25 ޖެނުއަރީ 2018 - 18:23
ނިއު ރޭޑިއަންޓުން ސްޕެއިނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ސެންޓްރަލް ޑިފެންޑަރަކާއި އެ ގައުމުގެ ފޯވާޑެއް ގެނެސްފި އެވެ.
އުމުރުން 32 އަހަރުގެ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ މިސޫޓް ވަނީ އޮސްޓްރިއަން ބުންޑަސްލީގާގެ އެސްވީ ރީޑަށް 73 މެޗުން 20 ގޯލް ޖަހައިދީ އެ ޓީމާ އެކު 201/2011 ގެ އޮސްޓްރިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2011 ވަނަ އަހަރު ޔުރޮޕާ ލީގުގެ ކޮލިފައިންގައި އޭނާ ވަނީ ރީޑަށް ހަ މެޗު ކުޅެދީފަ އެވެ. އެގޮތުން ޕްލޭއޮފުގެ ދެ ވަނަ ލެގުގައި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން އަތުން 5-0 އިން ރީޑް ބަލިވި މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ކުޅުނެވެ.
ސްޕެއިނުގެ މަޔޯކާ އާއި ކަޑިޒްގެ ޔޫތު ޓީމުތަކުން ތަމްރީންވި ގުއިލެމް ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގައި ޓެނެރިފޭ އަށް 2013/2014 ގެ ސީޒަނުގައި ކުޅެފަ އެވެ.
ނިއު އަށް ގެނައި އުމުރުން 30 އަހަރުގެ ޑިފެންޑަރު ޖޯޖް ގޮޓޯ ވަނީ ސްޕެއިނުގެ 17 އަހަރުން ދަށުގެ ޓީމަށް 2004 ވަނަ އަހަރު ފަސް މެޗު ކުޅެދީފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އިންޑޮނީޝިއާގެ ފުރަތަމަ ޑިވިޝަނުގެ މިޓްރާ ކުކާރް އެފްސީ އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިނުގެ ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ. އޭނާ ވަނީ ސްޕެއިނުގެ މަޝްހޫރު ބައެއް ކްލަބްތަކަށް ކަމަށްވާ ގެޓަފޭ އާއި މުރްސިއާ އާއި އެސްޕަންޔޯލް އަދި ޒަރަޒޯގާގެ ބީ ޓީމްތަކަށް ދަށް ޑިވިޝަންތަކުގައި ކުޅެފަ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ނިއު އަށް ދެން ގެނެސްފައިވަނީ އަފްގާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން ޒޮހިބް އިސްލާމް އަމީރީ އާއި މިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އެވެ. މީގެ ތެރެއިން އަމީރީ އަކީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަފްގާނިސްތާނުން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. އޭނާ ވަނީ އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގައި ވެސް ކުޅެފަ އެވެ.
މި ހަތަރު ކުޅުންތެރިން ވެސް ވަނީ ނިއު އިން މިއަދު ހަވީރު ޕްރެކްޓިސް ފެށިއިރު ބައިވެރިވެފަ އެވެ.
ނިއު އިން އަލަށް ގެނައި ދިވެހި ކުޅުންތެރިންނަކީ މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ކްލަބް ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) އަދި ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.
މީގެ އިތުރުން ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގާއި ސިޔާމް މައުރޫފް ސޮކާ ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ހަސަން އަބްދުލްހަކީމް ވެސް ނިއު އިން ވަނީ ސްކޮޑަށް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮރީނިއޯ
29 January 2018
މިބުރުވެސް ނިއު ގަދަވާނީ.ސަޅި
ހާނިމް
27 January 2018
ފަށާ ކޮޅު ގަ މިދިޔަ އަހަރުވެސް ވަރައް ވަރު އަރުވާފަ ޕްރެކްޓިސް ބަލަން ގޮސް މެޗު އޮންނަ ދުވަހު ދަނޑުގަ ދިދަ ދަމާ ބޮޑުބެރު ޖަހާ ހެދި. ފަހުން ވައި ވެއްޖެ. މިފަހަރު އަދި މާ އަވަހައް ވައިވާނެ.
