ކުޅިވަރު

ސައްޓު ގައުމީ ޖާޒީގައި ކުޅުން: އުއްމީދެއް!

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސައްޓު ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ފުޓްބޯޅަ ޓީމުން ސަރަހައްދީ ޗެމްޕިއަންކަން ހޯދި ދެ ފަހަރު ވެސް ބ. އޭދަފުށީގެ ހިއްސާ ބޮޑެވެ. އެއް ރަށަކަށް އެންމެ ގިނަ ހުނަރުވެރި ކުޅުންތެރިން ނިސްބަތްވާ އެއް ރަށަކީ ވެސް އެއީ އެވެ. ގައުމީ ޓީމެއް ވިޔަސް، ކްލަބެއް ވިޔަސް ބޮޑު ކާމިޔާބެއް ހޯދާއިރު އަބަދުވެސް އެ ރަށުގެ ކުޅުންތެރިޔަކު ހިމެނޭނެ އެވެ. އޭގެ ތެރެއިން މި ފަހަރު ވާހަަކަ ދައްކަން މި ޖެހެނީ ދާދި ފަހުން މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ހޯދި އިޝާން އިބްރާހިމް (ސައްޓު) އާ ބެހޭގޮތުންނެވެ.

މީގެ 15 ވަރަކަށް އަހަރު ކުރީއްސުރެއް ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ސައްޓު ދައްކާ މޮޅު ކުޅުމަކީ ބ. އަތޮޅުގެ ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކަ އެކެވެ. ފަހުން ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް ގިނަ ބަޔެއްގެ މެދުގައި ސައްޓުގެ މަގުބޫލުކަން ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު ފުރަތަމަ ޑިވިޝަނުން ލިބުނު ގިނަ ފުރުސަތުތައް އޭރު އޭނާ ދޫކޮށްލީ އެވެ.

"ހަނދާން ވާގޮތުގައި ފުރަތަމަ ވިކްޓްރީން 2007 ވަނަ އަހަރު ހުށަހެޅުން ލިބުނީ. އެ ޓީމު ވަރަށް ގަދަކޮށް އޮތް ފަހަރެއް އެއީ. އެކަމަކު އޭރު ރަށުން ވަޒީފާ (ބެންކް އޮފް މޯލްޑިވްސް - އޭދަފުށި ބްރާންޗް) ލިބުނީމަ މަޑުކުރީ. އޭރު ދެން ޖެހިލުން ވެސް ވަނީ ކުޅެން އަންނަން. ސަބަބުތަކެއް ވެސް ހުރި. ދެން ފަހުން ނިއު ރޭޑިއަންޓަށް އަންނަން ވެސް ފުރުސަތު ލިބުނު. އެ ގޮތަށް ފުރުސަތު ލިބެމުންދިޔައީ،" ސައްޓު "މިހާރަ"ށް ކިޔައިދިނެވެ.

މިލަންދޫގެ މެޗެއްގެ ތެރެއިން ސައްޓު ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށްޓެހިންނާއި ގާތް މީހުންގެ އެދުމަކީ އޭރު ވެސް ސައްޓު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމެވެ. އެގޮތަށް އަހަރުތައް ފާއިތުވަމުން އަންނަނިކޮށް އެންމެ ފުރަތަމަ ހުށަހެޅުން ލިބުނުތާ ގާތްގަނޑަކަށް 10 އަހަރު ފަހުން 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ށ. މިލަންދޫ ޓީމުން ސައްޓު އަށް ފުރުސަތު ލިބުނެވެ. އެ ޓީމުގައި ސައްޓުގެ ނަން ޖެހިއިރު އޭނާގެ ޝަރުތެއް އޮތެވެ. އެއީ ރަށުގައި އަދާކުރަމުން އައި ވަޒީފާގެ ގޮތުން މާލެ އައިސް ޕްރެކްޓިހުގައި ބައިވެރިވެގެން މެޗުތަށް ކުޅެވެން ނެތުމުން މެޗު ކުޅެވެން އޮތީ ސީދާ މެޗަށް ގޮސްގެން ކަމެވެ. އެ ގޮތަށް މިލަންދޫ އިން ރުހުނީ ސައްޓުގެ ހުނަރު ފެނި އޭނާ ލައްވައި ކުޅުވަން ބޭނުންވާ ވަރު ބޮޑުވުމުންނެވެ.

