މީހުން

ކުޑޫގެ ހިނިތުންވުމުން އެ ފޮރުވާލަނީ ވަރަށް ހިތްދަތި ހަޔާތެއް!

ކެމެރާ ކުރިމަތީގައި ހެވިފައި އިންނަަ އިރު، އެއީ ކިހާ ބޮޑު ވޭނެއް ތަހަންމަލު ކުރާ ޒުވާނެއް ކަން އެނގޭނީ ވަރަށް މަދު މީހަކަށް. އޭނާ ބުނާ ގޮތުން، އާންމުންނާ ހަމައަށް އެ ވާހަކަ މި ތިލަކޮށްދެނީ ހޭލުންތެރިކުރުވުމުގެ ބޭނުމުގައި.

ފަރިތަކަމާ އެކު ވާހަކަ ދައްކައި ޓީވީ ޝޯތައް ހުށަހަޅައިިދިނަސް، މިއީ އޭނާ އަށް ދައްކަން ފަސޭހަ ވާހަކައެއް ނޫނެވެ. ސަބަބަކީ، އޭނާ އަށް ހީވަނީ މި ވާހަކަތައް އާންމުކޮށް ދައްކާފަހުން ޓީވީން ދެން ފެނިއްޖެ ނަމަ އޭނާއާ ދޭތެރޭ މީހުން ހީކޮށްފާނެ އެއްޗެވެ؛ އިމޭޖް ބަދަލުވެދާނެ އެވެ؛ މީހުން ފޫހިވާނެ އެވެ. އުފެދެނީ އެ ބިރުވެރި ކަމެވެ. -- ހަގީގަތުގައި ބައްޔަކީ ވެސް އެ އެވެ. ބައިޕޯލާ ޑިސްއޯޑާ އެވެ.

އުމުރުން 12 އަހަރުން ފެށިގެން ޓީވީން ފެންނަ، ޝަމްރާ ޝަމީމް ނުވަތަ އެންމެން ވެސް ދަންނަ ކުޑޫ އެ ބަލީގައި އުފުލަމުން ދާ ވޭން އެނގޭނީ އޭނާގެ ގާތް މީހުންނާއި އާއިލާގެ މީހުންނަށެވެ. އުމުރުން މިހާރު 27 އަހަރު ވީ އިރު ވެސް، އެކަން އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ.

"ކުޑޫ މިހެން ހެވިފައި އިނަސް ސިކުނޑީގައި މި ހިނގާ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ދޯ،" އޭނާ އިންޓަވިއު ފެށި އެވެ.

ބައިޕޯލާ ޑިސްއޯޑާއަކީ އާންމު އިންސާނަކަށް ވުރެ މާ ބޮޑަށް ކޮންމެ ކަމެއްގައި ވެސް އިމޯޝަންތައް އައުމެވެ. އެ އުނދަގޫތަކުގެ ތެރެއިން މޭޖާ ޑިޕްރެޝަނާއި އެންޒައިޓީގައި މީހާ މޮޔަކޮށްލަ އެވެ. އޭނާގެ ހުންނަނީ ބައިޕޯލާ ޑިސްއޯޑާގެ 2 އެވެ.

މީގެ ފަސް އަހަރު ކުރިން، މެލޭޝިއާގައި ކިޔަަވަން އުޅެނިކޮށް އެއް ދުވަހަކު ފިޓް ޖެހިގެން ވެއްޓި ހޮސްޕިޓަލަށް ގެންދަން ޖެހުނު ހިސާބުން ކުޑޫގެ މުޅި ދިރިއުޅުން ބަދަލުވީ އެވެ. ބައިޕޯލާ ޑިސްއޯޑާ އަށް ޑައިގްނޯޒްވީ އެ ދުވަހު އެވެ. ކުޑޫ ބުނި ގޮތުގައި އޭނާގެ ސިކުނޑި އަށް ކުޑަ ވެސް ލުޔެއް ލިބުނު ހިސާބަކީ އެއީ އެވެ. މި ވަނީ ކީއްކަން އެނގުމެވެ.

