ޔޫތު މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 މެއި 2019 - 12:22
މި ސަރުކާރުގެ އެއް ވައުދު ކަމަށްވާ ކުޅިވަރު ކުޅޭ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ފަސް އަހަރު ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އެޅުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުޅިވަރާ ވެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ރ. އަލިފުށްޓާއި ފ. ނިލަންދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތްކުރަމުންނެވެ. އަދި ސްޓެލްކޯގެ ސީއެސްއާރް އެހީއާ އެކު ތ. ވިލުފުށީގައި ވެސް ވަރަށް އަވަހަށް ޓާފް ދަނޑު އެޅުމުގެ މަސައްކަތް ފެށިގެންދާނެ އެވެ.
މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ ފުޓްސަލްއާ ހެދި ރާއްޖޭގެ ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތު ބޮޑުކޮށް ދަނޑުތައް ދަނޑުތައް ތަރައްގީކޮށްދޭނެ ކަމަށެވެ.
"ދަނޑުތައް އޮތީ ހަލާކުވެ ހަނަފަސްތަންތަނަށް ވެފައި. ނޫނީ ވިނަގަނޑު ބޯވެގެން ގޮސް ޖަންގައްޔަށް ވެފައި ހުރި ތަންތަން ފެނިއްޖެ،" މަހުލޫފް ވިދާޅުވި އެވެ.
"މިއީ ޓާފެއް ފަތުރާލުމަށް ވުރެން ބޮޑަށް ބޮޑު ޕްރޮޖެކްޓެއް މިދަނީ. އަޅުގަނޑު ވަކިން އޭއެފްސީގެ ރައީސަށް ވެސް ދެންވިން މަދުވެގެން އަޅުގަނޑުމެން މި ފަސް އަހަރު ތެރޭ އެބަ ޓާގެޓްކުރަމާ 100 ދަނޑަށް. ވަރަށް ގިނަ ދަނޑުތަކެއްގެ ވާހަކަ މި ދައްކަނީ. މި ކުރެވޭ ކަމަކީ ކޮލިޓީ ކަމަކަށް ވާންޖެހޭ."
މިނިސްޓްރީގެ ބަޖެޓުގައި މި ވަގުތު 10 ދަނޑަށްވާ ފައިސާ އެބަހުރި ކަމަށާއި އިތުރު 10 ދަނޑަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ޔަގީންކަންދީފަ އެވެ. އަދި މި 20 ދަނޑުގެ އިތުރުން ބައެއް ރަށްތަކުގެ އެކި ފަރާތްތަކުން 50 އިންސައްތަ އަމިއްލަ ފަރާތަކުން ހިއްސާވާގޮތަށް ދަނޑުތައް އަޅަން ބޭނުންވާކަމަށާއި އެ ގޮތުން ވެސް ފަސް ވަރަކަށް ރަށުން ދަނޑުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މަހުލޫފް ވިދާޅުވީ މި އަހަރު ނިމޭއިރު ހުރިހާ ދަނޑުތަކެއްގެ މަސައްކަތް ފެށޭނެ ކަމަށާއި އޭގެ ތެެރެއިން ގިނަ ދަނޑުތަކެއް ނިމޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ބައެއް ރަށްތަކުގައި މިހާރު އަޅާފައި ހުރި ޓާފް ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ މަރާމާތުގެ ކަންތައްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވުމަށް ކުޅުނު މެޗުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަރުކާރުން