ކަޔާން އާއި އޭނާގެ ބައްޕަ އަބްދުﷲ އަރީފް: ދެބަފައިން ވަނީ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފައި.
24 ނޮވެމްބަރ 2021 - 13:41
މިހާރު ކުރިއަށްދާ ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް ނުވަތަ ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ތިން ވަނަ ބުރަށް އަބްދުﷲ އަރީފް އާއި އޭނާގެ ދަރިދުޅު ކަޔާން އަބްދުﷲ އަރީފް ދަތުރުކޮށްފި އެވެ.
ކަޔާން ތިންވަނަ ބުރަށް ދަތުރުކުރީ މިއަދު ބޭއްވި ރައުންޑް 2 ގެ ހީޓް 6 ގައި މުހައްމަދު ޝުހާން ބީޓްކޮށްގެންނެވެ. އަރީފް ތިންވަނަ ބުރަށް ދަތުރުކުރީ އިއްޔެ ބޭއްވި ރައުންޑް 1 ގެ ހީޓް 7 ގައި ވާދަކޮށް އެއްވަނަ ހޯދައިގެންނެވެ.
އަރީފް އާއި ކަޔާން: ކަނދު ހިފައިގެން މޫދަށް ދަނީ
މިއަދު މެންދުރު ފަހު ބާއްވާ ރައުންޑް 3 ގައި އަރީފް ވާދަކުރާނީ ހީޓް ނުވައެއްގަ އެވެ. އެ ހީޓްގައި ޒުވާން ސާފާ ޔޫސުފް އާއި ކަޔާން ހަމްދާން ޒަކީ ވާދަ ކުރާނެ އެވެ. ދެން ވާދަކުރާނީ އާދަމް ޝަރޫން އަހްމަދު އެވެ.
ކަޔާން ވާދަކުރާނީ ހީޓް 8 ގަ އެވެ. އެ ހީޓްގައި ދެން ވާދަކުރާނީ އަހްމަދު އަރުޒާން އާއި ޔަމާން މުހައްމަދު އިބްރާހިމް އެވެ. ރައުންޑް 3 އަކަށް ފަހު ފައިނަލް އޮންނާނީ މާދަމާ އެވެ. މިއަދު ހަވީރު ވިމެންސް އޯޕަން ޝޯޓްބޯޑްގެ ފައިނަލު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅިބޭ
24 November 2021
މަރުހަބާ މަރުހަބާ
ނޫޑުލްސް
24 November 2021
ވަރައް ސަޅި. ކަޔާން އާއި ބައްޕަޔައް ގުޑް ލަކް