"އެކަނިމާއެކަނި އެކޮޅުގައި ކިޔަވަން ގޮސް ހުއްޓާ އެއް ދުވަހަކު ހަމަ ފިޓް ޖެހުނީ. ދެން ރޫމްމޭޓުން ޑޮކްޓަރަށް ދައްކަން ގެންދިޔައިމަ އެ ދުވަހު މި އެނގުނީ ކިހިނެއްކަން މިވަނީ. ޑައިގްނޯޒްވުމަކީ ބިރުވެރިކަމެއް ނޫން. އެހެންވީމަ މި އެނގުނީ ކޮންމެވެސް ކަމެއް އުޅޭކަން. އަހަރެން މޮޔައީ ނޫންކަން."

އޭގެ އެތައް އަހަރެއް ކުރިއަށް ޖެހިލާ ނަމަ، ކުޑޫ އަކީ އެންމެ ކުރިއްސުރެ ވެސް ކިރިޔާ ކަމެއް ގޯސްވިޔަސް ވަރަށް ވިސްނާ މީހެކެވެ. އުފަން ރަށް، ވ. ތިނަދޫން މާލެ ބަދަލުވެ، އެންމެން ބޭނުންވާ މަސައްކަތާ އެކު ކުރިއަށްދާން ފުރުސަތު ލިބުނަސް ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ކަމެއް ކިރިޔާ ގޯސް ވިޔަސް ވިސްނެނީ ހުރިހާ ކަމެއް ގޯސްވެއްޖެ ކަމަށް ބަލައިގެންނެވެ. ނާކާމިޔާބީ ނޫން ކަމެއް ބޮލަކަށް ނުވަދެ އެވެ. ކުޑޫގެ ބަހުން ނަމަ، ނަފްސާނީ ކަންކަމުގައި ވިސްނަވިސްނާ މާޔޫސްކޮށްލައި ކޮޓަރީގެ ކަނެއްގައި އިންނަން ޖެހޭ ވަަރަށް މީހާ ކުޑަކޮށްލަ އެވެ.

"ފެށުނީއްސުރެ ވެސް ހިތަށް އަރާ ކީއްވެހޭ ކުޑޫ އަށް މި ހުރިހާ ކަމެއް މިވަނީ. ދެން އަބަދު ގޯސް ކަންތައް ކީއްވެހޭ ކުޑޫ އަށް މިވަނީ. ގައިމު ނުލާހިކު ބަސް އަހައިގެންނޭ މި އުޅެނީ. ނަމާދުތައް ވެސް ކުރަމޭ،" އޭނާ ކިޔައިދިނެވެ.

ކުޑޫ: އޭނާ އުޅުނީ ހީތަކެއްގެ މަތީގައި.

ވަރަށް ކުޑައިރުން ފެށިގެން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވެގެން އެ ފުރުސަތު ކުޑޫ ހޯދީ މަންމަ ކައިރީ އަމިއްލަ އަށް ކިޔައިގެން ޓީވީއެމަށް ގުޅައިގެންނެވެ. އޭރު ސްކޫލުގައި ކިޔަވަން އުޅެމުން ޓީވީ ސްކްރީނަށް އަރަން ފެށުމުން ވަރަށް ގިނަ ބަޔަކަށް އޭނާ އެނގެން ފެށި އެވެ. އެހެންވެ، އޭނާ ވެސް ބޭނުންވީ މީހުންގެ ތެރެއަށް އެންމެ ފުރިހަމަކޮށް ނުކުންނާށެވެ. ބުރުގާ އަޅާ ގޮތާއި ހެދުން އަޅާ ގޮތަށް އިންތިހާ އަށް ވިސްނަން ޖެހުނެވެ. ކުޑޫ ބުނާ ގޮތުން، އެ ހުރިހާ ކަމެއްގެ ތެރޭގައި ޅަ ސިކުނޑި އަބަދު އެނބުރުން ވެގެން ދިޔައީ ނަފުސާނީ މައްސަލަތަކުގެ ފުރަތަމަ ފެށުން ކަމުގައި ބެލެވިދާނެ ކަމެކެވެ.

