ދުނިޔޭގެ ކުޅިވަރު / ޔޫރޯ 2020

ޓީމް ޕްރޮފައިލް: ނެދަލޭންޑްސް

ނެދަލޭންޑްސް ޓީމު ބައެއް ކުޅުންތެރިން. --ފޮޓޯ:އޭއެފްޕީ

އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1976 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: 1988 ގެ ޗެމްޕިއަން

ޔޫރޯގައި ވާދަ ކުރާ 10 ވަނަ ފަހަރު

ޒަމާނީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ހިޔާލު އުފަންކުރުވީ ނެދަލޭންޑްސް އިންނެވެ. ޕޮޒެޝަން އަދި ޕާސިން ގޭމްވެސް އެންމެ މޮޅަށް ކުޅޭ ގައުމެއްގެ ގޮތުގައި މަޝްހޫރު ވެފައި ވަނީ ނެދަލޭންޑްސްއެވެ. ޕޮޒެޝަން ފުޓްބޯޅަ އަށް މަޝްހޫރުވި ބާސެލޯނާއަށް ވެސް އެ ސިސްޓަމް އެކްސްޕޯޓް ކުރީ ނެދަލޭންޑްސްއިންނެވެ.

ކުރީގެ ހުޅަނގު ޖަރުމަންގައި ބޭއްވި 1988 ގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ނެދަލޭންޑްސްގެ ފުޓްބޯޅަ މިދިޔަ ދެތިން އަހަރު އަޑިގަނޑަކަށް ވެއްޓުނެވެ. އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕަށްވެސް އެ ޓީމު ކޮލިފައި ނުވި އެވެ. ތަޖުރިބާކާރުން ބުނަނީ އެއީ ނެދަލޭންޑްސްގެ ރަސްމީ ސިސްޓަމް ގައުމީ ޓީމުން ދޫކޮށްލުމުން ވެއްޓުނު އަޑިގަނޑެއް ކަމަށެވެ.

ކޮލިފައިވީ ގޮތް

ޔޫރޯ ކޮލިފިކޭޝަންގައި ނޭދާލޭންޑްސް ލައްވާލީ، ވަރުގަދަ ޖަރުމަނާ އެއް ގުރޫޕެއްގަ އެވެ. އެ ދެ ޓީމާ އެކު ގުރޫޕް ސީގައި ދެން ހިމެނެނީ ނޮދަން އަޔަލޭންޑް، ބެލާރޫސް އަދި އެސްޓޯނިއާ އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ނެދަލޭންޑްސް މޮޅުވި އެވެ. ޖަރުމަން އަތުން އެއް ފަހަރު ބަލިވެ އެ ޓީމާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުން މޮޅުވި އެވެ. އަދި އަދި ނޮދާން އަޔަލޭންޑް އަތުން އެއްވަރުވި އެވެ. ޖަރުމަނުން 21 ޕޮއިންޓާ އެކު ގުރޫޕްގެ އެއް ވަނަ ހޯދިއިރު 19 ޕޮއިންޓާ އެކު ނެދަލޭންޑްސް އަށް ލިބުނީ ގުރޫޕްގެ ދެ ވަނަ އެވެ.

މުހިންމު ކުޅުންތެރިން

ހަތް އަހަރު ތެރޭ ފުރަތަމަ ބޮޑު މުބާރާތާ ނެދަލޭންޑްސް ކުރިމަތިލާއިރު ކެޕްޓަން ވާޖިލް ވެން ޑައިކް ނުފެންނާނެ އެވެ. އަނިޔާގެ ސަބަބުން ޔޫރޯގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ. ނެދަލޭންޑްސްގެ ކޯޗް ފްރޭންކް ޑި ބޯ ވަނީ، ޓީމުގެ ބެކް ރޫމް ސްޓާފެއްގެ ގޮތުގައި ނޮން އޮފިޝަލެއްގެ ގޮތުގައި ވެންޑައިކް ޔޫރޯއަށް ގެންދަން ނިންމައިފަ އެވެ. އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވުނަސް ޓީމަށް ހިތްވަރު ދޭން ބެކް ރޫމް ސްޓާފެއްގެ ގޮތުގައި އޭނާ ހުންނާނެ އެވެ. އޭނާގެ ލީޑާޝިޕް ޓީމަށް މުހިންމެވެ. ދަނޑު މަތީގައި އޭނާ ނެތަސް ހޮލެންޑްގެ ތަރިން ހުސްވީ ކީ ނޫނެވެ.

ޑި ޔޯންގް

ނެދަލޭންޑްސްގެ ކުރީގެ ކޯޗް ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ކުޅެމުންގެންދާ މީޑްފީލްޑަރު ފްރޭންޑީ ޑި ޔޯންގް އަކީ ހޮލެންޑްގެ އެންމެ މަޝްހޫރު ނަމަވެ. ޔުވެންޓަސްގެ މިހާރުގެ ޑިފެންޑަރު މަޓިއަސް ޑިލިޓް، މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ޑޮނީ ވެން ޑެ ބީކް ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް އަންނަ ސީޒަންގައި ބަދަލުވާ މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަމް އަދި އޮލިމްޕިކް ލިޔޯން ދޫކޮށް ބާސާއަށް ބަދަލުވާ މެންފިސް ޑީޕާއީއަކީ ވެސް ހޮލެންޑްގެ އެންމެ މުހިންމު ކުޅުންތެރިންނެވެ.

އެ ކުޅުންތެރިންގެ ހިއްސާއާ އެކު ޔޫއެފާ ނޭޝަން ލީގު 2019 ގެ ފައިނަލަށް ހޮލެންޑް ދަތުރު ކުރި އެވެ. ޔޫރޯ ކޮލިފައިންގައި ވައިނަލްޑަމް ވަނީ އަށް ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކޯޗު

ކުރީގެ ކޯޗް ކޫމަން، މިދިޔަ އަހަރު ބާސާ އަށް ބަދަލުވުމުން، ގައުމީ ޓީމުގެ މަގާމު ހުސްވި އެވެ. ސެޕްޓެމްބަރު 2020 ގައި ހޮލެންޑްގެ ކޯޗް ކަމާ ހަވާލުވީ ކޫމަންއާ އެކު ބާސާއަށް ކުޅުނު ފްރޭންކް ޑި ބޯ އެވެ.

ހޮލެންޑްގެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑި ބޯ އަކީ، ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗެވެ. ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރިއިރު ބާޓް ވެން މާވިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ޑި ބޯ މަސައްކަތް ކުރި އެވެ.

ކޯޗް ޑި ބޯ

އަޔެކްސް އާއި އިންޓަ މިލާން އަދި ކްރިސްޓަލް ޕެލަސްގެ ކުރީގެ ކޯޗަށް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މާ ބޮޑު ތަފާތެއް ނުދެއްކެ އެވެ. ކޯޗް ކަމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވުމުން ޑި ބޯ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. ތަޖުރިބާކާރު ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ކޫމަން ހުރި އިރު ހޮލެންޑްގެ ޓީމުގައި އޮތް ޓެކްޓިކަލް ޑިސިޕްލިން، ޑި ބޯގެ ކޯޗް ކަމުގެ ދަށުގައި ވަނީ ގެއްލިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454