މާކް.
22 ޖޫން 2025 - 16:14
ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ ހިތް ދޫވަނީ، ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށްތަކަށެވެ. އެކަމަކު މާކް ވިއެންސް ރާއްޖެ ސިފަކުރީ "ޓޫނާ ޕެރަޑައިސް"ގެ ގޮތުގަ އެވެ. އޭނާއަށް ކަމުދިޔައީ ރާއްޖޭގެ ކެއުންތަކެވެ. ކާން އެކަނި ވެސް ރާއްޖެ މިއީ އަންނަން ޖެހޭ ތަނެއް ކަމަށް ޔޫޓިއުބްގައި 11 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި މާކް ބުންޏެެވެ.
ގިނަ ބަޔަކު ފޮލޯކުރާ މާކް އަކީ އެކި ގައުމުތަކަށް ގޮސް ކެއުންތަކުގެ ރަހަ ބަލައި އާއްމުންނަށް ގެނެސްދޭ މީހަކަށް ވާތީ، އޭނާ ރާއްޖެ އައީ ވެސް ކެއުންތައް ތަޖުރިބާކޮށްލާށެވެ. މި ގައުމުން އޭނާއަށް އެންމެ ޝައުވެރިވީ ދިވެހިންގެ ހުރިހާ އިރެއްގެ ކެއުމެއްގައި ވެސް ކަނޑުމަސް ބޭނުންކުރާތީ އެވެ.
މާކްގެ ރާއްޖެ ދަތުރުގެ ވީޑިއޯ ނެގީ އައްޑޫ ހިތަދޫގަ އެވެ. ޔޫޓިއުބްގައި އިއްޔެ އާއްމުކޮށްފައިވާ 50 މިނެޓުގެ ވީޑިއޯގައި ފެންނަނީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ވެސް ސުފުރާ މައްޗެވެ. އޭނާ ވަނީ 24 ގަޑިއިރު އޭނާ ކެއި ހުރިހާ ކެއުމަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
ކަޅުބިލަމަހާއި ލައްޓި އާއި ކަންނެލި އަދި ފަރުމަސް ކައްކައި ކެއުންތަކުގެ ރަހަ އޭނާ ބެލި އެވެ. ތިން އިރަށް ރާއްޖޭގައި މަހުގެ އެކި ބާވަތްތައް ހިމަނައިގެން ހަދާ ކެއުންތަކުގެ ރަހަ ބަލަން ވެސް ރާއްޖެ އަކީ އަންނަން ޖެހޭ ތަނެއްގެ ގޮތުގައި މާކް އޭނާގެ ފޮލޯވަރުންނަށް ކިޔައިދިނެވެ.
ކޮންމެ ގަޑިއެއްގެ ކެއުމުގައި ވެސް މަސް އަޅައިގެން ތައްޔާރުކުރާ އެކި ކަހަލަ އެއްޗެހިތައް ރަހަ ބަލައި މާކް ބުނީ ހުރިހާ ކެއުމެއްގައި މަސް ބޭނުންކުރިޔަސް ކޮންމެ އެއްޗެއްގައި ވެސް ލަނީ ވަރަށް ތަފާތު މީރު ރަހައެއް ކަމަށެވެ.
އައްޑޫގެ ގެއެއްގައި ހެނދުނު ސައިބޯން އިންނަ މަަންޒަރު ވެސް ވީޑިއޯގައި ހިމަނާގައިވެ އެވެ. އޭނާ ވަނީ ވަޅޯ މަހުގެ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ރިހާކުރާއި ދިޔާ ހަކުރާއި ރޮއްޓާއި ޑިސްކު މަސްހުންޏާއި ކުޅި މަހާއި މުރަނގަ ފަތު ބިސްގަނޑުގެ ރަހަ ވެސް ބަލައިފަ އެވެ.
މީހަކު ކިޔައިދިނުމުން އޭނާ އަމިއްލަ އަށް ވެސް މަސްހުނި ހަދައި އޭގެ ރަހަ ބަލާ މަންޒަރު ފެނެ އެވެ.
މާކް: އޭނާ ވަނީ އައްޑުއަށް ހާއްސަ އައްޑޫ ބޮނޑި ހަދާ ގޮތާއި އޭގެ ރަހަ ވެސް ބަލާފައި.
މާކްގެ މި ދަތުރުގައި އައްޑޫގެ ދަނޑަކަށް ވެސް ދިޔަ އެވެ. މުޑިކާށީގެ އިތުރުން ވެސް އޭނާ ވަނީ ދަނޑުގައި ހައްދައި އެކި ކަހަލަ ބާވަތްތައް ރިހާކުރާ ޖައްސައިގެން ކައިފަ އެވެ. މަޖާ ހެދުމުގައި އާންމުކޮށް މި ބޭނުންކުރާ ހުތް އަނބު ކަހަލަ ސާމާނު ހިމެނޭ ތައްޓެއް އަތަށް ލައިގެން ހުރެ އެއިން ވެސް ދޭ ރަހަތައް އޭނާ ބެލި އެވެ. އަދި ރިހާކުރާއި މަހާއި ކާށި ކާ ތަން ވެސް ފެެނެ އެވެ.