"އޭރު ކުޑޫ ރީތިވާއިރު ވެސް ކޮޓަރީގައި އިންނާނެ ކުރިމަތީގައި ލޯގަނޑެއް. ފަހަތުގައި ވެސް ލޯގަނޑެއް ބައިންދާފައި އިންނާނެ ކުޑޫގެ ބުރުގާ އިނީ ރަނގަޅަށްތޯ ބަލަން،" ކުދިކުދި ކަންކަމަށް މާބޮޑަށް ދެވެން ފެށި ސަމާލުކަމުގެ މިސާލެއްގެ ގޮތުން ކުޑޫ ކިޔައިދިނެވެ.

ކުޑޫ، މަންމަ އާއި ބައްޕައާ އެކު: މިހާ ހިސާބަށް އާދުވުމުގައި ކުޑޫއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މައިންބަފައިންގެ ފަރާތުން.

ބައިޕޯލާގައި އެންމެ އުނދަގޫ އެއްކަމަކީ ވަރަށް ނޯމަލް ދިރިއުޅުމެއްގައި އުޅެމުން ގޮސް ކުއްލިއަކަށް މީހާ ވަރަށް ޑައުންކޮށްލާތީ އެވެ. މޫޑް ވަރަށް ހައިވެފައި ލޯވުން، ކުއްލި ކުއްލި އަށް ތަޖުރިބާކުރަން ޖެހުމަކީ އެންމެ އުނދަގޫ އެއް ކަމެވެ.

އެގޮތަށް ދިމާވި ތަޖުރިބާއެއް ހިއްސާކުރަމުން ކުޑޫ ބުނީ ކިޔަވަން އުޅުނުއިރު ލޯ އެގްޒާމަކާ ދިމާކޮށް ހުރިހާ ކޭސްތައް ފާރުގައި ހަރުކުރަން ބޭނުންވި ކަމަށެވެ. އޭނާގެ ސިކުނޑީގައި އެކަން ނުވާނެ ސަަބަބެއް ނެތެވެ. އެކަމަކު މަސައްކަތް ފެށުމާ އެކު އެކަން ކާމިޔާބު ނުވެ އޭނާއަކީ ވަރަށް ނުބައި މީހަކަށްވާ ހިސާބަށްދާ ކަމަށް ކުޑޫ ބުންޏެވެ.

"ހުރިހާ އެއްޗެއް ޕްރިންޓްކޮށް، ކޭސްތައް ތަތްކޮށްލާފައި މިއޭ މީ. އެޔޭ މީގެ ސައިޓޭޝަނަކީ. މީތި އައިސްފައި އިންނަ ގޮތަކީ މިއޭ. ކުޑޫ ބޮލުގައި ހުރެޔޭ އެ ހުރިހާ އެއްޗެއް. އެކަމަކު މަސައްކަތް ކުރަން ފެށީމަ ބާން އައުޓްވާނެ. ކުރާ ހިސާބަކުން ސިކުނޑި އަށް ނުދައްކާނެ މިއީ ކުރެވިދާނެ ކަމެކޭ. ހުރިހާ އެނާޖީއެއް ދާނެ އެ ހިސާބުން. ކިހާ ބޮޑު ފެއިލިޔާއަކަށް އެ ވީ. ދެން މީހާ އެންމެ ނުބައި މީހާ އަށް ވެ މީހާ ކުޑަކޮށްލާނެ،" ކުޑޫ ބުންޏެވެ.

