ކުޅިވަރު / ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ

ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވާނީ މުޅި ރާއްޖޭގައި

2017 ވަނަ އަހަރު މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތެރެއިން--. ފޮޓޯ:ނިޝާން އަލީ/މިހާރު

ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާނީ މުޅި ރާއްޖެ އޭގެ ތެރޭގައި ޝާމިލުވެވޭ ގޮތަކަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވަމީ މުބާރާތްތައް ރާއްޖޭން ހޯސްޓްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އޭގެ ދަށުން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ސަރުކާރުން ވަނީ ދީފަ އެވެ. މަހުލޫފު ވިދާޅުވީ އެކަމަށް ބޭނުންވާނެ ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށެވެ. އެކަމަކު އެކަން ކުރެވޭނެ ކަމަށާއި އަދި އެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިސްނުން އެބަހުރި މި ފެސިލިޓީސްތައް ރާއްޖޭގެ އެހެން ދިމަދިމާލަށް ގެންދަން. މި ދައްކަނީ އެއްހާހެއްހާ އެތުލީޓުން ވާދަކުރާ ގޭމްސްއެއްގެ ވާހަކަ. އެ އެންމެން އެކޮމޮޑޭޓް ކުރެވޭނެ ގޮތެއް ބަލަންޖެހޭ،"

އައިއޯއައިޖީ ބާއްވަން ރާއްޖޭން ކުރާ މަސައްކަތުގައި އިންޑިއާގެ ފަރާތުން ވެސް އެހީތެރިކަން ލިބޭނެ ކަމަށާއި އިންޑިއާގެ އެހީގައި ހުޅުމާލޭގައި އަޅާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތުގެ ތެރެއިން ވެސް އިތުރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ކަންތައްތަކެއް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ވަނީ ބާއްވައިފަ އެވެ. އެ ގޮތުން އޭވީސީ ވޮލީބޯޅައިގެ ދެ މުބާރާތެއްގެ އިތުރުން ބާސްކެޓްބޯޅަ މުބާރާތެއް ވެސް ބޭއްވި އެވެ. އެ ފަހަރު ޓީމުތަކުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ރާއްޖޭގައި ރަނގަޅު ފެންވަރަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވިފައިނެތް ވާހަކަ އެވެ.

ޔޫތު މިިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަހުލޫފް ވާހަކަދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ބެޑްމިންޓަނުގެ ބަައިނަލްއަގްވާމީ ތިން މުބާރާތެއް ބާއްވަން ކަލަންޑަރުގައި ހިމަނައިފަ އެވެ. އޭގެ ތެރެއިން ދެ މުބާރާތް މާލޭގައި ބާއްވާއިރު، 21 އަހަރުން ދަށުގެ ސައުތު އޭޝިއަން މުބާރާތް ތާވަލުކުރެވިފައިވަނީ އައްޑޫގައި ބާއްވާށެވެ.

ބެޑްމިންޓަން ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭވަރަށް ތަރައްގީ ކުރަން ޔޫތު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

"އެކަމަށް މިނިސްޓްރީގެ ފަރާތުން މި ދަނީ އެތަނަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް. ކޯޓުތަކާއި ލައިޓިން އާއި ހުރިހާ ކަމެއް. އިރާދަކުރެއްވިއްޔާ އެ ބަދަލު ވަރަށް އަވަހަށް ފެނިގެންދާނެ،" މަހުލޫފް ވިދާޅުވި އެވެ.

ސަރުކާރުގެ 100 ދުވަހުގެ ކުޅިވަރު ވައުދުތަކުގެ ތެރެއިން ހާސިލްނުވި ހަމައެކަނި ކަމަކީ ސްވިމިން ޕޫލެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމެވެ. އެ މަސައްކަތް ނުފެށުނީ ސްވިމިން ޕޫލް އަޅަންދިން ބިން އާބިޓްރޭޝަނުގައި އޮތުމުން އެއީ ކަށަވަރު ބިމަކަށް ނުވާތީ އެވެ.

"ސްވިމިން ޕޫލް އަޅަން ދީފައި އޮތް ބިން ބޭރުގެ ފަރާތަކަށް ދީފައި އޮތީމަ. އެ ޑިސްޕިއުޓް ހައްލުނުވެގެން މި އުޅެނީ. އެކަން ހައްލުވެގެން އެ ބިން ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ވެސް ފަށާނަން. އެއީ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ބޭނުންވެލައްވާ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަކީ ވަކި ކުޅިވަރެއް ތަފާތު ނުކުރުންކަމަށާއި އޭގެ ތެރެއިން ފުރުސަތު ލިބޭ ވަރަކަށް ކޮންމެ ކުޅިވަރަކުން ވެސް ރާއްޖެ އަށް ހޯދޭނެ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެ ގޮތުން އަންނަ އަހަރު ރާއްޖޭގައި އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

"އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނުގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުގައި މި އަންނަ އަހަރު ރާއްޖޭގައި އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބޭއްވުމަށް މަޝްވަރާކުރެއްވި. އެއީ ގާތްގަނޑަކަށް 400 ބޮޑީބިލްޑަރުން އައިސްގެން ކުރާނެ ކަމެއް. މިއީ އަޅުގަނޑުމެން މި ވަގުތަށް ފޮނި އުއްމީދެއް ކުރާކަމެއް. އެކަމުގެ ހުށަހެޅުންތައް މި އަހަރު ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަން ކުރެވެންޏާ ކުރާނީ ވެސް ރާއްޖޭގެ ކޮންމެވެސް އެހެން ރަށެއްގައި. މާލެގައި ނޫން،"

ސްޕޯޓަސް މިނިސްޓްރީގެ ހަމައެކަނި މެންޑޭޓަކީ ހަމައެކަނި ކުޅިވަރު ތަރައްގީ ކުރުން ނޫން ކަމަށާއި ކޮމިއުނިޓީ އެމްޕަވާމަންޓަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ބޭނުންވަނީ ހުރިހާ ފަރާތަކުން ބޭނުންވާ ތަރައްގީ އެއް ހަމައިން ގެނެސްދިނުމަށް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަންޖާބޯ

20 May 2019

ތި ހުރިހާ ވާހަކައެް ދެއްކި އިރުވެސް ވޮލީގެ ވާހަކަ ނައީމަ ވަރަށް ދެރަ މަހޭމެނަށް އަހަރުމެން ވޯޓްދިނީ މިކަހަލަ ކަންކަން ރަގަޅު ކުރަން ހާއްސަކޮށް ވޮލީގެ ރެފްރީންނަށް ލިބެންޖެހޭއިނާޔަތްތައް ބޮޑުކޮށަލަދިނިއްޔާ ކީއްތަވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454