މިހާރު ވިއްކަން ހުންނަ ސުޕާރީ ފުޅި: ބިއްލޫރިން ހަދާފައި ހުންނަ މީގެ ފުޅިއެއް ވިއްކަނީ 80 ރުފިޔާއަށް
23 އެޕްރީލް 2021 - 16:48
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެ ކުރަން މަނާކުރަން ނިންމި އިރު އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ހިމެނުނެވެ. މިއީ، ސުޕާރީއަށް ދެވިހިފާފައި ތިބޭ ގިނަ ދިވެހިން ވަރަށް މާޔޫސްވި ކަމެކެވެ.
ސިއްހަތަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް، މިއީ ކޮންމެ ކަންމަތީ ފިހާރައަކުން ލިބެން ހުންނަ އެއްޗެކެވެ. އެކަމަކު އަންނަ ޖޫން މަހުގެ ފަހުން، ކުދި ސުޕާރީ ކޮތަޅު ނުވިއްކޭތީ އޭގެ އަގު ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ. ސުޕާރީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، ބައެއް މީހުން ގަނޑުކޮށް ގަނެފައި ފޮރުވާ ވެސް ހަދަ އެވެ.
ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ސުޕާރީ ފުޅިތަކެއް-- މިހާރު ފޮޓޯ: އައިމިނަތު ޝިފްލީން
އެކަމަކު ދެން ސުޕާރީ ހުސްވެދާނެ ކަމުގެ ބިރު ހީވާކަށް ނުޖެހޭނެ އެވެ. ޕްލާސްޓިކް ކޮތަޅުގައި ހުންނަ ސުޕާރީގެ ބަދަލުގައި މިހާރު ގިނަ ފިހާރަތަކުން ފެންނަނީ ބިއްލޫރި ފުޅީގައި ހުންނަ ސުޕާރީ އެވެ.
ސުޕާރީ ކޮތަޅު އެތެރެ ކުރުން މަނާކުރަން ނިންމި ދުވަސްވަރު، ސޯޝަލް މީޑިއާގައި ދެން ސުޕާރީ ފެންނާނީ ފުޅީގައިި ކަމަށް ބުނެ މީހުން ޖޯކް ވެސް ޖެހި އެވެ. އެކަމަކު އެ ޖޯކު ޖެހިގޮތަށް، މިހާރު ފިހާރަތަކުގެ ހަރުގަނޑުތަކުގައި ބަރި ޖަހާލާފައި ހުރީ، އެކި ބްރޭންޑްތަކުގެ ސުޕާރީ ފުޅިތަކެވެ.
ދިވެހިންގެ މެދުގައި މަގްބޫލު ޒައިބު ސުޕާރީ ފުޅިއެއް-- މިހާރު ފޮޓޯ: އައިމިނަތު ޝިފްލީން
އެއް ގޮތަކަށް ހަދާފައި ހުންނަ 110 ގްރާމްގެ ސުޕާރީ ފުޅިއެއް ވިއްކަނީ 80 ރުފިޔާ އަށެވެ.
މިއީ ޕްލާސްޓިކާ ދުރަށް ދާން ދިވެހިން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެކެވެ. ފަހަރެއްގައި، ޖީބަށް ސުޕާރީތައް އަޅާލައިގެން އެންމެންނަށް ބަހަމުން ދެން ނުދެވިދާނެ އެވެ. އެކަމަކު ގައިމު ވެސް، މާލޭގައި ވިއްސާރަވާއިރު، ފެނާއެކު ކާނުތަކުގެ ދޭތެރެއިން ނުކުންނަ ސުޕާރީ ހުސްކުރި ކޮތަޅެއް ދެން ނުފެންނާނެ އެވެ. މިއީ ޔަގީނުން ވެސް އުފާވެރި ހަބަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސަ
25 April 2021
ސުޕާރީއަކީ ދަތްޕިލަ ހަލާކުކުރާއެއްޗެއް. ދަތްތަށް ބޭރަށްވެސް ނިކުންނަކަމަށްބައެއް ދިރާސާތަކުން ދައްކާ.
މުހައްމާ
25 April 2021
ދުނިޔޭގެ ގައުމުތަކުގައި މީހުން އުޅޭ ޖުމުލަ ނިސްބަތުން ދިވެހިރާއްޖެއަކީ އަނގައިގެ ކެންސަރުގެ 7 ވަނަ ގައުމު. އަދިވެސް މިގައުމަށް މި އުފެއްދުންތައް އެތެރެކުރުން ހުއްޓުވަން ފިޔަވަޅުއަޅަން ނުވޭބާ! ދުފުމުން އަނގަޔަށް ކެންސަރުޖެހޭކަން އެއީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުން މިހާރު ދަންނަ ކަމެއް.
އިޙްސާސް
25 April 2021
މަށަށްފެނޭ ސުޕާރީ ރުނބާ ވިއްކަން
ށަވިޔަނި
24 April 2021
ވަރަށް ގިނަ ޒުވާނުން ބޭނުންކުރޭ. އެއްވެސް އިރަކު މަށަށް ކަމުދިޔަ އެއްޗެއް ނޫން. އަދި ހީރާ ޕައްނާވެސް ބޭނުންކުރޭ އެއީ ވަރަށް ފޫހި އެއްޗެއް. ކައިގެން ލިބިއްޖެއްޔާ ކަރަންފުލެއް އެންމެ ރަނގަޅު.