ސިކުނޑީގައި އެނބުރޭ އެކަހަލަ ކަންކަމާ ޑީލް ކުރަން ފަސޭހަވީ ޑައިގްނޯޒްވި ހިސާބުން ކަމަށް ކުޑޫ ބުނާ ވާހަކަ އަކީ އެއެވެ. އެ ބައްޔަށް ފަސް އަހަރު ވަންދެން މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު އެ ބޭސްތައް ކައި، ތެރަޕިސްޓެއްގެ އެހީ ހޯދުމުން ސިކުނޑި އަށް ލުއިވީ އެވެ.

މި ރޯދަ މަހު، ޓީވީއެމުން ގެނެސްދޭ، "މިވަގުތު" ޕްރޮގްރާމްގެ އަނެއް ހޮސްޓް ރިލްވާނާ އެކު ކުޑޫ.

"ނަފްސާނީ ގޮތުން އެ ކުރިމަތިވާ ހުރިހާ ކަމަކީ ވެސް ބައްޔެއް. އެއީ ނަމާދުނުކުރާތީއެއް ހެދުން އަޅާ ގޮތަކުން، ނޫނީ ވަކި އެއްޗެއް ކައި ހަދާތީ ވާގޮތެއް ނޫން. އެ ހުރިހާ ކަމެއް ބަދަލުކޮށްގެން އުޅެވެންޏާ މިކަމާ [މި ބައްޔާ] ނުލައި އުޅުމަށް ކޮންމެ ކަމެއް ވެސް ކުރާނަން،" ކުޑޫ ބުންޏެވެ.

ކުޑޫ ބުނީ އެ ވޭނުން ސަލާމަތްވާން ބޭސް ކަމުން އައިސް އޭގެ އަސަރު ފެންނަން ފެށީ ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި ކަމަށެވެ. ހަށިގަނޑު ކުއްލިއަކަށް ވަރަށް ބޮޑަށް ހިކުނީ އެވެ. އެކަމަކު އެކަމާ ހެދި ވެސް ދެން ކުރިމަތިވީ އުނދަގޫވާ ސުވާލުތަކެވެ.

ފެންނަ ކޮންމެ މީހަކު، ހާދަ ހިކިފައޭ ކިހިނެއް ވީހޭ އަހަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދޭކަށް ކުޑޫއަކށް ނޭނގެ އެވެ. އެކި މީހުންނަށް އެކި ގޮތަށް، މޮޅު ޖަވާބުތައް މިކަމުގައި ދިޔަސް ކުޑޫ އަށް މިއީ ހިތް ރޮއްވާލާ ކަހަލަ ސުވާލެކެވެ.

"މިހާރު އެންމެ އުނދަގޫ ކަމަކީ އެ ސުވާލުކުރީމަ ދެވުނު ޖަވާބުތައް ހިތަށް އަރުވަން. ކުޑޫ ހަމަ ވަރަށް ކަމޭ. އެކަމަކު ފަލަ ނުވަނީ. ހަގީގަތަކީ އެ ބޭހުގެ އަސަރު ފެންނަން ފެށީ ލޮކްޑައުންގެ ތެރޭގައި."

އަނެއް އުނދަގުލަކީ މޫސުމީ ބަދަލެވެ. ބޭރުުގައި ހުއްޓާ އުޑުމަތި ބަނަކޮށްލައިފި ނަމަ، ކުޑޫ އަށް ދެން އެކުރެވެނީ ކިޔައިދޭން ވެސް އުނދަގޫ އިހްސާސެކެވެ. ކުޑޫ ބުނީ ވާރޭވެހޭ ނަމަ، އޭނާގެ ގައިގައި، އެނދުން ތެދުވެ ރަނގަޅަށް ލޯ ހުޅުވާލާނެ ހިތްވަރު ވެސް ނުހުންނަ ކަމަށެވެ.

ޓީވީއެމުން ގެނެސްދޭ ސޭލްސް ސޭލްސް ޕްރޮގްރާމް، ޕްރެޒެންޓަރު ޒަޔާނާއި ކުޑޫ ހުށަހަޅައިދެނީ.