މަޖާ ހަދަން ބޭނުންކުރާ ބައެއް ސާމާނު ރިހާކުރާ ޖައްސައިގެން މާކް ރަހަ ބަލަނީ.
އޭގެ އިތުރުން ކުޅި މަހާ އެކު ދިވެހިން އާންމުކޮށް ކައި އުޅޭ ގޮތަށް ބޮނޑިބަތާއި އިތުރު ފޮނި އެއްޗެހިތަކެއް ވެސް އޭނާ ކަ އެވެ.
މާކް ވަނީ އައްޑޫގެ ގެއަކަށް ގޮސް އެ ރަށުގައި މަޝްހޫރު އައްޑޫ ބޮނޑި ހަދާ ގޮތް ވެސް ބަލައިފަ އެވެ. އޭނާގެ ވީޑިއޯގައި ބޮނޑި ހެދުމުގެ މަރުހަލާތައް ކުރިއަށްދާ ގޮތް ދައްކާލަ އެވެ. އެ ގެއިން އޭނާ ނުކުމެގެން ދަނީ ބޮނޑީގެ ރަހަ ވެސް ބަލައިގެންނެވެ.
މާކް، އައްޑޫ ބޮނޑީގެ ރަހަ ބަލަނީ.
އޭގެ ފަހުން ދެން ފެންނަނީ، އައްޑޫގެ ކެފޭއެއްގައި ވަރަށް ދިވެހި ކެއުންތަކެއް ވަށާލައިގެން އިންދަ އެވެ. އެ ކެއުމުގައި ގަރުދިޔަ އާއި ފިހުނު މަހާއި ކައްކާފައިވާ މަހުގެ ބޮލާއި ރިހާކުރާއި ރިހާކުރު ދިޔަ އާއި ރިހަ އާއި ކައްޓަލަ އާއި ދޮންކެޔޮ ކަހަލަ އެއްޗެހި ފެނު ކައްކާފައި ހުއްޓެވެ. އެ ހުރިހާ އެއްޗެއް ވެސް އޭނާ ރަހަ ބަލަ އެވެ.
މާކް، ދިވެހި ކެއުމެއްގެ ރަހަ ބަލަނީ.
މެންދުރުގެ ކެއުމަށް ފަހު އޭނާ ވަނީ ހެދިކާ ވިއްކާ ގެއަކަށް ގޮސް އެ މީހުން އެކި ކަހަލަ ހެދިކާތައް ހަދާތަން ވެސް ވީޑިއޯގައި ދައްކުވައިދީފަ އެވެ.
މާކްގެ ވީޑިއޯގައި ވަނީ އައްޑޫ ހަވާދު ހަދާ ގެއަކަށް ގޮސް، ރޭގަނޑުގެ ކެއުމަށް ހަވާދު އަޅައިގެން އެކި ކަހަލަ ރިހަތައް ކައްކާ މަންޒަރު ވެސް ދައްކުވައިދީ، އޭގެ ރަހަތައް ވެސް ބަލައިފަ އެވެ.
"މައިގްރޭޝަނަލޮޖީ" ގެ ނަމުން މަޝްހޫރުވެފައި މާކަކީ އެކި ގައުމުތަކަށް ގޮސް އެ މީހުން ކެއުންބުއިމުގައި ބޭނުންކުރާ ތަކެތި ރަހަ ބަލައިގެން ޔޫޓިއުބްގައި 11.2 މިލިއަން ސަބްސްކްރައިބަރުން އަދި ފޭސްބުކްގައި 7.1 މިލިއަން ހޯދާފައިވާ މީހެކެވެ.
އޭނާ ދެކޭ ގޮތުގައި މީހުންނާ އެންމެ ގުޅުވައިދެނީ އެ ބައެއްގެ ކެއުންތައް މެދުވެރިކޮށެވެ.
މާކްއަކީ އޭނާގެ ބަހުން ނަމަ، "ފުލް ޓައިމް އީޓާ" އެކެވެ. އޭނާ ވަނީ ސީރިއާ އާއި ފަލަސްތީން، ގަތަރު، ދުބާއީ، ޖޯޑަން އަދި އެފްރިކާގެ އެކި ގައުމުތަކާއި ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އުޒްބަކިސްތާން، ޕެރޫ އަދި ކޮރެއާ، މަޑަގަސްކަރަ އާއި އަދިވެސް އެތައް ގައުމެއްގެ ކެއުންތައް ރަހަ ބަލައި އޭގެ ވީޑިއޯތައް ހަަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
23 June 2025
މާކްންބޭ ދެން އަންނާނީ ކާން.
