ޓްވިޓާގެ ސީއީއޯ އީލޮން މަސްކު
24 އެޕްރީލް 2023 - 12:55
ޓްވިޓާ ވެރިފައިކުރަން "ޓްވިޓާ ބްލޫ" އަށް ފައިސާ ނުދައްކާ މަޝްހޫރު ބައެއް މީހުންގެ އެކައުންޓުތަކަށް ބްލޫ ޓިކް އަނބުރާ ދީފި އެވެ. އެއާ އެކު ބައެއް މީހުން ވަނީ ޝަކުވާކުރަން ފަށައިފަ އެވެ.
"ބީބީސީ" އިން ބުނި ގޮތުގައި، ބިޔޯންސޭ އާއި ހެރީ ކޭން އަދި ވިކްޓޯރިއާ ބެކަމް ފަދަ މަގްްބޫލް ގިނަ ބައެއްގެ އެކައުންޓުތަކަށް ވަނީ އެއްވެސް ފީއެއް ދެއްކުމަކާ ނުލައި ބްލޫ ޓިކް އަނބުރާ ލިބިފަ އެވެ.
އެ ނޫހުގެ ރަސްމީ ޓްވިޓާގެ ވެރިފިކޭޝަނަށް ފައިސާ ނުދެއްކި ނަމަވެސް، "ގޯލްޑް ޓިކް" ވެރިފިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި މެހްދީ ހަސަން މެން ފަދަ މީހުންގެ އެކައުންޓުތަކުގެ ވެރިފިކޭޝަން ދިނުމަށް ފަހު މިހާރު ވަނީ އަތުލައިފަ އެވެ.
I love the folks replying to this and quote tweeting this claiming ‘Elon took my blue check’. Erm, he gave it to me yesterday - while lying about me paying for verification - and, like many others, I promptly found a way to get rid of it. pic.twitter.com/F6anI1coeS
— Mehdi Hasan (@mehdirhasan) April 23, 2023
މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް އީލޮން މަސްކް ޓްވިޓާ ގަތުމުގެ ކުރިން، "ބްލޫ ޓިކް" ވެރިފިކޭޝަން ދެނީ އެކައުންޓެއްގެ އަސްލު ދެނެގަތުމާއި، ފޭކް އެކައުންޓުތައް ހުއްޓުވުމުގެ މަގްސަދުގައި ހިލެ އެވެ. މަސްކް ސީއީއޯކަމާ ހަވާލުވުމަށް ފަހު ވެރިފިކޭޝަން ބޭނުންވާ ނަމަ ކޮންމެ މަހަކު ފީ ދައްކަންޖެހޭ ގޮތް ވަނީ ހަދައިފަ އެވެ.
"ޓްވިޓާ ބްލޫ" އަށް ފައިސާ ދައްކަން ދެކޮޅުހެދި ސެލެބްރިޓީންނާއި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކުގެ ވެރިފިކޭޝަން، މި މަހު 20 އިން ފެށިގެން ވަނީ އަތުލަން ފަށައިފަ އެވެ. އޭގެ ފަހުން، މިހާރު އަނެއްކާ ބައެއް އެކައުންޓުތަކުގެ ވެރިފިކޭޝަން އަނބުރާ ވަނީ ދީފަ އެވެ.
Woah! Dunno how but the blue tick is back. I’m Priyanka again! 😜
— PRIYANKA (@priyankachopra) April 23, 2023
އަމިއްލަ އެކައުންޓުތަކުން މަހަކު އަށް ޑޮލަރުގެ ފީއެއް ދައްކާއިރު ކުންފުނިތަކުން 1000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ބައެއް އެކައުންޓުތަކަށް "ޓްވިޓާ ބްލޫ" އަށް ފީ ދެއްކުމަކާ ނުލައި ބައެއް މީހުންގެ ވެރިފިކޭޝަން ލިބިފައިވާތީ ޓްވިޓާގެ ގިނަބަޔަކު އަންނަނީ އެކަމަށް ޖޯކުޖަހައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިލިއަނަކާ ގާތްކުރާ އަދަދެއްގެ ފޮލޯވާސް ތިބި ބައެއް އެކައުންޓުތަކަށް ވެސް ބްލޫ ޓިކް މާކް ލިބިފައިވާ ކަމަށް "ބީބީސީ" އިން ބުނެފައި ވާއިރު، 21 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކްޓަރު ރާޔަން ރެނޮލްޑްސް ފަދަ މީހުންގެ ވެރިފިކޭޝަން ފީ ނުދެއްކުމުން ވަނީ އަތުލައިފަ އެވެ.
T 4627 - अरे मारे गये गुलफाम , बिरज में मारे गये गुलफाम 🎶
— Amitabh Bachchan (@SrBachchan) April 23, 2023
ए ! Twitter मौसी, चाची, बहनी, ताई, बुआ .. झौआ भर के त नाम हैं तुम्हार ! पैसे भरवा लियो हमार, नील कमल ख़ातिर ✔️ अब कहत हो जेकर 1 m follower उनकर नील कमल free म
हमार तो 48.4 m हैं , अब ??
खेल खतम, पैसा हजम ?!😳
ޝަކުވާކުރާ މީހުން ބުނަމުން ދަނީ ޓްވިޓާއިން އޮޅުވާލައިގެން އިސްތިހާރުކުރީ ކަމަށާއި އެއްބަޔަކު ވެރިފިކޭޝަނަށް ފައިސާ ދެއްކުމުން އަނެއް ބަޔަކަށް ހިލޭ ދިނުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ފީ ނުދައްކާ ޓްވިޓާ އެކައުންޓުތަކުގެ ވެރިފިކޭޝަން އަތުލަނީ މެނުއަލްކޮށް ކަމަށް ވާތީ، ކުރިއަށް އޮތް ތަނުގައި ގިނަ އެކައުންޓްތަކެއްގެ ވެރިފިކޭޝަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙފޖހހ
30 April 2023
މަށަށްކީއް މަށަކީ ޓްވިޓަރ ބޭނުންވކުރާމިހެއްވެސް ނޫން. މުއްސަނދިވީމަ ދަހިވެސްބޮޑީ ހަމަ
ބްލޫ
24 April 2023
މަސްކް އެންމެ މުއްސަނދި މީހާއަށް ހަދައިދީފި 8 ޑޮލަރުން 1000 ޑޮލަރުން އެންމެންވެގެން ދީގެން.
ރަދީފްއޮފިޝަލް
24 April 2023
8 ޑޮލަރު ތަންކޮޅެއް ބޮޑު. މަވެސް މި އުޅެނީ އެންމެ ބޮޑު މަހުޖަނަށް 8 ޑޮލަރު ދީގެން.ބްލޫ ޓިކް ޖަހައިގެން.ވ.ވެދުން
ބާލައާދަނު
24 April 2023
މަށަށް ވެސް ބޮޑު ކަމަށް ފެންނަނީ. މަ ނުދައްކާނަން. މަށަށް ހެޔޮ ބުލޫ ޓިކް ނުލިބުނަސް. ޓްވިޓާއަށް ވަންނާކަށް ވެސް ބޭނުމެއްނޫން.