ފޮޓޯގައި އައިޝަތު ލައިޝާ ސައުދު
10 އެޕްރީލް 2022 - 11:12
ބައިވަރު އާޓިސްޓުން އަހަރެމެންގެ ތެރޭގައި އެބަތިއްބެވެ. އެކަމަކު ޒުވާން މި ހުނަރުވެރިންނަށް ޕްލެޓްފޯމެއް ނެތް ނަމަ އެމީހުންގެ ހުނަރުވެރިކަމުގައިވީ ކުލަތަކެއް އަހަރެމެންނަކަށް ނުފެންނާނެއެވެ. 'އަ ކަވި ކްރާފްޓް ލޯކަލް' އަކީ އެފަދަ ހުނަރުވެރިންގެ ވާހަކަ ކުރުކޮށް ފޮނިކޮށް ގެނެސްދިނުމަށް މި ރޯދަ މަހު ކުރިއަށް ގެންދާ ހާއްސަ ވީޑިއޯ އެޕިސޯޑް ތަކެކެވެ. އެގޮތުން މިފަހަރުގެ ހޮވުމަކީ އައިޝަތު ލައިޝާ ސައުދުއެވެ.
އުމުރުން 19 އަހަރުގެ ލައިޝާ ހުނަރު އޭނާ ޕްރޮމޯޓްކުރަނީ 'ނަފްތޫން' ގެ ނަމުގައެވެ. އެއީ ޕްލެނެޓް ނެޕްޓިއުން އަށް ދިވެހިން ކިޔާ ނަމެވެ.
ޖުމްލަ ގޮތެއްގައި އެކްރެލިކް މީޑިއަމްއެއްގައި މަސައްކަތްކުރާ ލައިޝާގެ ކުރެހުންތައް އެންމެ ފާހަގަކޮށްލެވެނީ އޭގައި ހިމެނޭ 'ސަރިއެލް' ސިފަތަކަށެވެ. އޭނާ ބުނާ ގޮތުން ނަމަ އޭނާގެ ކުރެހުމަކީ އޭނާގެ ސިކުނޑި މުޅިން މިނިވަން ޖައްވަކަށް ގެންގޮސް އުފާވެރި އެތައް ބައިވަރު އިހުސާސްތަކެއް ގެނުވާ ކަމެކެވެ.
ކުރެހުމާއި ކުލައިގެ ދުނިޔެއާ ބެހޭ ގޮތުން އޭނާ ކިޔައިދޭ އިތުރު ވާހަކަތައް 'ކަވި ކްރާފްޓް ލޯކަލް' ގެ މިފަހަރުގެ އެޕިސޯޑްގައި ބައްލަވާލައްވާށެވެ. އަދި އޭނާގެ ހިތްގައިމު ކުރެހުންތައް ބަލައިލުމަށް 'ނަފްތޫން' ގެ އިންސްޓަގްރާމް ޕޭޖު ވެސް މިއޮތީއެވެ.
ނަފްތޫންގެ އިންސްޓަގްރާމް ޕޯސްޓެއް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސީޒަން ޖެކްޝަން
10 April 2022
ނަދީމުގެ ލިޔުމަކާބަލާފާ މިލިޔުން ތަންކޮޅެއް ކުރެއްނޫންތޯ؟ ތަންކޮޅެއް ކީއްކުރަން މާބޮޑަށްވެސް ކުރެއްނޫންތޯ؟