ޒުބޭރު
26 January 2018
ނިއު ސައިޒް އައް ކަނޑާލާނަން މިއަހަރު. މީ ވަރައް ވާހަކަ އިނގޭތޯ
ކްރެމްބައު
26 January 2018
ނުވާނެ އެއްކަމެއްވެސް، ކަލޯމެން ތިހެން ޖަޒުބާތުގަޖެހިފަ ތިއްބަ ނިއު ސީޒަން ކަހާލާނެ
އާރީ
25 January 2018
އެހެން ޓީމްތައްވެސް ފްރެކްޓިސް ކުރޭ ދިރޭފުރާނައެއްވެސް ނުފެނޭ އެތަނުން. އެކަމް ނިއު ފްރެކްޓިސް ފެށި އިރު މިއަދުވެސް ގަލޮޅު ދަނޑް އޮތީ ފުރިފަ. މިހެންވެޔޭ ވާދަވެރިންނަށް ހަޖަމް ނުވަނި..
ނިހާން12
26 January 2018
އާ ފުރިފަ އޮތްވަރުން މަވެސް ޓީވީން ޕްރެކްޓިސް ބެލީ. ހެހެހޭ.. ޓިޕިކަލް ދިވެހިން.
ފާރިސް
25 January 2018
ނިއުގެ ކޯޗަށް ވަނީ އެތައް ޓީމްތަކަކުން ފުރުސަތުލިބިފަ ނަމަވެސް އެ ހުރިހާ ކުލަބަކަށް ފުރަގަސްދީފަ ނިއުގަ މަޑް ކުރީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންގޮސް ދޭން ނިއުރޭޑިޔަންޓް ސަރަހަންދުގެ ގަދަބާރަކަށް ހަދަށް ކަލޯމެން ފަހުރުވެރިވެބަލަ މިފަދަ ކޯޗަކު މި ދިވެހި ފަސްގަޑްގަ ހުރީތީ ގުދޯ ގުދޯ ނުކިޔަ.
މުރޭ
26 January 2018
ހެހެހެ. އޭނައަށް ހަތްހާސް ޑޮލަރު ދޭނެ އެއްވެސް ޓީމެއް ނެތް ނިއު ނޫނީ. ސީޒަން ދެބައި ނުވަނީސް އޭނާ ފޮނުވާލާނެ. ނިއުގެ ސަޕޯޓަރސް ވަައިބަރ ގްރޫޕަށް މި ކޮމެންޓްގެ ސްކްރީން ޝޮޓު އަޅާތި އެންމެ ކުރިން މި ކޮމެންޓް ފެންނަ ކުއްޖެއް
މިޑޭ
26 January 2018
ތި ކޯޗު މޮޅެއް ނޫން. މާލޭ ލީގު 1 ވަނަ އައް އަރަން 3 ފަހަރު ފުރުސަތު ލިބި ގެއްލުވާލި. މިދިޔަ އަހަރު ވެސް މޮޅުވީ ދަގަޑޭ އާ އޮއްޕޮ ޓީމައް ޖޮއިން ކުރި ފަހުން. ޗޭންޖެއް ކުރަން ވެސް ހުންނާނީ ބިިރުން. އަބަދު އެއް ޓީމެއް ލައި ކުޅުވާނީ އެހެޔޮ ކުޑަހުވަދޫ އާ ކުޅުނަސް. އޭއެފްސީ ގަ އިނގޭނެ ތީނަގެ ފެނވަރު. ޗޮކުން ނުގޮއްސިއްޔާ ރަގަޅު.
ނުހާދޮ
26 January 2018
މިކޯޗު ބޭރުކުރާނެ މާލޭ ލީގު ގެއްލި އޭއެފްސީ ގުރޫޕް ސްޓޭޖް އިން ކަޓާއިރައް.
އާރީ
25 January 2018
ނިއުގެ ސުކޮޑް ފެނިފަ ތަލިން ކުޅުހިކުނީ ދޯ. ފަޔަށް ހިނިއަރާގެން އުޅޭހެން ތި އުޅެނި ހަޖަމް ކުރަށް އުދަގޫވެގެން ދެއްތޯ.
ޓޮޓީ
25 January 2018
ޒިޔާދު ހުސްވާނި ސަރުކާރުގެ ބައިތުލް މާލު ހުސްވީމަ ސާފްވެއްޖެ ތޯ. ބަލަ ނިއު އަކީ ރާއްޖޭގެ ކިންގު ސަރަހަންދުގަ ގަދަބާރެއް އެކަން މިފަހަރު ދައްކާލާނަށް ހަޖަމް ކުރާތި.