ބައިޕޯލާގައި މޫޑްތައް ވަރަށް ހައިޕާވުމާއި އެކްސްޓްރީމްވުމުގެ އުނދަގުލާ ކުރިމަތިލާން ޖެހެ އެވެ. އުފާވާ ނަމަ މާ ބޮޑަށް އުފާވުމާއި ރުޅި އައިސްފި ނަމަ، މާ ބޮޑަށް ރުޅި އައުން އަދި ދެރަވާ ނަމަ، މީހާ ޑިޕްރެސްވާ ވަރަށް ދެރަށް ކޮށްލަ އެވެެ.

ހަށިގަނޑުގެ އެތެރެ އާއި ހަށިގަނޑުގެ ކެމިކަލް އިމްބެލެންސް ކުރިމަތިވުމުން ބައިޕޯލާ އަށް ޑައިގްނޯޒްވާއިރު އެ މެނޭޖްކުރުމަށް ބޭހާއި ތެރަޕީ އެކީ ނެގުމަށް ޑޮކްޓަރުން ވެސް ލަފާދެ އެވެ.

ނަފްސާނީ ބަލީގައި މީހާ ކުޑަކޮށްލިޔަސް ކުޑޫ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ ހުރީ ކޮންމެވެސް ދުވަހަކުން ބޭހުގެ ޑޯޒް ތިރިކުރެވި ސިކުނޑި އަށް ތަންކޮޅެއް ލުއި ދުވަސްތަކެއް ލިބޭނެ ކަމުގެ އިންތިޒާރުގަ އެވެ.

އެކަމަކު، އެ ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު، މި ވާހަކަ ދެއްކުމުން މީހުންގެ ހިތަށް އަރާނީ ކީކޭބާއޭ އޭނާ ހިތާހިތާ ސުވާލު ކުރަން ފެށި އެވެ.

"މިހާރު ހަމަ ބޮލުގައި މި އެނބުރެނީ ދެން މީހުން ކީކޭ ބާއޭ ކިޔާނީ. މިއީ އެޓެންޝަން ހޯދަން އުޅޭ މީހެކޭ. އަސްލު ސުވާލު ނުކުރި ނަމަ މި ވާހަކައެއް ވެސް ނުދައްކާނަން."

ކިޔެވުން ހުއްޓި އަދި ނަފްސާނީ ބަލީގައި ކުޑޫގެ ހަޔާތް ކިތަންމެ އަނދިރިވިޔަސް ކުޑޫއަކީ އާދައިގެ މީހެއް ނޫނެވެ. ހިތްވަރާ އެކު އޭނާ ކޮންމެ ދުވަހަކު ތެދުވަނީ ބަޔަކަށް ކަމެއް ރޭކާނުލާހާ ވެސް މޮޅަށެވެ. އޭނާގެ ހިނިތުންވުމުން އެ ފޮރުވާލަނީ ވަރަށް ހިތްދަތި އުނދަގޫ ދިރިއުޅުމެކެވެ.

ކުޑޫ ހުށަހަޅައި، "ވީއައިޕީ" ޝޯގެ ޝޫޓިންގެ ތެރެއިން.

ގާތްގަނޑަކަށް 16 އަހަރު ވަންދެން، ޓީވީއާ ދުރަށް ނުގޮސް އެ ޑިސިޕްލިންގައި ކުޑޫ ހިފަހައްޓާލުމަކީ އޭނާ ދައްކަމުން އަންނަ ނަމޫނާ މިސާލެކެވެ. ހަމައެކަނި އެކަމެއް ނޫނެވެ؛ އެންމެ އުނދަގޫވި ލޮކްޑައުންގެ ތެރޭގައި ގޭގައި ބަންދުވެފައި ތިބެން ޖެހުނު ދަނޑިވަޅު އެކި ފާޑުގެ ކާއެއްޗެހި ހަދައި އޭގެ ވިޔަފާރި ވެސް އޭނާ ފަށައިފި އެވެ!

