2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އުމެއިރު (ވ) އަތުން ބޯޅަ ހޯދަން އަފްގާނިސްތާނުގެ އަމީރީ މަސައްކަތްކުރަނީ: ދެ ކުޅުންތެރިން ވެސް އަންނަ ސީޒަނުގައި ފެންނާނީ ނިއު ރޭޑިއަންޓުން. --ފޮޓޯ: ގެޓީ
19 ޖެނުއަރީ 2018 - 12:50
ނިއު ރޭޑިއަންޓުން އަފްގާނިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީ ގެންނަން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ނިއު އިން ވަނީ އަމީރީއާ އެކު އެއްބަސްވުމަކަށް އައިސް އޭނާ ގެންނަން ހުރިހާ ކަމެއް ނިންމައިފަ އެވެ.
ޕާކިސްތާނުގައި 2005 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އަފްގާނިސްތާން ގައުމީ ޓީމަށް ކުޅެން ފެށި އަމީރީ ވަނީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އެ ޓީމު ޖާގަ ހޯދި އިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ މުބާރާތް އަފްގާނިސްތާނުން ކާމިޔާބުކުރިއިރު އޭނާ ވަނީ ޓީމުގެ ކެޕްޓަންކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޖެހިގެން އައި އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރި ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. އެކަމަކު އެ ފަހަރު ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓްވެ އޭނާ އަށް ވެސް އަނިޔާވެ މެޗެއް ގެއްލުނެވެ.
ކްލަބް ކެރިއަރަށް ބަލާއިރު އަފްގާނިސްތާން ޓީމުތަކަށް ކުޅުމަށް ފަހު އޭނާ ފަހަކަށް އައިސް ބޮޑަށް ފެނިފައިވަނީ އިންޑިއާ ލީގުންނެވެ. އެގޮތުން އޭނާ ވަނީ އައި ލީގުގައި މުމްބާއީ އެފްސީ އާއި ޑެމްޕޯ ސްޕޯޓްސް ކްލަބާއި ޑީއެސްކޭ ޝިވާޖިއަންސް އަދި ޗެންނާއީ ސިޓީ އެފްސީގެ އިތުރުން އިންޑިއަން ސުޕަ ލީގުގައި އެފްސީ ގޯއާ އަށް ކުޅެފަ އެވެ.
އަމީރީ އަކީ ސެންޓްރަލް ޑިފެންޑަރެއްގެ މަގާމުގެ އިތުރުން އަރިމަތިން ޑިފެންސަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. އުމުރުން 27 އަހަރުގެ މި ކުޅުންތެރިޔާ ވެގެންދާނީ ރާއްޖޭގައި ކުޅޭ އަފްގާނިސްތާން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އަމީރީގެ އިތުރުން ނިއު އަށް ޔޫރަޕް ޑިފެންޑަރެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދެ ކުޅުންތެރިން ގެންނަނީ މިދިޔަ ސީޒަނުގައި ކުޅުނު ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އާއި މޮންޓެނީގްރޯ ޑިފެންޑަރު ސްޓެވަން މާކޮވިޗުގެ ބަދަލުގަ އެވެ. އަދި މިދިޔަ ސީޒަނުގައި ކުޅުނު ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ބަދަލުގައި ޔޫރަޕަށް ނިސްބަތްވާ ފޯވާޑެއް ވެސް ގެންނާނެ އެވެ. ދެން ހުންނާނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އެވެ.
ދިވެހި ކުޅުންތެރިންނަށް ބަލާއިރު ނިއު އިން ވަނީ މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ކްލަބް ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) އަދި ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލްގަނީ (ބޮބީ) ގެނެސްފަ އެވެ.
މީގެ އިތުރުން ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގާއި ސިޔާމް މައުރޫފް ސޮކާ ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ހަސަން އަބްދުލްހަކީމް ވެސް ނިއު އިން ވަނީ ސްކޮޑަށް އިތުރުކޮށްފަ އެވެ.
މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއު އިން ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންއާ އެކު އަންނަ ހަފުތާގައި ޕްރެކްޓިސް ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
21 January 2018
ނިއުއަށް މިއަހަރުވެސް ބޮޑެތި ބޮޑެތި ކާމިޔާބީއަށް އެދެން.
ލަލިތު
20 January 2018
ހުރިހާސަފޯޓަރުންވެސް ޖެހޭނެ މިފަހަރު ނިއުއަށް ސަފޯޓްދިނުމުގަ ވީހާވެސް ގިނަވަގުތު ހޭދަކުރަށް. ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ބޭނުންވާފަދަ އެއްބާރުލުން ދީ މެޗުކުޅޭ ދުވަސް ދުވަހު ގަލޮޅު ދަނޑް ފުރާލަށް. އަވޭ މެޗުތަކުގަ ޓީމް އަށް ހެޔޮދުއާކޮށް ހިތްވަރުދީ ހަދަށްވާނެ ..
ހޯރަ
19 January 2018
ނިއުއަކީ މިހާރަކަށް އައިސް ތަފާތު މޮޅު ކުޅުންތެރިން ގެންނަ ޓީމެއް. އޭގެ ފައިދާ ދިވެހި ފުޓްބޯޅައަށް ދަނީ ފެންނަމުން. ނިއުގެ މެނޭޖްމަންޓްން ދިވެހި ފުޓްބޯޅަކުރިއަރުވަން ތިކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވަން.
ލަންބާޑާ
20 January 2018
ވަރަށް ބޮޑު ތެދެއް، މޮޅުކަމުން މިދިޔަ ސީޒަންގައިވެސް ގެނައި ދިވެހި ރުކެއް ކަހަަލަ ގޮލައެއް އިނީ ބެންޗުގައި މުޅި ސީޒަން ނިމެންދެން. އަރަބި ޝޭޚުވެސް އިނީ ބެންޗުގައި. ގަލަރުޑޯ ފުރައިގެން ދިޔައީ ރުޅި އައިސްގެން
އުތީމު ރަދުން
19 January 2018
ކިހާވަރަކުން ދާނެބާ؟ މިހެން މިބުނީ ޒިޔާދު ގެނައިދޯ ޗެލްސީ ޔޫތު ޓީމް ކެޕްޓަންވެސް. ސީޒަން ފެށުމުގެ ކުރިން ފޮނުވާލީ އެކަމަކު
ބްލޫ މޭން
19 January 2018
ނިއަށް ކުޅުނު ލުބްނާން ޑިފެންޑަރު ހުސޭން