ އަަލްބަމާ އެކު ނެރޭނެ.

30 އޮކްޓޯބަރ 2016 - 06:04

ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ މޫޝަން މުބާރިކް (މުއްމު) ގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ ޖެނުއަރީ މަހު ރިލީޒް ކުރަން ނިންމައިފި އެވެ.

އެހެން ނަމަވެސް އޭނާގެ ބައްޕަ މަރުހޫމް އަބްދުﷲ މުބާރިކަށް ތަހުސީސް ކުރާ އަލްބަމް "މޫޝަން މުބާރިކް" ރިލީޒް ކުރާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

މުއްމު ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފެށި އަލްބަމަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ވުޖޫދަށް އަންނަ އަލްބަމެއް ކަމަށެވެ. އަދި އަލްބަމްގައި މުޅިން ވެސް ހިމެނޭނީ އޭނާގެ އަމިއްލަ ދިވެހި ލަވަތައް ކަމަށް ބުންޏެވެ.

"ބޭނުން ވަނީ ފެންވަރު ރަނގަޅު އަލްބަމެއް އާންމުންނާ ހަމައަށް ގެނެސް ދޭން. އެހެންވެ އަސްލު މީގެ މަސައްކަތް ތަންކޮޅެއް ބޮޑަށް ދިގުލައިގެން ދިޔައީ ވެސް،" މުއްމު ބުންޏެވެ.

އަލްބަމް ރިލީޒް ކުރަން ބާއްވާ ހަފުލާގައި، އަލްބަމްގައި ހިމެނޭ ރިމިކްސް ލަވައެއްގެ ވީޑީއޯ ވެސް ނެރޭނެ ކަމަށް މުއްމު ބުންޏެވެ. މިހާރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ވީޑިއޯ ލަވައަކީ އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ އަލްބަމްގައި ހިމެނޭ "އިހުސާސް" ލަވައިގެ ރިމިކްސް ވާޝަނެވެ.

މި ލަވައިގެ ވީޑިއޯ ހަދަން ހަވާލުކޮށްފައި ވަނީ ޗޮޕްއާޓާ އެވެ. ލަވަ އަށް މުއްމު އާ އެކު، ލީޑް ކުރާނެ އަންހެނަކާއި ލަވަ އަށް ބޭނުންވާ އިތުރު ފަންނާނުން ހޯދަން މިހާރު ވަނީ ފޭސްބުކްގައި މޮޑެލް ކާސްޓިން ކޯލެއް ވެސް ހުޅުވާލައިފަ އެވެ. މި ފުރުސަތު އަންނަ މަހުގެ 4 އާ ހަމަޔަށް އޮންނާނެ އެވެ.

"މިހާތަނަށް އައި އިރު މީގެ ރެސްޕޮންސް ވަރަށް ރަނގަޅު. ދެން ކުރިމަތިލާ ކުދިންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ކުދިންތަކެއްގެ ތެރެއިން ލަވަ އަށް ބޭނުންވާ ކުދިން ޗޮޕްއާޓްގެ ހާއްސަ ޕެނަލަކުން ފައިނަލްކޮށްގެން ލަވައިގެ މަސައްކަތް ފަށާނީ،" މުއްމު ބުންޏެވެ. "މީގެ ބޭނުމަކީ އާ ކުދިންނަށް ފުރުސަތުތަކެއް ހޯދައި ދިނުން."

މުއްމު އަލަށް ހަދާ ވީޑިއޯ ލަވައިގެ މޮޑެލް ކާސްޓިން ކޯލް.

އޭނާ ބުނީ އަމާޒަކީ އޭނާއާ އެކު ސޫޒަން ފެނިގެން ދިޔަ ވީޑިއޯ ލަވަ "ރީތިކަން" އަށް ވުރެ އަނެއްކާ ވެސް ރީތި، ތަފާތު ސްޓައިލެއްގެ ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުން ކަމަށެވެ. މިދިޔަ އަހަރު ރިލީޒް ކުރި އެ ލަވައަށް 100،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

"އެހެންވެ ޗޮޕްއާޓާ ގުޅިގެން ލަވަ ވެސް ހަދަނީ ވެސް. މި ފަހަރު ބޭނުން ވަނީ ތަފާތު ސްޓައިލެއްގެ ލަވައެއް ތައާރަފު ކުރަން. ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ހިތްގައިމު ރީތި އަދި ފުރިހަމަ ލަވައަކަށް ލަވަ ޔަގީނުން ވެސް ވެގެން ދާނެ،" އިޝްގީ ލޯބީގެ ލަވައާ ބެހޭ ގޮތުން މުއްމު ބުންޏެވެ.

އޭނާ ބުނީ އަލްބަމްގައި އަށް ލަވަ ހިމެނޭ އިރު، އޭގެ ތެރޭގައި ރިމިކްސް ދެ ލަވައެއް ހިމެނޭނެ ކަމަށެވެ.

"އަލްބަމް ރިލީޒް ކުރާ އިރު، އިހުސާސް ލަވަ ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު، މީގެ އިތުރު ލަވަތައް ވެސް ވީޑިއޯ އާ އެކު ގެނެސް ދިނުމުގެ ހިޔާލެއް އެބަ ގެންގުޅެން،" އޭނާ ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454