ކުޅިވަރު / ޔޫރޯ 2020

ޑެންމާކަށް ހުއްޓުމެއް ނެތް، 29 އަހަރަށް ފަހު ސެމީ ފައިނަލަށް

ޑެންމާކުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބަކޫ (ޖުލައި 3) - ޗެކް ރޕަބްލިކްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޯގެ ސެމީ ފައިނަލަށް، 29 އަހަރު ފަހުން ޑެންމާކު ދަތުރު ކޮށްފި އެވެ.

ޔޫރޯގެ ސެމީ ފައިނަލަށް މީގެ ކުރިން ޑެންމާކު ދަތުރުކުރީ 1992 ގަ އެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން، އެންމެން ސިއްސުވާލުމަށް ފަހު، ޑެންމާކު ހޯދި އެވެ. ސެމީ ފައިނަލުގައި ޑެންމާކު ނުކުންނާނީ، އިންގްލެންޑް ނުވަތަ ޔޫކްރޭންއާ ދެކޮޅަށެވެ.

މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި ޑެންމާކުން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ތޯމަސް ޑެލޭނީ ކާމިޔާބު ކުރީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ޑެންމާކުގެ ކޯނަރު ޖެންސް ލާސަން އޭރިއާ ތެރެއަށް ނަގައިދިނުމުން، ހުސްކޮށް ހުރި ޑެލޭނީ ވަނީ ބޮލުން ޖަހައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ކޯނަރު ނެގި އިރު ޗެކުގެ ކުޅުންތެރިން އޭނާ މާކެއް ނުކުރެ އެވެ.

ޑެންމާކުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެންމާކުން ވަނީ ލިޑް ފުޅާކޮށްފަ އެވެ. ޖޯކިމް ޕީޑާސަން ހިފައިގެން ދިޔަ ބޯޅަ އޭނާއަށް ކޮންޓްރޯލް ގެއްލުމުގެ ކުރިން އޭނާ އެ ބޯޅަ އޭރިއާ ތެރެއަށްވާ ގޮތަށް ފޮނުވާލި އެވެ. މާޓިން ބްރައިތުވެއިޓް ބޮލުން ޖަހަން ފުންމައިގެން އެރި ނަމަވެސް އޭނާ ބޮލުގައި އެ ބޯޅަ ލައްވައެއް ނުލި އެވެ. އެ ބޯޅަ ލިބުނީ ކެސްޕާ ޑޮލްބާ އަށެވެ. އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފު ބަދަލުތަކާ އެކު ނުކުމެ ފުރަތަމަ ބޯޅައިން ވެސް ޗެކް ރިޕަބްލިކުން ޑެންމާކުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ. ޗެކްރިޕަބްލިކުގެ ލަނޑު ޕެޓްރިކް ޝިކް ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުއްޓޭ

03 July 2021

މަރުހަބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454