ލައިފްސްޓައިލް / ޓްރެވެލް

ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!

ޝާން، ލ. މުންޑޫގައި: އޭނާ އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަން ޑޮކިއުމެންޓްކުރަމުން.

ސްކޫލް ބަންދުގައި ޝާން އިބްރާހިމްގެ ހުރިހާ ރައްޓެހިންހެން ރަށުން ބޭރަށް ދަތުރުކުރެ އެވެ. ނަމަވެސް، އާއިލާގެ ހާލަތު އޭރު ހުރިގޮތުން، ފުވައްމުލަކަށް އުފަން ޝާންއަށް އެ ފުރުސަތެއް ނުލިބުނެވެ. ރަށުގައި އުޅެ ބޮޑުވީ، ރަށުން ބޭރަށް ދަތުރުކޮށްލާނެ ފުރުސަތެއް ނުލިބި އެވެ. ފުވައްމުލަކު ކައިރީގައި އިތުރު ރަށެއް ނޯންނާތީއާ ވެސް އެކު، އެހެން ރަށްރަށުގެ މީހުން ދިރިއުޅޭގޮތް ދެކިލުމުގެ ނަސީބެއް ނުލިބުނެވެ.

އެހެންވެ، އޭނާ ބޮޑުވަމުން އައިއިރު، އެންމެ ބޭނުންވީ، އަމިއްލަ ފައިމައްޗަށް ތެދުވެވުނު ދުވަހަކުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަނުގައި މީހުން ދިރިއުޅޭ ގޮތް ބަލައިލުމަށެވެ. އެ މީހުންނާ ގުޅޭ ވާހަކަތައް ހޯދާށެވެ. އޭގެ ފަހުން މިހާރު ވަރަށް ގިނަ ރަށްރަށަށް އޭނާއަށް ދެވިއްޖެ އެވެ.

ޝާން، ލ. މާބައިދޫގައި: އޭނާ އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަން ޑޮކިއުމެންޓްކުރަމުން.

އޭނާ ދާ ރަށްރަށުން ފެންނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން ހަމައެކަނި ފޮޓޯ އާއި ވީޑިއޯ އެޅުމުގެ ބަދަލުގައި، އެ ރަށްރަށުން ކުރެވުނު ތަޖުރިބާތަކާއި މީހުން ދިރިއުޅުން ހުންނަގޮތާ އަދި އެނޫން ވެސް އެ ރަށަކާ ގުޅޭ ވާހަކަތައް ލިޔެ ފޭސްބުކްގައި ހިއްސާކުރަން ފެށި އެވެ. އެއާ އެކު "ދަތުރުވެރި ޒުވާނާ"ގެ ނަމުގައި މީހުންނަށް އޭނާ އެނގެން ފެށި އެވެ. އެއީ ސޯޝަލް މީޑިއާގައި އޭނާ ބޭނުންކުރާ ނަމެވެ.

މި އަހަރު އެކަނި ވެސް 45 ރަށަށް ދިޔަ

އުމުރުން 28 އަހަރުގެ ޝާން ބުނިގޮތުގައި، މި އަހަރު އެކަނި ވެސް އޭނާ 45 ރަށަކަށް ހިނގައްޖެ އެވެ.

އޭނާ އެކަނި ކުރާ މި ދަތުރުތަކުގައި، އާންމުކޮށް ކޮންމެ ރަށެއްގައި ވެސް އެއް ދުވަހު މަޑުކުރެ އެވެ. ބޮޑު ރަށެއް ނަމަ ބައެއް ފަހަރު ދެ ދުވަހު ވެސް މަޑުކުރެ އެވެ.

"އެންމެފަހުން ދިޔައީ ހއ. ފިއްލަދުއަށް. އެ ރަށާ ގުޅިފައި އޮވޭތާ ދައްޕަރު. އެއް ދުވަހުން އެ ރަށުގެ މަންޒަރުތައް ނަގައި ކަންކަން ނުކުރެވޭނެތީ ދެ ދުވަހު މަޑުކުރީ،" އޭނާ ބުންޏެވެ.

"ދައްޕަރުގައި އޮވޭ ވަރަށް ރީތި ކުޅިއަކާ އެއްޗެހި. އެހެންވެ، އެތަން ވެސް ބެލޭނެ ގޮތަށް ވިސްނައިގެން ދެ ދުވަހަށް ދިޔައީ."

ހއ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދުއާ ބެހޭގޮތުން ޝާން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ، އެއީ އޭނާ މިހާތަނަށް ދިޔަ ރަށްތަކުގެ ތެރެއިން އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނު ރަށް ކަމަށެވެ.

