ކުޅިވަރު / ޔޫރޯ 2020

ޑިޕާއީގެ ކޮމްބިނޭޝަން ޕާޓްނަރު ހޯދުނީ މާފަހުން

ޑޮނިޔެލް މާލެން ބޯޅައިގައި ޖަހަން މަސައްކަތް ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބުޑަޕެސްޓް (ޖޫން 27) - ރޮނަލްޑް ކޫމަން ނެދަލެންޑްސްގެ ވަޒީފާ ދޫކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމުން، އެ މަގާމަށް ފްރޭކް ޑެ ބޮއެ ހަމަޖެއްސައި އޭނާގެ ކޯޗުކަމުގެ ދަށުން ފުރަތަމަ ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން، އޭނާގެ މަސައްކަތާ މެދު ސުވާލު އުފެދުނެވެ. ޔޫރޯގެ ކުރިން ނެދަލެންޑްސް ޓީމުން ފެނުނު ކުޅުމާ އެކު، ކޫމަންގެ ދައުރުގައި ފެނުނުނު އެކިއުރެސީ އެ ޓީމުން ގެއްލިފައިވާތަން ފެނުނެވެ.

އެ ފާރުތަކުގައި ބޭސް އަޅަން، ޔޫރޯގެ ކުރިން ޑި ބޮއެ އަށް ލިބުނު މަދު ދުވަސްތަކުގެ ތެރޭގައި އެކަމަށް ހައްލު ހޯދި އެވެ. ޓީމުގެ ޑިފެންސާއި މިޑްފީލްޑްގައި ވެސް އެއްވަރަށް ޕާފޯމް ކުރާނެ ވިސްނުމެއް ޑި ބޯއެ ނެރުނެވެ. އޭރު ވެސް އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޓީމުގެ ފޯވަޑްލައިނެވެ. ހާއްސަކޮށް މެންފިސް ޑިޕާއީ ރަނގަޅު ފޯމެއްގައި ހުރުމުން، ނެދަލެންޑްސްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ޑިޕާޓްމެންޓަކަށް ފެނުނީ ފޯވަޑްލައިނެވެ. އެހެންނަމަވެސް ޔޫރޯ ފެށި ފަހުން ވެސް ހައްލު ކުރަން އުނދަގޫ މައްސަލައަކަށް ޑި ބެއޮ އަށް ކުރމަތިވީ، ޑިޕާއީއާ އެކު ކޮމްބިނޭޝަން ހަދާނެ ރަނގަޅު ޕާޓްނަރެއް ހޮލެންޑުގެ ފޯވަޑުންގެ ތެރެއިން ނުލިބުމެވެ.

ފުރަތަމަ ދެ މެޗުގައި، ޔޫކްރޭން އާއި އޮސްޓްރިއާއާ ދެކޮޅަށް ފުރުސަތު ދިނީ ވްލޮފްސްބާގްގެ ވޫޓް ވޭހޯސްޓް އަށެވެ. އެ ދެ މެޗުން މޮޅުވެ، ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ވުމުން، އޭނާ އަށް ރެސްޓް ދިނުމަށް ފަހު ތިން ވަނަ މެޗުގައި އުތުރު މެސެޑޯނިއާއާ ދެކޮޅަށް ފުރުސަތު ދިނީ، ޕީއެސްވީގެ ޑޮނިޔެލް މާލެންއަށެވެ.

ނެދަލެންޑްސްގެ ޑިފެންޑަރު ޑެމްފްރީޒް (ކ) އާއި މާލެން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ޔޫތު ޓީމަށް ކުރިން ކުޅުނު މާލެން އަށް ދިން ފުރުސަތުގައި، ޑި ޕާއީއާ އެކު ރަނގަޅު ކޮމްބިނޭޝަންއެއް، ހޮލެންޑަށް ހޯދުނެވެ. އެ މެޗުގައި މާލެން ދެއްކި ކުޅުމަށް ނެދަލެންޑްސްގެ ކުރީގެ ތަރިން ކަމަށް ޕިއާ ވެން ހޮއިޑިންކް އަދި ރޮއީ މަކާއީގެ ތައުރީފު ލިބުނެވެ.

"އެންމެން ވެސް ވާހަކަ ދައްކަނީ ޑޮނިޔެލް [މާލެން] ގެ ޕާފޯމަންސާ ބެހޭގޮތުން. އަދި އެއީ އޭނާ ހައްގު ތައުރީފެއް،" ޑެ ބޮއެ ބުންޏެވެ.

"ގައުމީ ޓީމުގައި ކާމިޔާބު ކުޅުންތެރިޔަކަށް ވުމުގެ ކޮލިޓީ އޭނާގެ ކިބައިގައި އެބަހުރި. އަދި މިއީ އޭނާގެ އެއް މެޗުން ފެނުނު ކަންތައްތައް. ނަމަވެސް ކުރިން ކުޅުނު މެޗުތަކުން ވެސް އަހަރެމެންނަށް ޔަގީންވެފައި ވަނީ މިކަން ކުރެވޭނެ ކަމަށް."

ދެ ވަނަ ބުރުގައި މިރޭ، ޗެކް ރިޕަބްލިކްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ނެދަލެންޑްސް އަށް އޮތް އިތުބާރު ބޮޑެވެ. ނަމަވެސް ޑެ ބޮއެ ބުނީ ޗެކް ރިޕަބްލިކް އަކީ ވަރަށް އެކުވެރިކޮށް ޕްރެޝާ ޖައްސައިގެން ކުޅޭ ޓީމެއް ކަމަށްވުމުން، މެޗުގައި ކޮންމެ ވަގުތަކުވެސް އެ ޓީމުން ނަތީޖާ އަނބުރާލާނެކަން ނެދަލެންޑްސްގެ ޓީމުން ވިސްނަން ޖެހޭނެ ކަމަށެވެ.

ހެންގޭރީގެ ފްރޭންކް ޕުސްކަސް އެރީނާގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454