ޓީޓީ އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯ މެމްބަރު ތާޅަފިލި އަލިބެ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
23 ސެޕްޓެމްބަރ 2020 - 12:02
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)، ޓީޓީގެ އެއްވެސް އިމާރާތެއް ބޭނުންކުރުން މަނާކޮށްފި އެވެ.
އަލިބެ ވަނީ ނިމިދިޔަ ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ ޓީޓީ އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އެ މައްސަލައިގައި އަލިބެ ބޭނުންވި ގޮތަށް އިންތިހާބު ފަސްކުރަން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމުމާ އެކު ޓީޓީ އެސޯސިއޭޝަނުން ވަނީ އިންތިހާބު ބާއްވައިފަ އެވެ. އިންތިހާބު ބޭއްވުމުން އަލިބެ ވަނީ ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފަ އެވެ.
ޓީޓީ އިންތިހާބު ކޯޓުގައި ކުރިއަށްދާނަމަ ރާއްޖެ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޓީޓީގެ ދުނިޔޭގެ އިދާރާ އައިޓީޓީއެފް އިން ވަނީ ދީފަ އެވެ.
ޓީޓީ އެސޯސިއޭޝަންގެ ޖެނެރެލް ސެކްރެޓަރީ އިސްމާއިލް ސުޖާއު މިއަދު "މިހާރަ"ށް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުގެ އެކްސްކޯ އިން ބަލަމުން އަންނަ މައްސަލަ އަކާ ގުޅިގެން މި ވަގުތު ޓީޓީގެ އެއްވެސް އިމާރާތެއް ބޭނުންނުކުރަން އަލިބެ އަށް އަންގާފައިވާނެ ކަމަށެވެ.
"މި ވަގުތު މި ދަނީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން. ދެން މައްސަލައިގެ ރިވިއު ޕްރޮސަސްގެ މި މުއްދަތުގެ ތެރޭގައި އަލިބެ އަށް ވާނީ އަންގާފައި ޓީޓީ އިމާރާތް ބޭނުންނުކުރަން. އެކްސްކޯ އިން ދެކެނީ މައްސަލައެއް ބަލަމުން އަންނަ ދަނޑިވަޅެއްގައި މިއީ އެންމެ ރަނގަޅު ގޮތްކަމަށް. ދެން މި މައްސަލައިގައި އެކްސްކޯ އިން ގޮތެއް ނިންމުނުހާ އަވަހަކަށް އަލިބެ އަށް މައުލޫމާތު ފޯރުކޮށްދޭނަން،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ބަލަމުން މި ވަގުތު ރިވިއު ކުރަން ޖެހޭ ކަންތައްތަކެއް ހުރީމަ އަލިބެއާ ގުޅޭގޮތުން ބަލާ މައްސަލަ ހާމަކުރެވެން ނެތް ކަމަށެވެ.
ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލިބެ ފަހަކަށް އައިސް ގިނަ ފަހަރެއްގެ މަތިން ވަނީ ކޯޗެއްގެ ގޮތުގައި ވެސް ފެނިފަ އެވެ. އަލިބެ އަންނަނީ ކުޑަކުދިންނަށް ޓީޓީ ދަސްކޮށްދިނުމުގައި މަސައްކަތްތަކެއް ކުރަމުންނެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރީ އަލީ ރަޝީދު (އައްޔަ) ގެ ޓީމުންނެވެ. އައްޔަގެ ޓީމުގައި ނައިބަކަށް ހުރީ ކުރީގެ ކުޅުންތެރިޔާ އަދި ކާމިޔާބު ކޯޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އިބްރާހިމް ޝިއުރީ އެވެ. ޓީޓީ އެސޯސިއޭޝަންގެ އާ އެކްސްކޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބަަލައިގަނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުބެ3030