ފިއްލަދުއާ ގުޅިފައިވާ ދައްޕަރަކީ ވެސް ރީތި ވިލަކާއި ހިތްގައިމު ކުޅިއެއް އޮތް ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެއް ކަމަށް އޭނާ ބުންޏެވެ.

"ރަށުގައި ދެ ކެފޭ ހުއްޓެއްކަމަކު ކެއުމުގެ ހިދުމަތް ނުލިބޭތީ ދެ ދުވަސް ހޭދަކުރަން ޖެހުނީ ހެނދުނާއި ހަވީރު ހެދިކާ އާއި ސައި އަދި އެހެން ވަގުތުތަކުގައި ފިހާރައަކުން ޕެކެޓް ދަޅަކުން ގޮތެއް ހަދާލައިގެން،" އޭނާ ބުންޏެވެ.

"ތަފާތު ރަށްތަކަށް ޒިޔާރަތްކުރުމަކީ މިކަހަލަ ތަފާތު ހާލަތްތަކާ ކުރިމަތިވާނެ ކަމެއްކަން މާ ކުރިން ވެސް ގަބޫލުކޮށްގެން ހުރުމުގެ ސަބަބުން އެކަންތައް މާ ބޮޑު ކަމަކަށް ނުވި."

އެ ދަތުރުގައި އޭނާ ދެން ދިޔައީ އެ އަތޮޅު އުލިގަމަށެވެ. ޔޮޓްފަހަރު ބަނދަރުކުރާ ރަށެއްގެ ގޮތުގައި މަޝްހޫރު އުލިގަމުން އޭނާ ތަފާތު ކަމަކަށް ފާހަގަކުރެވުނީ ރަށަށް ބޭނުންވާ ކަރަންޓު އުފައްދާ ގޮތެވެ.

"ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް އުލިގަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓް އުފައްދާ ފޯރުކޮށްދެމުން އަންނަ ރަށެއް. އެގޮތުން ވައިން ކަރަންޓް އުފެއްދުމަށް 24 ބުރަފަތި ރަށުގެ އުތުރުގެ ސަރަހައްދެއްގައި ހަރުކޮށްފައިވޭ،" އޭނާ ބުންޏެވެ.

ޝާން ރަށްރަށް ދަނީ، އެ ރަށްރަށުގެ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގަން ތައްޔާރުވެގެންނެވެ. އޭނާ ގެންގުޅޭ ފޯނާއި ކެމެރާ އާއި ޑްރޯން އިން ވެސް މަންޒަރުތައް ނަގަ އެވެ. އަދި އެ ރަށްރަށާ ގުޅޭ މައުލޫމާތުތައް ހޯދައި، ނޯޓުކުރެ އެވެ.

މި އަހަރު އޭނާ ދެން ދިޔައީ ހދ، ނ، ބ، ޅ، ލ، ގދ. އަދި އައްޑޫގެ ރަށްތަކަށެވެ.

އެންމެ ހިތްހަމަޖެހޭ ރަށަކަށް މި އަހަރު ދެވުނީ ހއ. ތުރާކުނަށް ކަމަށް އޭނާ ބުންޏެވެ.

"އެ ރަށުގެ ކޮންމެ މީހެއްގެ ވެސް މެހުމާންދާރީ ވަރަށް ރަނގަޅު. ދިމާވާ ކޮންމެ މީހަކު ވެސް ހާލު ބަލައި، ކޮންތާކުން އައި މީހެއްތޯ ސުވާލުކޮށް، އެގޮތަށް ވަރަށް ފްރެންޑްލީ މާހައުލެއް. އެންމެވެސް ވަރަށް ހެޔޮ،" އޭނާ ބުންޏެވެ.

ހދ. ކުޅުދުއްފުޓަށް އޭނާ ކުރި ދަތުރަކީ ވެސް ވަރަށް ހަނދާނީ ދަތުރެއް ކަމަށް ބުންޏެވެ. އެ ރަށަށް ދާން ޕްލޭން ހެދިއިރުގައި، އެންމެ އުއްމީދުކުރި ކަމަކީ، ނޮވެމްބަރު 3، 1988ގެ ޓެރަރިސްޓް ހަމަލާގައި ނިޔާވި ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނާ ބަދަލުކޮށްލުން ކަމަށް ބުންޏެވެ.

"އެ އުއްމީދު ހާސިލުކޮށްގެން ރަށުން ފޭބީ،" އޭނާ ބުންޏެވެ.

ޝާން، ހދ. ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނާ އެކު.