ޙިނި
24 April 2021
ސިންގިރޭޓުގެ ޓެކުން ބޮޑުކުރަން ފެނޭ 150ރ އައް ސިންގިރޭޓު ފޮއްޓެއް ޖެހޭވަރައް ޓެކުސް ބޮޑުކުރަންވާ
ފޮނިތޮށި
24 April 2021
މިހާރު ވެސް ސިގިރޭރު ގެ ޓެކްސް ގޮތުގައި ނަގަނީ ފޮއްޓަކަށް ޖެހޭ ވަރުގެ 4 ގުނަ... (400%)
1828
24 April 2021
ޓެކްސް ބޮޑުކުރިޔަސް ބޯން ބޭނުންވާމީހާ ދަރާ ވިކިގެންވެސް ތިޔަ ފައިދާއެއް ނެތް އެއްޗެއް ބޯނެ. ހައްލަކީ އެތެރެކުރުން ހުއްޓާލުން.
ދޮންހުސޭނު
24 April 2021
މި ހުސޭނުމެން އިހުގައި މޫދަށް އެރޭ ގިނަ ދުވަސްދުވަހު ބިއްލޫތި ދާއްޔަކުން ފައި ޒަހަމުވެއެވެ. މިހާރު އުޅެންޖެހެނީ ކޮޓަޅުގނޑަކުން ނުނެއްޓިގެނެވެ. އަނެއްކާ ވެސް ބިއްލޫރި ދާލިން ޒަހަމްވުމާ ދިމާލަށް ދަނީ ބާވައެވެ. ތާރީކު އިއާދަވުމޭ ކިޔަނީ މިޔަށްތޯއެވެ.
އިއާދަނުކޮށް
24 April 2021
އެއިރު ރިސައިކްލް ކުރުމަކީ އެހާ ގިނަ ބަޔަކު ދަންނަ ކަމެއް ނޫން. މިހާރު ފުޅިތައް ރިސައިކްލް ކުރާ ގޮތަށް ހެދިދާނެ. އެކަމު އެކަމުގެ އަޚްލާގު އިހަށް އާލާކުރަންޖެހޭނީ.
ވިލާ ކޮލެޖް
24 April 2021
ވިލާ ކޮލެޖުން ހެދި ދިރާސާއެއްގައި ބުނާގޮތުގައި މާލެ ސަރަހައްދުގެ ސުކޫލްތަކުގެ68% ދަރިވަރުން ސްޕާރީ ބޭނުންކުރޭ! އެދަރިވަރުން ސްޕާރީ ފަދަ ތަކެތި އުމުރުން 15-11އަހަރާއި ދެމެދުގައި ބޭނުންކުރަން ފަށާ! އަދި ފިރިހެން ކުދިންނަށްވުރެ އަންހެންކުދިންގިނައިން ބޭނުންކުރޭ!ހުޅުމާލޭ ވިލިމާލޭ އުޅޭ ކުދިން މާލޭގައި އުޅޭ ކުދިންނަށްވުރެ ބޭނުންކުރާލެން މަދު!ފިރިހެންކުދިންނަށް ބޮޑަށް ލިބެނީ ރައްޓަހިންގެ ފުށުން! އަންހެންކުދިންނަށް ބޮޑަށްލިބެނީ އާއިލާ މެމްބަރެއްގެ ފުށުން
އެ މްސް
24 April 2021
ފައިދާހުރި ކާނާއަށް މީހުން ހޭލުންތެރިކުރުވާ، އެފަދަކާނާގެ އަގު ކޮންޓްރޯލްކޮށް/އަތްފޯރާފަށަށް ގެނައުން ކީއްތޯ؟
ޏުނިމޭ
24 April 2021
ތީތި ދެން ޕްލާްޓިކް ޕެކެޓްގައި ބަންދުކުރާނީ ރާއްޖޭގައި.
ދެރަކަމެއްތީ
24 April 2021
ޞިއްޙީ އަދި އިޖްތިމާއީގޮތުން ގެއްލުންހުރި އަދި އެތަކެތި ބޭނުންކުރުމަށް އާދަވެ ދެވިހިފާ މިފަދަ ބާވަތްތަކަކީ އެތަކެތި އެތެރެކޮށް މާރކެޓް ކުރާފަރާތްތަކަށް ރަނުގެ ވިޔަފާރިއެކެވެ. އެއީ ޒާތީ މިނިވަންކަމަށް އަދި އެކުވެރިންނާއެކު ވަގުތުހޭދަކޮށް މަޖާކޮށްލުމުގައި އަސާސީ އަދި "ކޫލް" އެއްޗެހިކަމުގައި ސިފަކުރާނެއެވެ. ސުޕާރީ އާ ސިގިރޭޓާ ކޯލާ ފަދަތަކެތި މޮޅެތިގޮތްގޮތަށް ލޭބަލްކޮށް ބަންދުކޮށް އޭގެއަވާގައި މީހުންޖެއްސުމަށް ވިޔަފާރިވެރިން ތަފާތުއުކުޅު ބޭނުންކުރޭ