ފުޓްބޯޅަ ދަނޑުތައް އަޅާނެ ރަށްތަށް އަދި އެއްކޮށް ފައިނަލްނުކުރާ ކަމަށާއި އެކަން ކުރާނީ ވަރަށް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ރަށްތައް ނެގުމުގެގައި ހަމަހަމަ އުސޫލެއް އޮންނާނީ. ވަކި ފޭވާ ކުރަންޖެހޭ ރަށެއް ނޯންނާނެ. އާބާދީ ބޮޑުވެގެން ވެސް ނުބަލާނަން. އެއްކޮށް ލިސްޓެއް ފައިނަލެއް ނުވޭ. ރިޔާސީ އިންތިހާބުތެރޭ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަހުންނެވި ސްޕެސިފިކްކޮށް ބައެއް ރަށްތަކުގައި ދަނޑު އަޅައިދޭނެ ކަމަށް ވިދާޅުވެފައި. އޭގެ އިތުރުން ފުޓްބޯޅަ ވަރަށް ގަދަޔަށް ކުޅޭ ރަށްތަކެއް އެބަހުރި. އަޅުގަނޑުމެން ކުރި ދަތުރުތަކުން ފެނުނު ރަށްތަަކެއް ވެސް އެބަހުރި. ހުރިހާ ކަމަށް ބަލާފައި ލިސްޓު މިދަނީ ހަދަމުން،" މަހުލޫފް ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ބެލީ ރަށްރަށުގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އެޅުމަށް ކަމަށާއި އެކަމަކު އެއީ ދަނޑުތައް ބެލެހެއްޓުމާއި އެ ހުރިހާ ކަމަކަށް ބަލާއިރު ފަސޭހަކަމަށް ނުވާތީ ޓާފް ދަނޑު އަޅަން ނިންމީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީން ކޮންމެ ރަށެއްގައި ޓާފް އަޅަން ފެށީމަ އަނެއް ރަށުން ވެސް ބޭނުންވާނެ ޓާފް އަޅަން. އެއީ ޓާފް ރީތި ވެސް ވާނެ. ގާތްގަނޑަކަށް 10 އަހަރަށް ބަލައިގެން މި ކުރަނީ. ދަނޑު އެއްކޮށް ނިމިގެން އަންނައިރު ލައިޓިންނާއި ޗޭންޖިން ރޫމާއި ވަށާފާރު ވެސް އިންނާނެ،" މަހުލޫފް ވިދާޅުވި އެވެ.
އެ ރަށެއްގައި އަޅާނެ ދަނޑެއް ގާއިމްކުރާނެ ކުޅިވަރުގެ ބިނާތަކެއް ކަނޑައެޅުމުގައި މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލާއި ޒުވާނުންގެ ލަފާ ހޯދުން ކަމަށާއި ކަންތައް ކުރާނީ ކުރެވެން އޮންނަ އެންމެ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއް އެޅިއިރު، ގިނަ ދަނޑުތަކެއް ނިންމާފައިހުރީ އަވަސްއަރުވާލައިގެން ކޮލިޓީ އަށް ބެލުމެއް ނެތި ކަމަށާއި މިހާރު ދިމާވެފައިވާ ގޮންޖެހުމަކީ އެ ދަނޑުތަކަށް ދިމާވެފައިހުރި މައްސަލަތައް ހައްލުކުރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ރައީސް އޮފީހުގެ އެންގެވުމާ އެކު މިހާރު މަސައްކަތް ފެށި ނުނިމި ހުރި ދަނޑުތަކުގެ މަސައްކަތް ވެސް ދެން ކުރިއަށްދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު އެފްއޭއެމުން ވެސް ވަނީ ރައްޖޭގެ 18 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އަޅަން އިއުލާނުކޮށްފަ އެވެ. އެފްއޭއެމުން އެންމެ ފަހުން ބުނީ އެ ދަނޑުތަކުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތީ ދިގު މުއްދަތަކަށް ފީފާ އަށް ކުއްޔަށް ބިން ދީގެން ކަމަށްވާއިރު، އެ ކަންތައްތައް ހަމަނުޖެހިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުލަބޭ
14 May 2019
ގިނަ ދަންޑު އަޅައިގެން ގިނައިން ކެވޭނީ
ހައްޔުބެ
14 May 2019
ފޮނި ނުކަނޑާ އަޅާފަ ދައްކަބަލަ! ތޮޔަހެން ކުރާނަން ކުރާނަން ކިޔާނެ ކަމެއްނެތް. އެއީ އަޑުއަހާ އަހާ ފޫހިވެފަ ހުރި ަފުޒު ތަކެއް
ސަމީލާ އަޅި
14 May 2019
ރައީސް ސާލިހު ވިދާޅުވި ގޮތަށް ނަމަ ކިހިނެއް ތިކަން ކުރާނީ ބޮޑެތިދަނޑު ތަކެއް 100 އަދި. ތިމަންނަމެން ފޫޓްސަލް ދަނޑު ނާޅާނެކަމަށް ސާލިހުވަވަނީ ވިދާޅުވެ ހަޖޫޖައްސުވާފަ
މަހޭ ފޭން
14 May 2019
އަނެއްކާ މިސޮރު މޮޔަ ގޮވަން ެފެށީ،،، ދަނޑު، ދަނޑު،، ނިދަން އޮވެ އަންހެނުން ކައިރީގަ ދަނޑު ހަދާބަ.. މިގައުމައް ބޭނުންވަނީ ހުސް ދަނޑުތަ،، ތިހާ ގަމާރު ވީމަ ދެން ކިޔަން އިގޭނީ ތިކަހަ ވާހަކަ،،، މަޙޭ އަދި ލަދު ގަންނަން ޖެހޭނެ ތިކުރާކަމަކުން
ސަަސަ
14 May 2019
100 ރަށުގެ ނަން އިއުލާން ކުރެވިދާނެ. އެނޫންކަމެއް ނުވާނެ. 100% ޔަގީންކަމެއް މިބުނީ. އެވަރުގެ ފެންވަރެއް ނުހުންނާނެ މިސަރުކާރުގަ.
ބޯބޮޑޭ
14 May 2019
#ބަރަވެލި ސްޕީޑް # 100 ދުވަސް ނިމިއްޖެ. #ނަތީޖާސުމެއް .
ރީތި މޫސަ
14 May 2019
ކީއްކުރަންއަޅާދަނޑެއްތަ ކުލަބުތަށްފުނޑާލާފަ އަދިބުނަން ފޮނިކެނޑުމުގެ ބޭނުމެއްނެތް 5 އަހަރު ކީއްކުރަން 15 އަހަރުންވެސް ތިކަމެއްނުވާނެ ފަހަތުފަޔަށް ބްރުވެފައޮތް ސަރުކާރަކަށްކީއްކުރެވޭނީ
ރައްޔިތުސް
13 May 2019
ފުޓުބޯޅަ ދަނޑުއަޅަން މިނިސްޓްރީއެއް ހުރުމުގެ ބަދަލުގައި ކުޅިވަރު ކުންފުނިން ކުރުން ރަނގަޅުވާނެ. ފްލެޓްތައްވެސް ހަދަނީ ފެލްޓް ކުންފުނިން.
ފުންއަސަރު
13 May 2019
ދަނޑުތަކެއް އެޅިޔަކަސް އަދި ކަމަކު ނުދާނެ. މިހާރުވެސް އެއޮތީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުގެ ޒަމާން ދުއްވާލާފަ. ތަންތަނަށް ޒިންމާނޫފުލޭމީހުން ލީމާ ވާނެ ހައެތި އެވަނީ. ދުނިޔެ އުމުރަށް މަ ބަލާނަން އޭނާއަށް އެތާ ހުރެވޭތޯ. ބަލާއައިމާ ޖެހޭނީ ދާން. ޝަކުވާއެއްވެސް ނުކުރެވޭނެ.
ނަޒޫ ނަސީމް
13 May 2019
5 އަހަރު ގުނާނެ ގޮތެއް ކިޔައިދީ؟ ބަންދު ދުވަސް ނުހިމަނާތޯ؟ ނޫނީ ހަމައެކަނި ބަންދު ދުވަސްތޯ ގުނާނީ؟
މަޙްލޫފް
13 May 2019
ނަޒޫ. ކޮމެންޓްނުކޮށް ގެއައް އައީމަވެސް ތިސުވާލު ކުރެވޭނެދޯ.