ވިޔަފާރި ފެށުނު ދުވަސްވަރު ކެއްކުމުގައި ކުޑޫ ވެސް ބައިވެރިވި އެވެ. އެކަމަކު މިހާރު މަންމަ އާއި ބައްޕަ ކެއްކުމުން ކުޑޫ ކުރާ ކަމަކީ އެ ޕްރޮމޯޓްކޮށް ވިއްކުމެވެ.

މިއަހަރުގެ ރޯދަ މަހު، ކުޑޫ ހުށަހަޅައިދޭ "ވީއައިޕީ" ޝޯގެ ޝޫޓިންގެ ތެރެއިން.

ކުޑޫ ބުނި ގޮތުގައި ވިޔަފާރިއެއް ފެށުމުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރުމާއި ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކުރުމަކީ އަބަދުވެސް އޭނާ ވަރަށް ކުރަން ބޭނުންވި ކަމެކެވެ. އޭނާ ކުރިއަށް އެ ދަނީ ކޮންމެވެސް ދުވަަހަކުން އެ ހިސާބަށް ދެވި މައިންބަފައިން ފަހުރުވެރިވާނެ ދަރިއަކަށް ވުމުގެ އުއްމީދުގަ އެވެ.

30 ކޮމެންޓް, 341 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 55%
icon angry icon angry 1%
icon wow icon wow 1%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިރާނ

17 October 2022

ކުޑޫ ކައިރީ އަހާލަން ބޭނުމީ، ހަމަ މީގެ 5 އަހަރު ކުރިން މެލޭޝިއާގަތޯ ކުޑޫ ފުރަތަމަ ފިޓް ޖެހުނީ؟ ތާޖުއްދީން ސްކޫލްގައި 2007 ވަނަ އަހަރު އޮތް ތިންމުގޯލި މުބާރާތުގައި ކުޑޫ ކުޅެން އަރާ ހުއްޓާ ފިޓް ޖެހުނު ހަދާން އަހަރެން ނުނެތޭނެ. އޭރުގަ އެހެން ދިމާވި ވާހަކަ މި އާޓިކަލްގައި ހިއްސާ ކުރާނެ ކަމަށް ހީކުރީ. ބަލީގެ ވާހަކަ ދައްކާފައި އޮތް އާޓިކަލް އެއްގައި އެހާ މުުހިއްމު ވާހަކައެއް ކުޑޫ ނުގެނައީ ކީއްވެ؟ އެތައް ޕޭރެންޓެއް ކުރިމަތީ 2007 ގައި ހިގިކަމެއް މިއީ.

The name is already taken The name is available. Register?

ކުޑޫތި ކުރާ ހިއްވަރަށް އައި ސެލިއުޓް: އުމާ

14 April 2022

އައި ނަފްސާނީ ބައްޔަށް ބޭސް ކުރަމުން އަންނަތާ 10 މަސް ވެއްޖެ. ކުޑޫ ގެ ޙާލު އައިއަށް އެނގުނީމަ އައިއަށް މިކަމާ ކުރިމަތިލާން އިތުރު ހިތްވަރެއް ލިބިއްޖެ. ފައްފަށުން ލޯބި ކުޑޫއަށް.

The name is already taken The name is available. Register?

ހައްވަ...

14 April 2022

ވީ ލަވް ޔޫ ކުޑޫ❤️

The name is already taken The name is available. Register?

އަހްމަދު

13 April 2022

މަގޭ އަންހެނުން ވެސް ހުންނަނީ ތިބުނާކަހަލަ އަލާމާތް ތަކެއް ވަރަށް ވަރުން ޑޮކްޓަރަށް ދެއްކުނިވެސް ޑޮކްޓަރު ބުނީ ބޭސް ބޭނުން ކުރަންޖެހޭ ހާލަތުގައޭ ހުރީ . ވައުދު ބޭހެއް ކާކަށް އެއްބަހެއް ވެސް ނުވި އިތުރަށް ޑޮކްޓަރަށް ދައްކާކަށް ވެސް ބޭނުނެއް ނުވި

The name is already taken The name is available. Register?

