ވަޓްސްއެޕްގެ މެސެޖު އެޑިޓިން މަސައްކަރްކުރާ ގޮތް
23 މެއި 2023 - 06:40
ވަޓްސްއެޕް ބޭނުންކުރާ މީހުން އެންމެ ބޮޑަށް އެދެމުން އައި އެއް ފީޗާ ކަމަށްވާ، މެސެޖު ފޮނުވުމަށް ފަހު އެޑިޓްކުރުން އެންމެ ފަހުން ހަގީގަތަކަށް ހަދައިދީފި އެވެ.
އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް މި ފީޗާ ދިނުމަށް ފަހު މެޓަ ކުންފުނިން މިހާރު އަންނަނީ ހުރިހާ ގައުމަކަށް ވެސް މި ލިބޭ ގޮތް ހަދަމުންނެވެ. މިވަގުތު އަދި ނުލިބުނަސް، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބަލާށެވެ.
ވަޓްސްއެޕްގައި މެސެޖެއް ފޮނުވުމަށް ފަހު އެޑިޓްކުރަން ބޭނުން ނަމަ މެސެޖަށް ފިއްތާލުމުން އެޑިޓިން އަށް ދެވޭނެ އެވެ. ބޭނުންވާ ބަދަލެއް ގެނައުމަށް ފަހު ސޭވްކޮށްލުމާ އެކު އާ ވާޝަންގެ ގޮތުގައި މެސެޖު އެހެން މީހުންނަށް ފެންނާނެ އެވެ. އެކަމަކު އެއީ ފުރަތަމަ ފޮނުވި އިރު އިން ގޮތަށް ނޫންކަން އަންގައިދޭން "އެޑިޓެޑް" އަރާފައި އިންނާނެ އެވެ.
އެކަމަކު މެސެޖު ފޮނުވުމަށް ފަހު އެޑިޓްކުރަން ލިބޭނީ 15 މިނެޓެވެ.
ވައިބަ ފަދަ އެހެން ޗެޓް އެޕްލިކޭޝަންތަކުގައި މެސެޖު އެޑިޓްކުރެވޭ ގޮތް ހެދިތާ އެތައް ދުވަހެކެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރު.
25 May 2023
ތިވަރުވެސް ރަނގަޅޭ
ފަހަތުން ހޭރޭ ބަޅަކަށް ނުބަލާމީހާ
24 May 2023
ކޮންތާކު.. ނުކުރެވެޔޭ އެޑިޓް އެއް. މި ޚަބަރު ފެނިގެން އުފަލުން ގޮސް ހިތު ހުރިއެއްޗެއް ގޮވާލާފާ އެޑިޓް ކޮއްލާން ހިތުލައިގެން މެނޭޖަރ އަށް ވަރަށް އެތިވަރު ގޮވާ، އެޑިޓް ކުރަން ބެލި އިރަކު އެކަމެއް ނުވި. ޑިލީޓް ކޮށް ނުލލެވިގެން އުޅެނިކޮށް މެނޭޖަރު މެސެޖް ބަލާ، އިޝަރާތެއް ވެލަންދެން ގޭމަޑުކޮއްލަން އަނގައިފި. ހެޔޮވާނީ ކިހިނަކުންތޯ ތިކަހަލަ ރޯ ބުހުތާން ދޮގުހަދަން
އޫޕްސް 0
25 May 2023
ތަންކުން އެއްޗެއް ފެންނަ އިރަށް ވާނުވާ ނުބަލާ އުޅޭ މީހުންނަށް ވާނީ ތިހެން. ފުރަތަމަ އެޕް އަޕްޑޭޓް ކޮށްބަލަ