ކުޅިވަރު / ޔޫރޯ 2020

ތުރުކީގެ ކޯޗު ބުނަނީ ޔޫރޯ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް

ތުރުކީގެ ކޯޗް ގުނެސް ޕްރެންސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: އޭއެފްޕީ

ރޯމް (ޖޫން 11) - މުބާރާތް ފަށަން އެންމެ ފުރަތަމަ ޝެޑިއުލް ކުރިތާ، އެއް އަހަރު ފަހުން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ތުރުކީ އާ ދެކޮޅަށް އިޓަލީން މިރޭ ނުކުންނާނެ އެވެ.

ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ފަށާ މެޗަކީ، ތުރުކީ އާއި އިޓަލީ އަށް ހާއްސަ މެޗެވެ. ރަޝިއާގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން، އެ ޓީމުގެ ކޯޗު ކަމަށް ރޮބާޓޯ މަންޗިނީ ހަމަޖެއްސި އެވެ. އަޑިގަނޑަކަށް ވެއްޓުނު އިޓަލީގެ ފުޓްބޯޅަ ނަގަން މަންޗިނީ ގެނައި ބަދަލުތަކުގެ ފުރަތަމަ ޓެސްޓަކީ މި ފަހަރުގެ ޔޫރޯ އެވެ.

މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާންއަށް ޕްރިމިއާ ލީގާއި ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޓީމަށް ގެނައި އެންމެ ބޮޑު ބަދަލުގައި އެންމެ މުހިންމު ޑިޕާޓްމެންޓަކީ ޓީމުގެ މިޑްފީލްޑެވެ. މެދުތެރޭގެ ކީ ޕްލޭޔަރަކަށް މާކޯ ވެރާޓީ ހުރި ނަމަވެސް އޭނާއަށް މިރޭ ގެ މެޗުގައި ކުޅެވެނެ ކަމަކަށް ނުބެލެވެ އެވެ. ޕީއެސްޖީގެ މިޑްފީްލޑަރަށް ލިބުނު އަނިޔާ އިން އޭނާ މުޅިން ރަނގަޅު ނުވެ އެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ އެ ޓީމުގެ ޓްރޭނިންގައި --- ފޮޓޯ: އޭއެފްޕީ

ވެރާޓީގެ ފިޓްނަސްއާ ބެހޭގޮތުން ސުވާލު އުފެދުނަސް، މިޑްފީލްޑްގައި ވިދުންގަދަ ތަރިން އިޓާލީގައި ހުސްވީކީ ނޫނެވެ. އެޓަލާންޓާ އާ އެކު މިދިޔަ ދެ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި މަޓޭއޯ ޕެސީނާ އާއި ސަސުއޯލޯގެ މެނައުލް ލޮކެޓެލީ އަކީ އިޓަލީގެ މިޑްފީލްޑްގައި އެންމެ މުހިންމު ދެ ނަމަވެ. ސަސުއޯލާއާ އެކު ލޮކެޓެލީ ހޯދި ކުރި އެރުމާ އެކު އޭނާ ފާހަގަ ކުރެވިފައި މިދިޔަ ސީޒަންގައި އިޓަލީގެ އެންމެ ވަރުގަދަ މިޑްފީލްޑަރުގެ ގޮތުގަ އެވެ.

ޔޫރޯއާ ކުރިމަތިލާއިރު، 2018 ގެ ފަހުން އެއްވެސް މެޗަކުން އެ ޓީމު ބައެއްޔެއް ނުވެ އެވެ. ބަލި ނުވެ 27 މެޗު ފުރިހަމަ ކުރި އެވެ. އެންމެ ފަހުން ކުޅުނު އަށް މެޗުގައި އެ ޓީމު ކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ.

ތުރުކީގެ ޔޫރޯ ތާރީޚުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ހަތަރު ޔޫރޯގައި ވެސް ފުރަތަމަ މެޗުން މޮޅު ވެވިފައެއް ނުވެ އެވެ. އަދި އިޓަލީއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމަށް މޮޅުވެފައެއް ނުވެ އެވެ. މިރޭގެ މެޗުން އިޓަލީ ބަލި ކުރެވޭނެ ކަމުގެ ވާހަކަތައް ތުރުކީގެ ކޯޗު ޝެނޯލް ގުނެސް ވަނީ ދައްކައިފަ އެވެ. އޭނާ ދެއްކި އަނެއް ވާހަކަ އަކީ މުބާރާތް ކާމިޔާބު ކުރާ ވާހަކަ އެވެ.

"އެހެން ޓީމުތަކަކޭ އެއްފަދައިން އަހަރެމެން މިތިބީ މުބާރާތް ކާމިޔާބު ކުރަން އައިސް،" މިރޭ ރޯމްގައި ކުޅޭ މެޗުގެ ކުރިން ގުނެސް ބުންޏެވެ. "އަަހަރެން އުންމީދު ކުރަން ފައިނަލްގައި އިޓަލީއާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށް."

ކޮރެއާ-ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕްގައި ތުރުކީ އަށް މުބާރާތުގެ ތިން ވަނަ ހޯދައިދިން ގުނެސް ބުނީ، އިޓަލީއާ ދެކޮޅަށް މިރޭ ކުޅޭ މެޗު، ތުރުކީއަށް ކާމިޔާބު ކޮށްދޭން އެހީވަނީ އިޓަލިއަން ލީގުގައި ކުޅޭ ތުރުކީ ކުޅުންތެރިން ކަމަށެވެ.

"އެ ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށް ގެންދަނީ އިޓާލިއަން ލީގުގައި،" ގުނެސް ބުންޏެވެ. "އިޓަލީގެ ފުޓްބޯޅައިގެ ކަލްޗާ އެ ކުޅުންތެރިންނަށް އެނގޭނެ."

ތުުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް ކުޅޭނީ ޔުވެންޓަސް އަށެވެ. ކާން އައުހާން އާއި މާޓް މުލްޑާ އަކީ ސަސުއޯލޯގެ ދެ ކުޅުންތެރިންނެވެ. ހަކާން ކަލްހޮނޮގުލޫ ކުޅޭނީ އޭސީ މިލާން އަށެވެ. މިދިޔަ ސީޒަންގެ ލެސްޓާ ސިޓީ އަށް ކުޅުނު ޗެންގިޒް އުންޑާ، ވަނީ ކުރިން ރޯމާ އަށް ކުޅެފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސަބެ ދަނޑުން

11 June 2021

ތުރުކީއަށް އަށް ސަޕޯޓްކުރާނި. ކޮން އިޓަލީއެއް، ޖަރުމަނެއް، އިނގިރެސިންނާ ޕޯޗުގަލް މިހުން ރައްޖެ ހިފިމިހުން އެއީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454