ނިޒާރު
26 January 2018
ޒިޔާދައް އަދި ގެޓު ނުވަނީ މިކުރެވެނީ ކިހާ މޮޔަ ކަމެއް ކަން. ޓެޑު ޒިޔާދު ހައްދާގެން އެފަކީރު ވިއްދާލަން އެއުޅެނީ. ދެން ގޯހެއް ނޫން ޒިޔާދު ވެސް އެބަ ބޭނުން ވޭ ޕޮލިޓިކްސް އައް ނުކުތުމުގެ ކުރިން އާންމުންގެ ތެރޭ މަގްބޫލު ވެލަން. ގުޑްލަކް ސާރ
ޒަރީރު
26 January 2018
އޭއެފްސީ އިން ކަޓާ އިރައް ޒިޔާދު ވައި ވެގެން ޓީމް ދޫކޮއްލާނެ. އޭރުން ދެން ޖެހޭނީ 2016 ގަ ޖެހުނު ހާލު. ކޯޗު ޖެހޭނީ ބޯަޅަ ގޯނި އުފުލަން ވެސް. ތިއުޅޭ ބައިގަޑު ފިލާނެ.
އޭދަފުށީ ޓައިމްސް
25 January 2018
މިއަދު ޕްރެކްޓިސް ފެށިއިރު، ވައިސް ކެޕްޓަން މުޙައްމަދު ރަޝީދު ނެތީ ކީއްވެގެންކަން ބުނެދޭނީ ކާކު؟ ސާދިން ކޮބާ؟ ނުހާދު ކޮބާ؟ ޓީމް ތެރޭގައި ތަފާތު ކުރުން އޮތްވަރު ޗެއަރމަންއަށް އެނގިލައްވާބާ؟ ވަކި ބަޔަކަށް ބޮޑު މުސާރަ ދޭއިރު އަނެއް ބަޔަކަށް މުސާރަ ނުދީ ކުޅުވޭނެ ކަމަށް ހީވަނީތޯ؟ މީކީ ނިޔާޒު މޮޑޭނެ ގޮތަކަށް މޮޑެން އޮތް ފުއްގަނޑެއް ނޫން. ބޯނަހާ ރޯދަ އެލަވަންސް ކޮބާތޯ؟
ޢަހްމަދު
26 January 2018
ބްރޯ މާބޮޑަށް އެގިގެން ތިއުޅެނީ
އޭދަފުށީ ޓައިމްސް
26 January 2018
އެނގޭތީ މި ބުނީ ހޮކޭ ޕްރެކްޓިހަށް ނުދިޔައީ ކީއްވެގެންކަން. އަންނަ ބުދަ ދުވަހުގެ ކުރިން ބޯނަސް ލާރި ނުދީފިއްޔާ ސެންޓޭ، ހަމްޕު، ލިލީ އަދި އަކޫވެސް ނުނުކުންނާނެ. ބަލަން ތިބޭ، ލާރި ކޮޅު ހަމައަށް ދީގެން ނޫނީ ލާހިކެއް ނޫން މީން ކުޅުންތެރިއެއްގެ ފައިން ބޯޅައެއް ޖައްސާކަށް
ގިޔާޒް
25 January 2018
ޒިޔާދު ގެ ފަހު ސީޒަން މީ. ހުލިވާނެ. ދިވެހި ކުލަބަކައް ހަރަދު ކުރުން އެއީ ފޫނެއް ފަޔަކައް ފެންފުރުން.
ފައިސަލް13
25 January 2018
މި ސީޒަން ގަ ތި މޮޅު ކޮއްގެން އުޅޭ ކޯޗު ވެސް ބޭރު ކޮއްލާނެ ވަކި ހިސާ ބަކުން. މިހެން ނުވެއް ޖިއްޔާ ތި ޓީމްގަ ޓެޑެއް ނުހުންނާނެ.
ޢަހްމަދު
26 January 2018
މޮޅު ކޯޗެއް ފެނިގެން ހަޖަމް ނުވެގެން ތިއުޅެނީ
ހައިދަރު
26 January 2018
މޮޅުކަން އިގުނޭ މާލޭ ލީގުގަ. ދަގޭ ޔާ އޮއްޕޮ މޮޅުކަމުން ލިބުނު އެއްޗެއް ލިބުނީ.