"މިލަންދޫގައި ޕްރެކްޓިސް ނުކުރާތީ ފުރަތަމަ މެޗަށް ނާރުވާ. އެ މެޗުން މިލަންދޫ ބަލިވީމަ. ދެ ވަނަ މެޗުގައި މާޅޮހާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގެންދިޔައީ. އެއީ ގަލޮޅު ދަނޑުގައި ފުރަތަމަ މެޗު. އެ މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ދެ ގޯލު ޖެހީ. މޮޅު ކުޅުންތެރިޔާ ވެސް ލިބުނު. އެ ހިސާބުން ހުރިހާ މެޗަކަށް އެ މީހުން ގެންދަން ފެށީ،" އެންމެ ފުރަތަމަ ކުޅުނު މެޗުތަކުގެ ހަނދާންތައް ސައްޓު އާކުރި އެވެ.

އޭރު މިލަންދޫގެ ކޯޗަކަށް ހުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ވެސް ވަނީ ސައްޓު އަށް ތައުރީފުކޮށްފަ އެވެ. އަދި ސައްޓު އެ ދައްކާ ކުޅުން ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ދައްކަން ފަސޭހަނުވާނެކަން ފާހަގަކޮށް ނާސިރު ބުނީ ކޮންމެވެސް ދުވަހަކުން ބޮޑު ޓީމަކުން ސައްޓު ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ޕްރެކްޓިސް ނުކޮށް އައިސް ސައްޓު ސީދާ މެޗަށް މި އަރަނީ. ހަގީގަތުގައި ޓީމުގައި ތިބި ކުޅުންތެރިން ވެސް ގަބޫލުކުރޭ ސައްޓު އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން. އޭނާ ޕްރެކްޓިސް ނުކޮށް ވެސް ވަރަށް މޮޅަށް އެބަކުޅޭ. މީގެއިން އެބަ ސާބިތުވޭ އޭނާގެ ހުނަރު،" މިލަންދޫގެ ކޯޗު ނާސިރު އޭރު ބުންޏެވެ.

މިލަންދޫގައި އެ ފަހަރު ލީގުގައި އަށް ގޯލު ޖަހައި ސައްޓު ވަނީ ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެން އައިސް މާލޭގައި ހުރުމަށް އޭރު ސައްޓު އަށް އޮތް ބިރު ކެނޑުނީ އެ ހިސާބުންނެވެ. ދެން އޭނާ ބޭނުންވީ އެހެން ޓީމަކާ ގުޅި އިތުރަށް ކުރިއަށްދާށެވެ. އެ ގޮތުން 2018 ވަނަ އަހަރު ނިއު ރޭޑިއަންޓާއި ޓީސީގެ ހުށަހެޅުން ލިބުނެވެ. ސައްޓު ޓީސީ އިހުތިޔާރުކުރީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ހާއްސަ އެދުމެއްގެ ސަބަބުންނެވެ.

ޓީސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ސައްޓު އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ފުރަތަމަ މާލެ އައީ އެންމެ ސީޒަނެއް ކުޅެލަން ވިސްނައިގެން. އެކަމަކު ފުރަތަމަ ސީޒަނުގައި އެހެން ގޮސްފައި ދެ ވަނަ ސީޒަނަކަށް މަޑުކުރީ ޓީސީގެ ގިނަ ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލީމަ ޓީމު މެނޭޖްމަންޓްގެ ރިކުއެސްޓަށް،" ސައްޓު ބުންޏެވެ.

"ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ދެކޭނެ ހުވަފެނެއް،" ސައްޓު

ޓީސީގައި ފުރަތަމަ ސީޒަނުގައި ސައްޓު ވަނީ 13 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ސައްޓު 13 ގޯލު ޖަހާފައިވާއިރު، މި ސީޒަނަކީ ލަނޑު ޖެހުމަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގައި އޭނަގެ އެންމެ ރެކޯޑް ރަނގަޅު ސީޒަނަށްވާނެ އެވެ. ޓީމުގެ އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރުމުގެ އަދަދަށް ބަލާއިރު ވެސް ސައްޓު އޮތީ ކުރީގަ އެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ސައްޓު ދެއްކި ކުޅުމުގެ ސަބަބުން އޭނަ އަށް ގައުމީ ޓީމުން ފުރުސަތު ލިބެންޖެހޭ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ނަމަވެސް ސްކޮޑުން ޖާގަ ނުލިބެނީ އެވެ. އޭނާ އަށް ހެޔޮއެދޭ ރަށްޓެހިންނާއި އެހެން މީހުން ވެސް ބުނަމުން އައި އެއް ވާހަކަ އަކީ ސައްޓު ކުރަމުން އައި މަސައްކަތާ ބަލާއިރު ގައުމީ ޓީމުގެ ޖާގައެއް އޭނަ އަށް ހައްގުވާ ކަމެވެ. އެހެން ހުއްޓައި ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް ސައްޓު ވަނީ ނަގައިފަ އެވެ. އެއީ ދެ ގޮތަކަށް ބަލާއިރު ސައްޓު އަށް ހާއްސަ ދުވަހެކެވެ.

