.
12 އެޕްރީލް 2022 - 07:14
ޓުވިޓާއިން ބޮޑު ހިއްސާއެއް ގަނެ، ޓްވިޓާގެ އެންމެ ގިނަ ހިއްސާ އޮތް މީހަކަށްވި، މަހުޖަނު އީލޮން މަސްކް އެ ޕްލެޓްފޯމުގެ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޓެސްލާ އާއި ސްޕޭސްއެކްސްގެ ފަދަ ބިލިއަން ޑޮލަރުގެ ކުންފުނިތަކުގެ ސީއީއޯ އީލޮން ވަނީ ދާދިފަހުން ޓުވިޓާގެ 9.2 ޕަސެންޓްގެ ހިއްސާ ގަނެފަ އެވެ. އޭނާ ޓުވިޓާއިން ގިނަ އަދަދެއްގެ ހިއްސާ ގަނެފައި ވަނީ ޓުވިޓާގެ ޕޮލިސީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ.
ގިނަ އަދަދެއްގެ ހިއްސާ ގަތުމާ ގުޅިގެން ޓުވިޓާގެ ޑިރެކްޓަރުންގެ ބޯޑުގައި އީލޮން ހިމެނޭނެ ކަމަށް އެ ޕްލެޓްފޯމްގެ ސީއީއޯ ޕަރާގް އަގަރުވާލް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.
ނަމަވެސް، އެކަމާ ގުޅޭ ގޮތުން މަސްކު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓުވިޓާގެ ޑިރެކްޓަރުން ބޯޑުގައި އޭނާ ބައިވެރިވެ ވަޑައިގަންނަވަން ބޭނުންނުވާ ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްކުގެ ވިސްނުމުގައި ޓުވިޓާ އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ޕްލެޓްފޯމަކަށް ވާން ޖެހޭނެ އެވެ. އެތަނުގެ ބޯޑަށް ނުފޫޒު ފޯރުވާ ނަމަ، އެއިން ފެންނަނީ އެންމެ ރަނގަޅު މެސެޖު ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy