ކްއަންޓަސް އެއާލައިންގެ ސީއީއޯ އެލަން.
12 މާޗް 2019 - 06:42
ބޮޑު އެއާލައިނެއް ހިންގާ މީހަކު ބިޒީވާނެ ވަރު ވިސްނާލާށެވެ. އަނެއްކޮޅުން، ވާދަވެރި މި ހިދުމަތުގެ ތެރެއިން އަބަދު ވެސް އޮންނަނީ ވާދަވެރިންނާ "ހަނގުރާމަ" ކުރާނެ އާ އުކުޅުތަކެއް ހޯދަން ޖެހިފަ އެވެ.
އުމުރުން އެންމެ 10 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ކުއްޖަކު ދެކޭ ހުވަފެނަކީ އެއާލައިނެއްގެ ހިދުމަތް ފަށަން ކަމަށްވާތީ މި ކުއްޖާ ހިޔާލާއި ލަފަޔަށް އެދުނީ އެ ގައުމުގެ ކްއަންޓަސް އެއާލައިންގެ ސީއީއޯ އެލަން ޖޯއިސްގެ ކިބައިންނެވެ.
އޭނާ އަށް އެޑްރެސްކޮށް އެލެކްސް ޖެކްއަޓް އަތުން ލިޔެފައި ފޮނުވި ސިޓީގައި ބުނީ އޭނާއަކީ "އޯޝެނިއާ އެކްސްޕްރެސް" ގެ ސިއީއޯ ކަމަށާއި އެއާލައިނެއްގެ ހިދުމަތް ދޭން ބޭނުންވާތީ އެލަންގެ އެހީ ވަރަށް ސީރިއަސްކޮށް ބޭނުންވާ ކަމަށެވެ.
Our competitors don't normally ask us for advice, but when an airline leader reached out, we couldn't ignore it.
— Qantas (@Qantas) March 11, 2019
Naturally, there was only one way to respond: CEO to CEO. pic.twitter.com/JTFpzn5a6Y
އެލެކްސްގެ އޭނާގެ ހުވަފެނީ އެއާލައިން "އޯޝެނިއާ އެކްސްޕްރެސް" ގެ ވެރިޔާގެ ގޮތުގައި ސިފަކޮށް ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ އާއި ރައްޓެއްސެއް ކަމަށްވާ ވުލްފް ގުޅިގެން އެއާލައިންގެ ހިދުމަތް ފަށަން ނިންމާފައިވާތީ އެކަމާ ގުޅޭ ބައެއް ތައްޔާރީތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
As a former Qantas employee, I could not be more proud than I am right now to be affiliated with a company (that I will always feel part of). Well done, Alan.
— ⚓Heather Forrester⚓ (@itsme_heather) March 11, 2019
އެގޮތުން ހިދުމަތަށް ބޭނުންކުރާނީ ކޮން ވައްތަރެއްގެ ބޯޓެއްތޯ އާއި މުވައްޒަފުންނާއި ކެޓަގަރިންގެ ހިދުމަތާއި އަދިވެސް އެއާލިނެއް ހިންގަން ބޭނުންވާ ދާއިރާތަކަށް މީހުން ހޯދަން ފަށާފައިވާ ކަމަށް ބުންޏެވެ. އަދި ދިގު ދަތުރުތަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުވެރިންނަށް ބޯޓުގައި ނިދައިލެވޭނެ ގޮތް ވެސް ހަމަޖެހިފައި ހުރުން ކަމަށްވާތި އެކަމަށް ވެސް ލަފައެއް ބޭނުންވާ ކަމަށް އެލެކްސްގެ ސިޓީގައި ބުންޏެވެ.
This is so beautiful and heartwarming. Thank you 🙏 to @Qantas CEO for taking the time and reply to the young man and treat him with respect. We all are fulfilling our childhood dreams in what we do for a living.
— Busiswa G. (@g_busiswa) March 11, 2019
ކުރުކޮށް މި ސިޓީ ތަފުސީލުކޮށްދޭ ނަމަ އެލެކްސް، ކްއަންޓަސްގެ ސީއީއޯގެ ކިބައިން އެދިފައި ވަނީ އެއާލައިނެއްގެ ހިދުމަތް ފަށާނެ ގޮތާއި އެކަން ކުރާނެ ގޮތުގެ ޓިޕްސްތަކެއް ދިނުމަށެވެ.
Wow. This is the nicest thing I read today!
— Ankur Thakur (@ankurt_) March 11, 2019
CEO of Australia's oldest airline to CEO of Australia's newest airline. 👏👏 😄
ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓުނު އެއް ސަބަބަކީ އެލަން ވަރަށް ފުރިހަމަ އަށް އެލެކްސްގެ ސިޓީ އަށް ޖަވާބު ދެއްވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތުގައި އުޅޭ ވާދަވެރިން އެއް ބަޔަކު އަނެއް ބައެއްގެ ކިބައިންގެ ލަފައެއް އަހައި ނޫޅެ އެވެ. އެކަމަކު އެއާލައިނެއްގެ ސީއީއޯ އަކު، އެހެން އެއާލައިނެއްގެ ސީއީއޯއެއްގެ ލަފައަކަށް އެދިފައިވާތީ އެކަމަށް އިޖާބަ ނުދީ ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
He knows many adults don't take kids seriously because they are younger. :(
— diamondteardrops (@diamondteardro1) March 11, 2019
އަދި ބައްދަލުކޮށްފައި، އެއާލައިނެއް ހިންގާނެ ގޮތުގެ އިރުޝާދާއި ލަފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް އެލަން ވިދާޅުވެފައިވެ އެވެ. ކްއަންޓަސް އެއާލައިންގެ ޓްވީޓާގައި ވަނީ އެލެކްސް އާއި ސީއީއޯގެ ސިޓީގެ އިތުރުން އެލެކްސް، އެލަންގެ ސިޓީއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
Hey Alex - Pete drew some blueprints up for your first plane! Good luck! #TheProjectTV pic.twitter.com/HIkveqLWH5
— The Project (@theprojecttv) March 11, 2019
އަދި ގިނަ ބަޔަކު ވަނީ އެހާ ބިޒީކޮށް އުޅުއްވަމުން ވެސް، ކުޑަކުއްޖަކު ފޮނުވި ސިޓީއަކަށް އެލަން ޖަވާބު ދެއްވާފައިވާތީ އެކަމަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ޓްވިޓާގައި، ކްއަންޓަސްގައި ކުރިން ވަޒީފާ އަދާކުރި ބައެއް މުވައްޒަފުން ވެސް ވަނީ އެ މީހުންގެ ބޮސްގެ ފަރާތުން ފެނުނީ ނަމޫނާއެއް ކަމަށް ބުނެފަ އެވެ.
އަދި އެންމެ 10 އަހަރުގެ ކުއްޖަކު ބޮޑު ހުވަފެނެއް ދެކޭތީ އެކަމަށް ހިތްވަރު ދީފައި ބައެއް މީހުން ވަނީ "އޯޝެނިއާ އެކްސްޕްރެސް" އެ މީހުންގެ ތަސައްވުރުން ވެސް ގެނެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy