01 ޖޫން 2016 - 06:30
ޔޫޓިއުބުން ވީޑިއޯއެއް ޑައުންލޯޑްކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ދެތިން ނުކުތާއެއް ބުނެދޭނަމެވެ. ޑައުންލޯޑްކުރުމުގެ ކުރިން އެއީ ހިލޭ ޑައުންލޯޑްކުރެވޭ ވީޑިއޯއެއްތޯ ބަލާށެވެ. ޕްރޮމޯޝަނަލް ވީޑިއޯ އާއި މީހުން ހޭލުންތެރިކުރުމަށް އުފައްދާފައި ހުންނަ ވީޑިއޯ އަދި އިލްމީ ބައެއް ވީޑިއޯ ޑައުންލޯޑްކުރުމަށް ޚާއްސަ ހުއްދައެއް ބޭނުމެއް ނުވެ އެވެ. ޑައުންލޯޑްކުރުމަށް ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ވީޑިއޯ ވެސް ހުރެ އެވެ. ހުއްދައާ ނުލައި ޑައުންލޯޑްކުރުމަށް ހިތްވަރެއް ނުދެމެވެ. އެއީ އެދެވިގެން ވާ ގޮތެއް ނޫނެވެ.
ޔޫޓިއުބުން ވީޑިއޯ ޑައުންލޯޑްކުރާނެ ގޮތް ބުނެދިނުމުގެ ބޭނުމަކީ މާލީ ތަނަވަސްކަމެއް ހޯދައިދިނުމަށް ބާރުއެޅުމެއް ނޫނެވެ. އެއާ ޚިލާފަށް ހިނގާ އެއްވެސް ކަމެއްގައި ޒިންމާވެވޭކަށް އަހަރެމެންނަކަށް ނޯންނާނެވެ.
ޔޫޓިއުބުން ވީޑިއޯއެއް ޑައުންލޯޑްކުރުމަކީ އެއަށް ވުރެ ފަސޭހަ އެހެން އެއްވެސް ކަމެއް ނެތް ވަރުގެ ކަމެކެވެ. ޑައުންލޯޑްކުރުމަށް ބޭނުންވާ ވީޑިއޯ ހޯދާށެވެ. މި އޮތީ މިސާލެކެވެ. https://www.youtube.com/watch?v=2R8V68viXqk
ޓައިޕްކޮށްލާށެވެ. ކޮޕީކޮށް ބްރައުޒާގައި ޕޭސްޓް ވެސް ކުރެވިދާނެ އެވެ. ޔޫޓިއުބް ވީޑިއޯއެއް ހުޅުވޭނެ އެވެ. ގަޔާވާނަމަ އަދި ޑައުންލޯޑްކުރަން އެދެވޭ ނަމަ ތިރީގައި އެވާ ގޮތަށް ލިންކް ބަދަލުކޮށްލާށެވެ. ޓައިޕްކުރާހިތް ވާ ނަމަ އެ ގޮތް ވެސް ރަނގަޅެވެ. https://www.youmagictube.com/watch?v=2R8V68viXqk
މަތީގައި އެ ވާ ދެ ލިންކްގެ ތަފާތަކީ "ޔޫޓިއުބް"، "ޔޫ" އާއި "ޓިއުބް"އާ ދޭތެރެ އަށް އިތުރުވާ "މެޖިކް" އެވެ. ފައްކާ ގޮތެކެވެ މަސައްކަތްކޮށްލާށެވެ.
މި ބުނެދިން މިސާލު ނަކަލުކޮށްފައި ވަނީ "ކްރޯމް" ބްރައުޒާ ބޭނުންކޮށްގެންނެވެ. ވީޑިއޯ ޑައުންލޯޑްކުރުމުގެ ތެރޭގައި ބޮލަށް އުނދަގޫވާ ކަމަކަށް ދިމާވާނީ، ޑައުންލޯޑް ލިންކަށް ފިތާލުމާ އެކު ބްރައުޒާ ހުޅުވާ އިތުރު "ޓެބް"ތަކުގެ ސަބަބުންނެވެ. އެ ޓެބްތައް ކްލޯޒްކޮށްލާށެވެ.