"އެއީ މިދިޔަ އާދިއްތަ ދުވަސް. ގައުމީ ޓީމުން ފުރުސަތު ލިބުނުއިރު ބެންކް އޮފް މޯލްޑިވްސް އޭދަފުށި ބްރާންޗްގެ މެނޭޖަރު ކަންވެސް ހަމަޖެހިގެން ދިޔައީ. އެއް ދުވަހު މި ދެކަން ވެސް މިވީ،" ސައްޓު ކިޔައިދިނެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސަރެވެ. އޭދަފުށީ ބްރާންޗްގެ މެނޭޖަރުކަން ސައްޓު އަށް ލިބުމާ އެކީ މާ ގިނަ ދުވަހެއް ނުވެ އޭނާ ރަށަށް ބަދަލުވާން ޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު އެކަން މަޑުޖައްސާލާފައި އޮތީ ގައުމީ ޓީމުން އޭނާ އަށް މި ފަހިވި ފުރުސަތަށެވެ. އެއީ ސައްޓު އެކޭ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ވެސް އެދެނީ ގައުމީ ޓީމުގައި އޭނާ އަށް ލިބުނު ފުރުސަތުގައި ކުރިއަށްދާން އެއްބާރުލުންދޭށެވެ.

"ގާތްމީހުން އަބަދުވެސް ހިތްވަރުދޭ. އެގޮތަށް އޮފީހުން (ބޭންކް) ވެސް އެދޭ ގައުމީ ޓީމުގެ ފުރުސަތުގައި ކުރިއަށްދާން،" ސައްޓު ބުންޏެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ސައްޓު ބޮލުން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 30 އަހަރުގެ ސައްޓު އަށް ކުރިއަށް އޮތީ ހާއްސަ ދުވަސްތަކެކެވެ. ވަޒީފާގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދިޔައިރު، އޭނާ ދަނީ ގައުމީ ޓީމުގައި ފުރަތަމަ ހިމެނި ފައިނަލް ސްކޮޑުން ފުރުސަތު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި އޭގެ އިތުރުން އޭނާ ކުޅެމުން އަންނަ ޓީސީން އަންނަނީ ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅެން ތައްޔާރުވަމުންނެވެ.

"ގައުމީ ޓީމުގައި ހިމެނުނީމަ މިހާރު މިދަނީ ވަރަށް ބުރަކޮށް. ޓީސީން ވެސް ބޭނުންވޭ އޭއެފްސީ ކަޕްގައި އަހަރެން ކުޅެން. އެ ގޮތަށް ވިސްނުން ހުރީ. ދެން ސީޒަން ނިމެނީ އޭޕްރީލް މަހުގައި. އޭގެ ކުރިން ގައުމީ ޓީމުގެ މެޗު ވެސް މި އޮތީ. ބޭނުންވަނީ ފައިނަލް ސްކޮޑުގައި ހިމެނެން،" ސައްޓު ބުންޏެވެ.

މީގެ ކުރިން ދެތިން ފަހަރަކު ގައުމީ ޓީމުގެ ސްކޮޑުގައި ރަޖިސްޓްރީ ކުރި ނަމަވެސް ސައްޓު އަށް ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތެއް ވެސް އޮތީ ނުލިބި އެވެ. އެކަމަކު ގައުމީ އާ ކޯޗު މާޓިން ކޫޕްމަން ނެގި ސްކޮޑުގައި ހިމެނި މިހާރު ސައްޓު އަންނަނީ ޓީމާ އެކު ފަރިތަކުރަމުންނެވެ. ސައްޓުގެ އަމާޒަކީ ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި 31 ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗުގެ ސްކޮޑުގައި ހިމެނުމަށް ވީ އެންމެ ރަނގަޅަށް މަސައްކަތްކުރުމެވެ. ސައްޓު އަށް ހެޔޮއެދޭ އެންމެނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ގައުމީ ޓީމު ޖޯޒީގައި އޭނާ މެޗެއް ކުޅޭތަން ފެނުމެވެ. އެއީ އޭނާގެ ވެސް އުއްމީދެވެ.

10 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީހުންތައް

15 February 2020

މިގައުއުމުގަ ގައުމީޓީމައް ނަގާނީ އެކަން ކުރަން ހުންނަމީ ހަކައް ޕަޕެޓް ހެދިގެން ހުރީމަ ، މިސާލަކައް ބާސްކެޓް

The name is already taken The name is available. Register?

ޒޯހާން

15 February 2020

ސައްޓުގެ އުމުރަކީ ކޮބައިބާ؟

The name is already taken The name is available. Register?