މާ

13 April 2022

ނަފުސާނީ ބަލި ތަހައްމަލް ކުރަމުންދާ ކުދިންނަށް ފުރައްސާރަ ކުރުން ހުއްޓާލާ...

The name is already taken The name is available. Register?

ހައ

13 April 2022

ސޭޑު

The name is already taken The name is available. Register?

ހިތްވަރު ކުރާތި

13 April 2022

ކުޑޫ ތިދެއްކި ހިތްވަރުން އަހަރެން ވެސް މިކަމާ ކުރިމަތިލާން ހިތްވަރު ލިބިއްޖެ. 10 އަހަރު މިވަނީ ނަފްސާނީ ބަލިމަޑު ކަމެއްކަ އުޅޭތާ. ނުކެރޭ މިވާހަކަ ދައްކާކަށް. އެކަނި މިކަމާއި ކުރިމަތިލާ މީހާ އެއްކޮށްބަލިވެއްޖެ، ފިކުރުބޮޑުވެ، ވިސްނަން ނުވާ ވަރަށް ކަންކަމާއި ވިސްނާ، މީހުންގެ ތެރޭގައި އުޅެން އުނދަގޫވޭ. އެކަމަކު މީހުންނަށް ހީވަނީ ފޮނިކަމުން އުޅޭ ގޮތެކޭ. ކުޑޫގެ މަންމަ އަދި ބައްޕަގެ ސަޕޯރޓް ލިބޭކަން އިނގޭތީ ވަރަށް އުފާވެއްޖެ.

The name is already taken The name is available. Register?

ބަލި ތަހައްމަލު ކުރަމުންދާ މީހެއް

13 April 2022

ކުޑޫ ވަރަށް ހިތްވަރު ގަދަ. މިފަދަ ނަފްސާނީ ބަލިމަޑު ކަމެއް ތަހައްމަލު ކުރަމުންނުދާ މީހަކަށް އިހުސާސް ވެސް ނުވެދާނެ މީ ކިހާވަރެއްގެ ވޭން ހުރި ކަމެއް ކަން. 24 ގަޑިއިރު ސިކުނޑި ހުއްޓުމެއްނެތި ކޮންމެ ވެސް ފިކުރެެއް ކުރުމުގަ. ވެދާނެ ކަމަކާއި މެދު ވިސްނުމުގައި. މީހާ އެއްކޮށް ވަރު ބަލިކޮށްލާ ކަމެއް. މިފަދަ ކަމެއްގެ ވާހަކަ ބުނެފިނަމަ، ލޭބަލް ކޮށްލާނީ " މޮޔަ" ނުވަތަ " ދީންވެރި ނުވާ" މީހެއް ގޮތުގައި، ކުޑޫ ހިތްވަރާއި އެކު ކެރިގެން ކަންކަމާއި ކުރިމަތިލާތި.

The name is already taken The name is available. Register?

އައޝް

13 April 2022

އިންޝޝާﷲ ވަރައް އަވަހަށް ރަނގަޅުވާނެ ހިތްވަރުގަދަކުއްޖެއްތީ

The name is already taken The name is available. Register?

ޒީޒީ

14 April 2022

މީ ރަނގަޅު ނިޔަތެއްގައި ކުރި ކޮމެންޓެއްކަން ޔަގީން އެކަމު މި ކަހަލަ ބަލި ރަނގަޅު ނުވާނެކަމާ، ބައްޔާއެކު އުޅެން ދަސްކުރުމުގެ ގޯހެއް ނެތްކަން ގަބޫލުކުރަން ޖެހޭނެދޯ އަސްލު

The name is already taken The name is available. Register?

ހޫޒަން

13 April 2022

ކުޑޫއަށް އަވަސް ޝިފާއަކަށް އެދެން....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454