ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ތުރުކީ

ތުރުކީ ކުޅުންތެރިން ފޮޓޯއަކަށް އެތުރިލައިގެން.

އެންމެ ފުރަތަމަ ޔޫރޯއަށް ކޮލިފައިވީ 1996 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު 2008 ގެ ސެމީ ފައިނަލް

މިއީ ޔޫރޯގައި ވާދަ ކުރާ ފަސް ވަނަ ފަހަރު

ޔޫރޯ ކޮލިފިކޭޝަންގެ ގުރޫޕް އެޗްގެ ގުރު ލައްވާލި ގޮތުން ތުރުކީ ކޮލިފައި ވެދާނެ ކަމަށް ބައެއް މީހުންނަށް ގަބޫލް ވެސް ނުކުރެވުނެވެ. ތުރުކީގެ ފުޓުބޯޅައިގައި އެންމެ ބޮޑު ކާމިޔާބު ހޯދައިދިން ކޯޗު ޝެނޯލް ގުނެސްއަށް ދެވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވެ އަދާކުރަން ޖެހުނު ވަޒީފާއަކީ ފަސޭހަ ވަޒީފާއެއް ވެސް ނޫނެވެ. އޭނާ އަށް ޖެހުނީ ވީރާނާވެފައި އޮތް ޓީމެއް އަލުން އާރާސްތު ކުރާށެވެ. އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ޑިފެންސް ހަރުދަނާ ކުރުމަށް ފަހު ޒުވާން ގިނަ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ދިނުމެވެ. އެ ޓީމުން ހައިރާކަން ގެނެ އެވެ. ގެނައި ބަދަލުތަކުން ނަތީޖާ ނެރުނެވެ. ކޮލިފިކޭޝަންގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ހަތަރު ޕޮއިންޓް ތުރުކީން ހޯދި އެވެ.

ކޮލިފައިވީ ގޮތް

ކޮލިފިކޭޝަންގައި، ފްރާންސްގެ އިތުރުން ތުރުކީ ލައްވާލީ އެންމެ ފަހުގެ ޔޫރޯގައި މުޅި ދުނިޔެ ހައިރާން ކޮށްލި ކުޑަކުޑަ އައިސްލެންޑާއި އެންޑޯރާ އާއި އަލްބޭނިއާ އަދި މޯލްޑޯވާ އެވެ. ފްރާންސްގެ ފަހަތުން ދެ ޕޮއިންޓްގެ ފަރަގަކާ އެކު ގުރޫޕްގެ ދެ ވަނަ ތުރުކީން ހޯދި އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ހަތް މެޗުން މޮޅުވެ ދެ މެޗު އެއްވަރު ކުރި އެވެ. ޖުމުލަ 23 ޕޮއިންޓް ހޯދި އެވެ.

މުހިންމު ކުޅުންތެރިން

ޔޫރޯ ކޮލިފައިންގައި ފޯވަޑް ޖެންކް ޓޯސުން ތަރިއަކަށްވި އެވެ. ނަމަވެސް ފްރާންސްގެ ޗެމްޕިއަންކަން ލިލް ހޯދި ފަހުން ތުރުކީގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވީ ކެޕްޓަން ބުރާކް ޔިލްމާޒް އެވެ. ލިލް އަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކީ އޭނާ އެވެ. ޔިލްމާޒްގެ ކެރިއާގައި ޖެހި ގޯލްގެ އަދަދު މެޗުތަކަށް ބަހާލުމުން އޭނާ ވަނީ ކޮންމެ ދެ މެޗަކަށް ލަނޑެއް ޖަހައިފަ އެވެ. އެވަޓަންގެ ލޯން އެއްބަސްވުމުގެ ދަށުން ބެސްކިޓްސްއަށް ކުޅުނު ޓޯސުން އަކީ ތުރުކީގެ އެޓޭކުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ކޯޗް ޝެނޯލް ގުނެސް އަށް ޓޯސުންގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ބެސްކިޓަސްގައި ގުނެސް ވަނީ ޓޯސުން އަށް އިރުޝާދު ދިފަ އެވެ. އެހެންވެ ތުރުކީގެ އެޓޭކިން ލައިން އޭނާ ބިނާ ކުރީ ޓޯސުންއަކީ ކީ ކުޅުންތެރިޔާ ކަމަށް ބަލައިގެންނެވެ. ކޮލިފައިންގައި އޭނާ ފަސް ލަނޑު ޖެހި އެވެ. އޭސީ މިލާންގެ ހަކަން ކަނަހުގުލޫ މި ސީޒަންގައި އެ ޓީމުގައި ދެއްކި ކުޅުމާ އެކު އޭނާގެ މުހިންމުކަން ވެސް ތުރުކީގެ ޓީމަށް ވަނީ ބޮޑުވެފަ އެވެ.