ޔޯހާން

15 February 2020

ހަބަރު ކިޔާފަ ކޮމެންޓް ކުރާނަމަ ދޯ!

The name is already taken The name is available. Register?

ޖަހަންގީރު

14 February 2020

"ސައްޓު" މިއީވެސް ނަމެއް؟ މި ވަރުން ދަންޏާ ދުވަސްކޮޅަކުން ޖަހާފަ އޮންނާނެ މޔސއޓި އޭ ވެސް

The name is already taken The name is available. Register?

ނަޒަރޭ

14 February 2020

ސައްޓު އަކީ މިލަންދޫ ޓީމުގައިވެސް ގައުމީ ޓީމުން ފުރުސަތު ލިބެންޖެހޭ ކުޅުންތެރިއެއް. އެކަމަކު މިގައުމުގަ ކަމެއް މޮޅަށް ކުރާ މީހާއަށް ފުރުސަތު ލިބުމަކީ ދުރުކަމެއް. ޖެހޭނީ ގަދަކަމުން އެމީހަކަށް ހައްގު ހޯދައިދޭން. ދަގަނޑޭ ގައުމީ ޓީމުން ބޭރު ކުރުމަކީ އޭގެ މިސާލެއް. ސައްޓު އަކީ އަބަދުވެސް ފެންވަރު ސާބިތުކޮށްދެމުން އައި ކުޅުންތެރިއެއް. އަހްލާގީ ގޮތުން ވަރަށް ރަނގަޅު. ހަބަރު ކިޔާލުމުން ތައުލީމީ ގޮތުން ސައްޓުގެ ހުރި ފެންވަރު އެނގިއްޖެ. ކާމިޔާބަށް އެދެން

The name is already taken The name is available. Register?

ޝެލަރީ

14 February 2020

އިންޝާﷲ މިފަހަރު ޤައުމީޓީމުން ސައްޓު އަށް ޖާގަލިބޭނެ އުއްމީދު ކުރަނީ ސައްޓުގެ ފަރާތުން ޤައުމައް ފައިދާހުރި ކުޅުމެއްފެންނާނެކަމައް އިންޝާﷲ

The name is already taken The name is available. Register?

ސަލީމް ބޯއި

14 February 2020

ސައްޓު ޤައުމީ ޓީމަށް ނެގުން މާ ލަސްވެއްޖެ... އޭނާއަކީ ތަފާތު ދައްކާ ކުޅުންތެރިއެއް... ތިކަހަލަ އެތައް ކުޅުންތެރިންނެއް އަދިވެސް އޭދަފުށީގައި އެބަތިބި.. ބައެއް މީހުނަަށް ހަޖަމްނުވާތީ ނާންނަނީ ކުޅެން.. ޚާއްސަކޮށް މަހިބަދޫ

The name is already taken The name is available. Register?

އަލީބޮޑޭ

14 February 2020

ސައްޓު އަކީ މުޅި އޭދަފުށި އަބަދުވެސް ފަހުރުވެރިވާ ޒުވާނެއް. މަރުހަބާ ސައްޓު.

The name is already taken The name is available. Register?

މާޅޮސް

14 February 2020

ވަރަށް އުއްމީދު ކުރިދުވަހެއް.... މިދުވަހަށް އުއްމީދު ކުރާތާ 15 އަހަރުވަނީ، ސްކޫލްދައުރުން ފެށިގެން ތިކުޅުން ފެނިފަ އަބަދުވެސް އުއްމީދު ކުރީން ޤައުމީ ޖާރޒީ ލާނެދުވަހަކަށް. ތިޑިސިޕްލީން، ތިހިތްވަރު، ތީހަމަ ނަމޫނާއެއް... ތިގޮތުގައި ކުޅެ މިގައުމުގެ ފުޓުބާޅައިގެ ތާރީޚްގައި ވަރުގަދަ ލެޖެންޑަކަށް ވާތަން ދެކެން މިހާރު ބޭނުންވަނީ... ވަރަށް އުއްމީދު ކުރިން ބޭބެ(މަޖިއްޓޭ) ވެސް ގައުމީޓިމުގައި ކުޅޭތަން ދެކެން.... އަހަރެމެން މާޅޮހު ބްރޯސްގެ ހުރިހާ ހެޔޮދުއާ...

The name is already taken The name is available. Register?

ގައުމުގެ ދޫ

15 February 2020

އެހެންމީހަކަށް ތައުރީފުކޮށްފަ ހުއްޓަ ފެންނަނީ ވަރަށްމަދުން، ވަރަށް އުފާކޮށްފިން އަނެކާއަށް ލިބޭ އުފަލުގައި ހެޔޮހިތުން ބައިވެރިވާތީ. ބަރަކާތް ލައްވާށިއެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454