ލިބޭ ކޮންމެ ޗުއްޓީއެއްގައި ރަށަކަށް

ޝާން މިހާރު މަސައްކަތް ކުރަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ބޮޓިކް ބައިގަ އެވެ. ރިސޯޓުން ދޭ އޮފު ދުވަސްތަކާއި އަހަރު ޗުއްޓީތައް އެއްކޮށްލައިގެން، އަހަރުގެ އެކި ދުވަސްވަރު ޗުއްޓީ ނަގައިގެން އޭނާ ރަށްރަށަށް ދަތުރުކުރެ އެވެ.

އެ ދަތުރުތަކަށް މާ ބޮޑު ހަރަދެއް ވެސް ނުހިނގާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބަޖެޓުކޮށް އަސްލު ދަތުރުކުރަނީ. އާންމުކޮށް އެންމެ ބޮޑު އެއްޗެއް ދަނީ ޓިކެޓަށް. ރަށްރަށުގައި ކެއިންބުއިމަށް މާ ބޮޑު ހަރަދެއް ނުހިނގާ،" ޝާން ބުންޏެވެ.

މިހާރު އޭނާ ޕްލޭން ކުރަމުން އަންނަނީ ނުދެވި ހުރި ރަށްތަކަށް އަންނަ އަހަރު ދިއުމަށެވެ. އެއީ ރިސޯޓުތަކުގެ ޕީކް ސީޒަން ފެށޭތީ މި އަހަރު ދެން ޗުއްޓީއެއް ލިބޭނެހެން ހީނުވާތީ އެވެ.

ޝާން، ނ. ކެނދިކުޅުދޫގައި: އޭނާ އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަން ޑޮކިއުމެންޓްކުރަމުން.

ޝާން ބުނިގޮތުގައި، މި ދަތުރުތަކުގައި ތަފާތު މީހުންނާ ދިމާވެ، އެމީހުންނާ އެކު އުޅެލައި، އެމީހުންގެ ވާހަކަތައް އަޑުއަހާލުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރަށްރަށުގެ ގުދުރަތީ މާހައުލުން އެ ލިބޭ ހިތްހަމަޖެހުމަކީ އޭނާއަށް ބުނެދޭން ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ. އޭނާ ބުނިގޮތުގައި، މި ދަތުރުތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ވެސް ފާހަގަކުރެވުނެވެ.

"އެކި ހިސާބުތަކުގައި މީހުންގެ ވާހަކަދެއްކުމުގައި ހުރި ތަފާތުތައް، ރާގުގެ ތަފާތުތައް ފާހަގަކުރެވުނު. ކައްކާ، ކައި އުޅޭ އެއްޗެހީގެ ރަހައިގެ ތަފާތުތައް ވެސް ތަޖުރިބާކުރެވުނު،" އޭނާ ބުންޏެވެ.

"ދެން މިސާލަކަށް ބ. އަތޮޅުގެ ރަށްތަކަށް ބަލަންޏާ މިހާރު ވަރަށް ބޮޑަށް ގެސްޓް ހައުސްތަކަށް މި އޮންނަނީ އެ ރަށްތައް ބަރޯސާވެފައި. އެހެންވީމަ، އަހަރެމެން މިހެން އެކަނި އެ ރަށްރަށަށް ދިޔަސް، މީހުންގެ މާ ބޮޑު ސަމާލުކަމެއް ދިވެހިންގެ ފަރާތުން ނުލިބޭ.

"އެކަމަކު އެއާ ހިލާފަށް ލޯކަލް ޓޫރިޒަމް ނެތް ރަށްރަށުގައި، ރަށުން ބޭރު މީހުން މާ ގިނައިން ގޮސް ނުޅޭ ރަށްތަކުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ، މީހުން ވާހަކަދައްކާ ހަދާ. އެއީ ވަރަށް ބޮޑު ބަދަލެއްކަން ފާހަގަވި،" އޭނާ ބުންޏެވެ.

އެކަނި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަން ޑޮކިއުމެންޓްކޮށްލުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ހާއްސަކޮށް އެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރުމުން މީހުންގެ ފަރާތުން ލިބޭ ސަމާލުކަމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"ވަރަށް ބައިވަރު ދިވެހިން އަސްލު ތިބޭ ދޯ ރަށްރަށް ބަލައިލަން ދާން ބޭނުންވާ. އެކަމަކު ފެމެލީ އާއި ބަޖެޓާ މި ކަހަލަ ބައިވަރު ކަންތަކަށް ޑިޕެންޑުވެގެން އެ މީހުންނަށް ވެސް ތިބެވެނީ ޓްރެވެލް ނުކުރެވިފައި. އެ ކަހަލަ މީސްމީހުންނަށް ދައްކާލަން ބޭނުންވަނީ ރާއްޖެ. ރާއްޖޭގެ އެކި ރަށްތަކަކީ ހަމަ ވަރަށް ސަޅި، ހިތްހަމަޖެހޭ މާހުލުތަކެއްކަން،" އޭނާ ބުންޏެވެ.