މިއީ ކޮމްޕިއުޓަރަށް އިތުރު ސޮފްޓްވެއާއެއް ނާޅައި، ޔޫޓިއުބުން ވީޑިއޯ ޑައުންލޯޑްކުރެވޭ ގޮތެކެވެ. ތަޖުރިބާކޮށް އަޖުމަބަލާލާށެވެ. ބުނެދިން ގޮތާ ޚިލާފު ގޮތެއް ވެސް ވެދާނެ އެވެ. އެކަމަކު އެއްވެސް މީހަކު އެކަހަލަ ވާހަކައެއް އަދި ނުބުނެ އެވެ. ޑައުންލޯޑްކުރެވުނުތޯ އެހުމުން ބުނަނީ ވަަރަށް ފައްކާ ކަމަށެވެ.
ދެންމެ ބުނެދިން ގޮތަށް ވުރެ ވެސް ފަސޭހަ ގޮތެއް ބުނެދީފާނަމެެވެ. މި ލިޔުމުގެ މަތީގައި އެވާ ޔޫޓިއުބް ވީޑިއޯ ބަލާލާށެވެ. އެހެން ގޮތެއް އެނގޭ ނަމަ ކޮމެންޓަކުން ބުނެދިނުމަށް ވެސް ފުރުސަތު އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮއެދޭފަރާތެއް......
03 June 2016
ޔޫޓިއުބަށް ގޮސް ބޭނުންވާ ލަވައެއް މޫވީއެއް ޑައުންލޯޑް ވާނެ އެލަވަޔަކަށް ގޮސް ޑަބަލް އެސް ޔޫޓިއުބް ގެ ކުރިއަށް ވވވ ފަސޭހަ www.ssyoutube.com އެއްވެސް ޓެބެއް ވެސް ނުހުޅުވޭނެ.. މި މާ ފަސޭހަ ގޮތެއްނުން މީތި ޖަހާ ހަބަރުގައި ނިޔާޒް ޗެކް ކޮށްފަ..
ކައުންސެލަރު
01 June 2016
ހަހަހާ! ކިޔުންތެރިން މިކަމުގަ އުޅެނީ މާކުރީގައި. މިފަހަރު ނިޔާޒުބެ އެހާ އަޕްޑޭޓެއްނޫން. ވެދުން
ޖޯން ސްނޯވ
01 June 2016
މި އާރޓިކަލް ލިޔުނު މީހަށް ވުރެ ކޮމެންޓް ކުރި މީހުންނަށް މާރަގަޅަށް މިކަން ކުރަން އެނގޭ.
ޝަލަބީ
01 June 2016
މި ލިންކުން ބޭނުންވާ ކޮލިޓީއެއްގަ ބޭނުންވާ ފޯމެޓެއްގައި ވީޑިޔޯ ޑައުންލޯޑް ކުރެވޭނެ. ބޭނުންނަމަ އޯޑިޔޯ އެކަނިވެސް ޑައުންލޯޑް ކޮށްލެވޭނެ en.savefrom.net
ޝީ
01 June 2016
ޓިއުބް މޭޓް އިން ވެސެ ޔޫޓިއުބް ވީޑިއޯ ޑައުންލޯޑް ކުރެވޭނެ. :)
ކުޑަހުވަދޫ މަރީ
01 June 2016
ޔޫ.އާރު.އެލް ގެ 'ޔޫ" ގެ ކުރިއަށް ސިމްޕަލް 'އެސް' ދެފަހަރު ޓައިޕްކޮށްލައްވާފަ އެންޓަރ ކޮށްލައްވާ. އޭރުން ޑައުންލޯޑް ލިންކެއް ހުޅުވޭނެ. ދެން އަވަހަށް ޑައުންލޯޑް އަށް ކްލިކް ކޮށްލައްވާ...ވަރަށް ސިމްޕަލް އެހެންނޫންތޯ....
ހަސަން
01 June 2016
މަރީ ހާދަ މޮޅޭ
---
01 June 2016
މި އާޓިކަލްގެ މަތީގައި އޮތް ޔޫޓިއުބް ވީޑިއޯއިން ތިޔަ މަންޒަރު އެބަ ފެނޭ. ތެދެއް. ވަރަށް ފަސޭހަ