2025
23 June 2025
ކަލޯ ދިއްގަރަށް އާއްސަ ނިކަން ރިހަަކުރުކައްކާގޮތް ދައްކާލަަފަ އޭގެ ރަހަބަލާބަލަ ކަލޯގެ ތަލިންކުޅުހިކޭނެ..... ބޮއިހަލަކި
އަބްޑޫޅް +
23 June 2025
ޥީންސް ބޮނޑިބަތެއް ނުކައި. ހަމަ ގައިމުވެސް ވިޑިއޯ ފުޓެޖުގަ، ބޮނޑިބަތް ކޭ ތަނެއް ނެތް. ޥީންސް ކޭ އެއްޗަކީ ބޮނޑި. ބޮނޑި ހެދުމަށް މަޝްހޫރީ ދެކުނުގެ އަތޮޅުތައް. އިހުގައި އޮޅުދޫކަރައިގެ ގާއްޔަށާއި، ތިރިކުންނަމަލައި އަށާއި، ކޮޅުނބުގެ ޕެޓާ އަށް ބޮނޑި އާއި ހިކިމަހާއި ރިހާކުރާއި ތުނޑުކުނަލާއި، ރޯނު އެކުސްޕޯޓު ކޮށްވެސް އުޅުނު. އޮޅުދޫކަރައިގެ މީހުން ބޮނޑި އަށް ކިޔާ އުޅުނީ، "ބޮނޑިޔާލްވާ". ދިވެހި ތަކެތި ގަނެގެން ކައި އުޅުނީ، ސިންގަޅައިންނާއި ސޯޅިޔާއިން.
ފުޅުބެ
24 June 2025
މިދެންމާމޮޅު މީހެއް
އަލީ+
23 June 2025
ކޮބާތޯ ރާއްޖެ ޕްރޮމޯޓް ކުރާ ލިވަޕޫލް؟
އަލީ++
23 June 2025
މުމްބާއި އިންޑިއަންސް ކެތްރީނާ ކައިފްވެސް.
މާކުންބެެ
23 June 2025
މިސޮރު ޓީޝާޓުގަ މާކުންބެ ޖެހި ކުއްޖަކަށް ހަމަ ސާބަސް
raajje
23 June 2025
ފުރަތަމަކަމަކަށް މާކްއަށް ރާއްޖޭގެކަންކަމުގެ ހަގީގަތް އެއްގޮތަކަށްވެސްނޭންގޭކަން ފާހަގަކުރަން، އާޓިކަލްގެ ފޮޓޯތަކުންތިޔަފެންނަ ގިނަ ކެއުންތަކަކީ ރާއްޖޭގައިއުޅޭ އެވުރެޖުދިވެހިންނަށް ލިބޭއެއްޗެއްސެއްނޫން، އަޅުގަނޑު އިންޑިޔާ ލަންކާ މެލޭޝިޔާ މިތަންތަނުގެ ކެއުންތައްކޭން، މިކޮންމެތާކުންވެސް ރާއްޖެއަށްވުރެން މާއަގުހެޔޮކޮށް މާމީރު އަދި ހަށިގަނޑަށްފައިދާހުރި ކާނާކާންލިބޭ
ހަސަނަޓޭ
23 June 2025
ދޮންކަލޯ އަފިރިން އައްޑޫމީހުން އަޒބަދަށަސް ކައެއްތެތި މީ
މުޑަހަންޖާ
22 June 2025
ނަސްލީ އިމްތިޔާޒުތެރޭން ބޭރު ގައުމުތަކު ސަފީރުކަމަށް މުޅިންވެސް ކ.މާލޭ އެކިގޭގޭ މީހުންލާތީ އެހެން ރަށްރަށުމީހުން ސަކުވާކޮށްފަ ކޮމެންޓުޖަހާތީ މިފަހުން އެކަހަލަ ހަބަރުތަކުގަ ހުންނަނީ ރަށާއި އެޑުރެސް ވަންހަނާކޮށްފަ ހަމައެކަނި މީހާގެ ނަންޖަހާފަ. މީނާގެވެސް މިއޮތީ ކޮންރަށެއްކަން ވަންހަނާކޮށްފަ ގިނަބަޔަކު ފޮލޯކުރާ މާކުއޭ.
ގޮބޮޅިސްތާން
22 June 2025
މި ސޮރު ފަލަޔެއް ނުވޭދޯ. ބަނޑެއްވެސް ނެތް ލާފައެއް. މީނާގެ ސިއްރެއްނު ހޯދަންވީ ފުރަތަމަ.
ސިއްރަކީ
23 June 2025
އެކްޓިވް ލައިފްސުޓައިލް!
އަހުމަދު1
22 June 2025
އައްޑޫމީހުން ކޮންމެ އެއްޗަކަސް މިކަހަލަ ކަންކަމުގައި ތަންދޮރު ދަނެ ސަޅިކޮށް ބޭރުމީހުނަށް ދައްކުވަދޭނެ. ރިސޯޓުތަކުގައިވެސް އެމީހުންގެ ސަރވިސް ތަފާތު.
ޙސހސބސ
22 June 2025
ކިހިނެއް ތަފާތީ؟
ކަންޖި
23 June 2025
ތަފާތުކަން އިނގޭނެ! މާރކް ގެ މާލެ ވިޑިއޯ އާ އައްޑޫ ވިޑިއޯ ބަލާބަލަ! މާރކްގެ މޫނުމަތިންވެސް އެ ތަފާތު ފެންނާނެ
ސޭކުސްތާން
22 June 2025
ކޮބާ ޖެން ޑާލިން ސެލެބްރިޓީ