10 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 9%
icon inlove icon inlove 73%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަދައްކަލް

27 November 2022

ޒުވާން ދަނޑުވެރިޔާ، ޒުވާން މަސްވެރިޔާ ޒުވާން ދަތުރުވެރިޔާ ހުރިހާ ޒުވާނުންނަކީ ފިރިހެނުންބާ؟ އަނެހެނަކަށް މިފަދަ ފުރުސަތެއް ނޫހަކުން ނުލިބެނީ ކީއްވެބާ؟

The name is already taken The name is available. Register?

ށަވިޔަނި ކުއްޖާ

27 November 2022

ށަވިޔަނީގަ އެކަނި ދޯ މިކަހަލަ ސަޅި ތަންތަން ނުހުންނަނީ..

The name is already taken The name is available. Register?

ޔުމް

26 November 2022

ބޭނުން. އެކީގަ ދާން.

The name is already taken The name is available. Register?

ސެންޓު

26 November 2022

މަވެސް 2016 ގަ ދިޔައިން ރާއްޖޭގެ 70 ރަށައް މިހާރު ވަޒީފާ ހުރިގޮތުން ނުދެވޭ... ފޯމުލަށް އޮތީ ރާއްޖޭގަ ނުދެވޭ އަތޮޅަކަށް މިހާރު

The name is already taken The name is available. Register?

ށަވިޔަނި

26 November 2022

ބިއްބިތައްޖެހިއުޅޭ ޒުވާނުން. ކަލޭމެން ޝާން ނަމޫނާއަކަށް ބަލާބަލަ. މަދުން ނަމަވެސް އަހަރުމެންގެ ތެރޭ ޝާން އާއި ޝާން ފަދަ ޒުވާނުން އުޅޭކަން އެނގުމުން ހާދަ އުފާވެޔޭ. ޝާނަށް ތަހުނިޔާކިޔަން.

The name is already taken The name is available. Register?

ތުއްތޭ

26 November 2022

ވަރަށް ވެސް އުފާވެރި ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސް ތަކެއް ކުރުވައިފި. ދަތުރުވެރީގެ ތިމަސައްކަތުގައި ބަރަކާތް ލައްވާށި. ވަރަށް ހިތްވަރު ގަދަ ޒުވާނެއް. ތިޔައީ ނަމޫނާ ޒުވާނެއް. މީގެއިން ބުނެ ދިން އަނެއް ވާހަކަ އަކީ ޗުއްޓީ އެއް ލިބޭ އިރަށް ކޮންމެ ހެން ގައުމުން ބޭރަށް ނުދިޔަޔަސް ކުޑަ ބަޖެޓަކުން ރާއްޖޭގައިވެސް ޗުއްޓީ ހޭދަކޮށްލެވޭނެކަމެވެ. ޝުކުރިއްޔާ ޝާން

The name is already taken The name is available. Register?

އެޑްމުންޑޯ

26 November 2022

ވަރަށް އަގުހުރި ހިތްގައިމު މަސައްކަތެއް ތި އަހަރަމެންނާ ހަމައަށް ގެނެސް ދެނީ ، ވަރަށް ސަޅި އިގޭ ،

The name is already taken The name is available. Register?

ގެދޮރު ނެތް މަލޭމީހާ

26 November 2022

ވަރަށް ސަޅި ކަމެއް.

The name is already taken The name is available. Register?

ސިޓީ

26 November 2022

ރަގަޅު ސަޅި މަސައްކަތެއް ތިއީ. ގިިނަ ދިވެހިން މަރުވާއިރުވެސް އަމިއްލަ ގައުމުގަ ހުރި ރީތި ތަންތަން ނުހުންނާނެ ފެނިފައެއް. އެއްބަޔަކު އެ ތަންތަން ބަލަން ޝައުގުވެރިކަން ނެތި އަނެއް ބަޔަކު ބަލަން ދެވޭނެ ފުރުސަތު ނެތިގެން ނުބެލި ހުންނާނީ. އެކަމު ރާއްޖޭގެ 80% ފެނުއަޑިއަށް ދާން 30ހަކަށް އަހަރު އޮތްކަމަށް ބުނާއިރު ރާއްޖޭގެ އާދަޔާ ޚިލާފު މަދުން ފެނިފައިވާ ރީތި ތަންތަނާ އެހެނިހެން މައުލޫމާތު ރިކޯޑްކުރެވި ފެންނަން ހުރުމަކީ ވަރަށް މުހިއްމުކަމެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

26 November 2022

ސާބަހޭ ބްރަދާ.މިއީ ވަރަށް ސަޅި ކަމެއް.ގުޑް ލަކް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454