ޔިލްމާޒު

ޔުވެންޓަސްގެ ޒުވާން ޑިފެންޑަރު މެރިހް ޑިމެރަލްއަކީ ތުރުކީގެ ޓީމުން މިފަހަރު އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިޔާ އެވެ. ތުރުކީގެ ކުލަބު އަލަންޔަސްޕޯ ދޫކޮށް އިޓަލީގެ ސަސުއޯލާ އަށް 2019 ވަނަ އަހަރު މެރިހް ބަދަލުވުމުން، އަލަންޔަސްޕޯގެ އޭރުގެ ކޯޗު ބުނެފައި ވަނީ ކުރިއަށް އޮތް ދިހަ އަހަރަށް ތުރުކީގެ ޑިފެންސް ޑޮމިނޭޓް ކުރާނެ ކުޅުންތެރިޔަކީ މެރިހް ކަމަށެވެ. ސަސުއޯލޯގައި އޭނާ ވިދާލުމުން ޔުވެންޓަސް އިން އޭނާގެ ސޮއި ހޯދި އެވެ. ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އިން އޭނާ ގަންނަން މަސައްކަތް ކުރުމުން ޔުވެންޓަސް އިން އެ ހުށަހެޅުމާ ދެކޮޅު ހެދި އެވެ. ޔޫރަޕުގެ އެންމެ ބޮޑު އެއް ކުލަބާ އެކު ހޭދަ ކުރުމަށް ފަހު ޔޫރޯއަށް އަންނައިރު އޭނާގެ ފަރާތުން ގިނަ ކަންކަމަކަށް އުންމީދު ކުރެވެ އެވެ.

ކޯޗު

ޝެނޯލް ގުނެސް އަކީ ކުޅުނު ދުވަސްވަރު ތުރުކީގެ އެންމެ މަޝްހޫރު ގޯލްކީޕަރެވެ. އޭނާ ގޯލްގައި ހުރެ ޓްރަބްޒޮންސްޕޯ އަށް ހަ ފަހަރު ތުރކީގެ ސުޕަ ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ. ކޯޗެއްގެ ގޮތުގައި ވެސް އޭނާ އަކީ ކާމިޔާބު ކޯޗެކެވެ. ފުޓްބޯޅައިގައި ތުރުކީން ހޯދި އެންމެ ބޮޑު ކާމިޔާބު ހޯދީ ގުނެސްގެ ކޯޗް ކަމުގަ އެވެ. ކޮރެއާ އަދި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕްގައި ތުރުކީން ވަނީ ދުނިޔެ ހައިރާން ކޮށްލުމަށް ފަހު ތިން ވަނަ ހޯދައިފަ އެވެ.

ތުރުކީގެ ކޯޗު ގުނެސް

ދެ ވަނަ ފަހަރަށް ތުރުކީގެ ކޯޗް ކަމާ 2019 ވަނަ އަހަރު ސިނޯލް ގުނެސް ހަވާލުވިއރު މުޅި ތުރުކީގެ ފުޓުބޯޅަ އޮތީ ބަދަލުވެފަ އެވެ. ގައުމީ ޓީމުގެ ހާލަތު އޮތީ ގޯސް ކޮށެވެ. އާ ޖީލަކާ އެކު މަސައްކަތް ފަށައި ރަނގަޅު ބަދަލުތަކެއް ގުނެސް ގެނެ އެވެ. ހާވިޔާވެފައިވެ ތުރުކީގެ ޓީމަށް އޭނާގެ ގެނައި އެންމެ ބޮޑު ބަދަލަކީ ޑިފެންސް ހަރުދަނާ ކުރުމެވެ. ލެސްޓާ ސިޓީގެ ކަލްގާ ސޯޔުންޗޫ އާއި ފޯޓްނޯ ޑުސުލްޑޯފްގެ ކާން އައިހާން، ނިމިދިޔަ ސީޒަންގެ މެދުތެރެއިން ލިވަޕޫލަށް ބަދަލުވި ޝާލްކޭގެ އޮޒާން ކަބަކް އަދި ރޯމާގެ މާޓް ސިޓެންއާ އެކު ޑިފެންސު ވަރުގަދަ ކުރި އެވެ. ނަތީޖާއަކަށްވީ އޭގެ ސަބަބުން މުޅި ޓީމުގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް އައުމެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454