17 ސެޕްޓެމްބަރ 2019 - 14:44
ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ބަންގްލަދޭޝަށް ދީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު މުބާރާތް ބާއްވަން ތާވަލުކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވައި ރާއްޖޭން ކާމިޔާބުކުރި މުބާރާތް ފަހަކަށް އައިސް ބާއްވަމުން އައީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންޑިއާގައި ބާއްވާ ގޮތަށެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަލީ އުމަރު "މިހާރު" އަށް ވިދާޅުވީ ބަންގްލަދޭޝަށް ފުރުސަތު ދޭން މެމްބަރު ގައުމުތަކުން އެއްބަސްވީ، އެ ގައުމުގެ ހާއްސަ އެދުމެއް އޮތުމުން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްވާ 100 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން ބޭނުންވާތީވެ އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ބިޑްކުރުމުން ކާމިޔާބުނުވެ ބަންގްލަދޭޝަށް ފުރުސަތު ލިބުނީ ވެސް އެ މުނާސަބާ ކުލަގޮތެއްގައި ފާހަގަކުރުމަށް އެ ގައުމުން އެދުމުންނެވެ.
މީގެ އިތުރުން އެނގިފައިވާ ގޮތުގައި ސްޕޮންސަރުން ވެސް ބަންގްލަދޭޝްގައި ބާއްވަން ބޭނުންވެ އެވެ. އެ ގައުމުގައި ބާއްވާއިރު އަބަދުވެސް ގިނަ އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވަދެ އެވެ.
މީގެ 20 އަހަރު ކުރިން 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕަކީ އާއްމުކޮށް ކަނޑައެޅޭ ތާރީހެއްގައި ބޭއްވޭ މުބާރާތެއް ނޫނެވެ. އެކަމަކު ރާއްޖެ އާއި ސްރީ ލަންކާގައި 2008 ގައި ބޭއްވި ފަހުން އަންނަނީީ ކަނޑައަޅާ ތާރީހަށް އާއްމުކޮށް ބާއްވަމުންނެވެ.
މި މުބާރަތް އިންޑިއާ އިން ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު ރާއްޖެ ދެ ފަހަރު ބަންގްލަދޭޝް އަދި އަފްގާނިސްތާން ވަނީ، ކޮންމެ ގައުމެއް އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުފާން
17 September 2019
ތިމުބާރާތަކީ އެއްވެސް އުސޫލަކުން ބާއްވާ މުބާރާތެއް ނޫން. މޮޅެތި ވާހަކަ ދައްކާފަ އިންޑިޔާ ނޫނީ ބަންގްލަދޭޝްގަ ބާއްވަނީ. ތިމުބާރާތް ނޫނިއްޔާ ބޮޑު އެއްވެސް މުބާރާތެއް ޖެހިޖެހިގެން ދެފަހަރު އެއްގައުމެއްގަ ނުބާއްވާނެ.
ސޭކުސްތާން
17 September 2019
މިނިސްޓަރު މަހުލޫފު ކީއްވެ ރާއްޖޭގަ މީތި ބޭއްވޭތޯ މަސައްކަތް ނުކުރީ. ތިބޭފުޅުން ބެނާ ތަކުގަ ދަންޑު ފުރާލާނެ ވާހަކަ ބުނީމަ އަަހަރުމެން އަސްލު ހީކުރީ ހަމަ ސީރިއަސްކޮށް އެކަމާ ވީސްނާ އެކަމަށް ހައްލެއް ހޯދާނެކަމެއް. އެކަމަު އަދި މިދަނި ހަމަ ޗޮކްހުން
އިއްސޭ
17 September 2019
އާޓިކަލް ކިޔާބަލަ. ސުރުހީ އެކަނި ކިޔާފަ ކޮމެންޓްކުރާ ގްރޫޕް ކުއްޖެއްދޯ މީވެސް.