މޭގަން އާއި ޕްރިންސް ހެރީ އަސްގަޑިޔާލުގައި ކައިވެނީގެ ރަސްމިއްުޔާތަށް ފަހު.
21 މެއި 2018 - 08:14
ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އާއި ޕްރިންސް ހެރީގެ ޝާހީ ކައިވެނި ކުރިއަށް ދިޔައީ "ހިޔާލީ ދުނިޔެއެއްގައި" ކަމަށް އެއްބަޔަކު ސިފަކުރެ އެވެ.
ލަންޑަންގެ ވިންސާ ކާސަލްގައި އޮތް ކުލަ ގަދަ ކައިވެނީގެ ރަސްމިއްޔާތަށް ފަހު، ދެކަނބަލުން އަސްގާޑިޔާލުގައި މަގުތަކުގައި ދުއްވަމުން، ޖަމާވެފައި ތިބި އެތައް ބަޔަކަށް ހަނާ އަޅުއްވަމުން ދިޔަ އެވެ. އޭގެ ތެރެއިން ވެސް ވަރަށް ހާއްސަ ކަމެއް ފާހަގަކުރެވުނެވެ.
އަސްގާޑިޔަލުގެ ދިގު ދަތުރުގެ ތެރޭގައި މޭގަން އަށް މަރުހަބާ ކިޔަން އޭނާގެ ކުރީގެ ޑްރާމާ ޓީޗަރު ޖިޖީ ޕެރޯ ވެސް މަގުމަތީގައި ހުއްޓެވެ. މީހުންގަނޑުގެ ތެރެއިން ވެސް މޭގަން އަށް އެމެރިކާގެ ޖިޖީ އަޅައި ގަތެވެ. އަދި ވަގުތުން އޭނާ އަށް ބުނެވުނީ "އޯ މައި ގޯޑް" އޭ އެވެ.
“Oh my God” screams Meghan as her old drama teacher Gigi Perreau manages to catch her eye in the crowd! Two seconds before I said do you think she’d recognise you! She was right! @itv @itvnews pic.twitter.com/6QMqLV1lp3
— Alex Beresford (@alexberesfordTV) May 19, 2018
މޭގަން އަށް ޖިޖީ ފެނިވަޑައިގަތް ވަގުތު.
އެ މަންޒަރު ޖިޖީ ކައިރީގައި ހުރި މީހަކު ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އެއީ ޖިޖީ އަށް އެހާމެ ހާއްސަ ވަގުތޮޅަކަށްވި އެވެ. އަދި އެ ވީޑީއޯކޮޅުގައި މޭގަން އަށް އޭނާ ފެނިގެން ހުންނެވި ގޮތް ވެސް ޖިޖީ ހަރަކާތުން ދެއްކި އެވެ.
މޭގަން އާއި ހެރީއާ ބެހޭ ގޮތުން ލެޒްލީ ކެރޯލް މިދިޔަ އެޕްރީލް މަހު ނެރުނު ފޮތް "އެމެރިކަން ޕްރިންސެސް: ދަ ލަވް ސްޓޯރީ އޮފް މޭގަން މާކަލް އެންޑް ޕްރިންސް ހެރީ" ގައި ޖިޖީ ބުނެފައިވާ ގޮތުގައި މޭގަން އަށް މިހާރު ދެވިފައި އެ ހުރީ އޭނާ އަށް ހަމަ ހައްގުވާ ހިސާބަކަށެވެ.
"އެއީ އަބަދު ވެސް ވަރަށް ލޯބި އަދި އެހާމެ ބުރަކޮށް މަސައްކަތް ކުރާ ވަރަށް ވިސްނުން ރަނގަޅު ކުއްޖެއް،" 36 އަހަރުގެ މޭގަންއާ ބެހޭ ގޮތުން ޖިޖީ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy