ގޮޓޯ (ކ-2) ނިއުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ސެޕްޓެމްބަރ 2018 - 12:13
ނިއު ރޭޑިއަންޓުން ސްޕެއިން ޑިފެންޑަރު ޖޯޖް ގޮޓޯ ދޫކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ދެން ގުޅޭނީ ނިއުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސްއާ އެވެ. ނިއު ވަނީ އެ ކްލަބާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ރޭ ބަންގްލަދޭޝަށް ފުރައިފަ އެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ގޮޓޯ ދޫކޮށްލީ ރިލީޒް ފީއެއް ލިބުމުން ކަމަށާއި އޭނާ ދޫކޮށްލި މައިގަނޑު ސަބަބަކީ އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ނުދިއުމުން ކްލަބަށް ދިމާވި މާލީ މައްސަލަތަކުން އަރައިގަތުމަށް ކަމަށެވެ.
"ކްލަބުގެ މިހާރުގެ އެންމެ ބޮޑު ވިސްނުމަކީ ޑިސެމްބަރުގެ ނިޔަލަށް ކްލަބުގެ ހުރިހާ ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ދިނުން. އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ނުދިއުމުން މާލީ މައްސަލަތަކެއް ދިމާވި،" ޓެޑް ވިދާޅުވި އެވެ.
އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިޔަ ނަމަ ނިއު އަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ލިބުނީހެވެ. އެ ފުރުސަތު ގެއްލުނީ ފަހު މެޗުން އިންޑިއާގެ އައިޒޯލް އެފްސީ އަތުން ބަލިވުމުންނެވެ.
ޓެޑް ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ކްލަބް ހަރުދަނާ ގޮތެއްގައި ބާއްވައި ހިންގުމަށްޓަކައި ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށެވެ.
ނިއު އަށް މި ސީޒަނުގައި ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން އަފްގާނިސްތާނުގެ ހާރޫން އަމީރީ ވެސް ފުރައިގެން ދިޔައީ މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ބުނީ މުސާރަ ދީފައިވާ ކަމަށާއި އޭނާ ކުރަމުން ދިޔައީ ކްލަބަށް ކޮށްދެވެން ނެތް ޑިމާންޑްތަކެއް ކަމަށެވެ. އަދި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ސީޒަނުގެ މެދުތެރެއިން ކްލަބް ދޫކޮށްލީ މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އޭނާ ގުޅުނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.
ގޮޓޯ ދިޔަ ނަމަވެސް ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އާއި ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން އަދި ތުރުކުމެނިސްތާނުގެ އާމިރު ގުރުބާނީ ތިބޭނެ އެވެ. ކޯޗު އޮސްކާގެ ބަދަލުގައި އަދި ދާއިމީ ކޯޗެއް ހަމަނުޖައްސަ އެވެ. މިވަގުތު އިރުޝާދުދެނީ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންތިލީ ވޫމް
19 September 2018
ސީޒަން ނުނިމެނީސް ކަންޑޭލާ އާއި އަތުހިއޭ ވެސް ދާނެ ބަލާތި
ޒަރީރް
18 September 2018
ޓެޑު ހަމަ ވާނުވައީ.
ޕެނިކު ފަރީދާ
18 September 2018
ކުޅުންތެރިން މިދާރޭޓުން ކުލަބް ދޫކޮށް ދަންޏާ ސީޒަން ނިމޭއިރު ޓެޑް އުޅެން ޖެހޭނީ ޖާޒީތަށް ހިފައިގެން މަގުމަތީ ލާނެ މީހަކުވޭތޯ؟
ޖަމަލޭ
18 September 2018
ސަންޕަތަކަށް ތިކަމެއް ވާނެހެނެއް ހީއެއްނުވޭ. ޓޭބަލްގެ ފުލުގަތިބެ މައްޗަށް ބަލާ ކުޅުދިޔާވެފަ ތިބެން ޖެހޭނީ.
ހަމަ ނުހޭނަން؟؟
18 September 2018
ނުފޯރާ ފޮތިން ފޫގަޅާފް ރަންއިލޮށިން ކަދުރުކެއީމަ ވާނީ ތިހެން. ލޮލް
ޛަލޭކަ
18 September 2018
ޕަކާސް ހަހަހަހަހަހަ