24 September 2020
ކޮން އިރަކުންތޯ ސުޖާގެ މައްސަލަ ތަށް ބަލާނީ؟ އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއް! އޮލިމްޕިކް ކޮމިޓީ، ކުޅިވަރު ކައުންސިލް ތިބެނީ ނިދާފަ ތޯ ތި ސުޖާ ހިތުހުރި ގޮތަކަށް ކަންތައް ކުރާއިރު؟
ބިކާރީ ބްރަދަރ
24 September 2020
ޓީޓީއޭއެމް އިން ކުރި ވަރަށް ހަޑިމުޑުދާރު ކަމެއްމީ. މީގެންފެންނަނީ އައްޔަގެ ލީޑަރޝިޕް ނެތްކަން. ނުވަތަ ބަދަލުހިފުމުގެ ރޫޙުއޮތްމިންވަރު. އަލިބެ ގެ ހައްގެއް ކޯޓަށްދިއުން. ކުރިންވެސް އައްޔައަކީ ސުޖާ ކަހަލަ އަމިއްލައެދުމުން ފޯވެފައިވާ ދެތިންމީހެއްގެ ކޮންޓްރޯލްގައިހުރި މީހެއް. މިހާޜުވެސް އެގޮތަށް. އެސޯސިޢޭޝަނަކީ ވަކިކުޅުންތެރިއެއްގެ މައިންބަފައިންގެ ތަރިކަމުދަލަކަށް ހަދަމުންދާ މަންޒަރުވެސް ފެނޭ. ޓީޓީއަށް ބަނަދުވަސްތަކެއް އަންނަންއޫޅކަމަށްފެނޭ.
ބަށްޓޭ 'ޒ
24 September 2020
މި ބަދަލާއި ގުޅިގެންއެކަނި ހަމަ އެކަނި ވަދެވޭނީި ބަށި ކުޅޭ ތަންތަނަށް
ބޯޅަ1
24 September 2020
މިގޮތަށް ސަސްޕެންޑް ކުރަންޖެހޭ ބާސްކެޓް ބައްޕަ ހެދިގެން އެއުޅޭ ސުޕުންވެސް މިހާރުވެސް ހުރީ މުސާރަ ހިގާގޮތަށް ލަންކާގައި، 10 މަސް ވަނީ!
ސެމްސެމް
24 September 2020
މައްސަލަ ބަލަންވީ ސުޖާޢުގެ އާއި ޖާދުއްﷲ ގެ މައްސަލަ. މި ދެ މީހުންގެ މައްސަލަ ވަރަށް އަވަހަށް ރައްޔިތުންނަށް ތިލަ ވެގެންދާނެ. އިންތިޒާރުކޮށްލައްވާ!
ރަނގަޅު
24 September 2020
ވަރަށް ރަނގަޅު ވާހަކައެއް. ތި ދެމީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބެލުމައް ގޮވާލަން. ރައްޔިތުންނައް ހުރިހާ ކަމެއް އެނގެންޖެހޭނެ.
ސޫޒަން
23 September 2020
ކުޅި ވަރުގަ ވާދަ ވެރިކަން އޮންނާނެ އެވެ. އެކަމު ޒާތީ ވެގެން ނުވާނެ އެވެ ރަނގަޅު ވާހަކަ އެއް ، އެކަ މަކު ބާސްކެޓް ކުޅިވަރުގަ ޒާތީ ވޭ މާ ބޮޑައްވެސް
ވައިސޫރި
23 September 2020
ސަރުކާރުގެ އިމާރާތަކައް ދިވެހިރައިއްޔަތެއްގެ ހައިސިއްޔަތުންނުވަދެވޭގޮތެއެއް ހެދިދާނެތޯ ނަމަވެސް ކުޅިވަރާ ބެހޭ ކަމެއް ރާވާހިންގުން މަނާކުރެވިދާނެ މިހާރުތިޔަވާގޮތުން ސިޓީއެއްލުމައް ނުވަތަ ޖަވާބެއް ހޯދާލުމައްވެސް އަލިބެއަކައް ނުދެވޭ ކޮބައިތޯ އިންސާފަކީ
އަހުމަދު މުސްތަންސިރު
23 September 2020
ހެހެހެހެހެ.ދެރަކަމެއް ނޫންހެެއްޔެވެ.ކުއްވެރިވާ މީހާއަށް އޭނާ ކުއްވެރިވާ މައްސަލައަކީ ކޮބައިކަމެއް ނޭގެއެވެ.އަޖަބުވެ އަންތަރީސް ނުވާނެހެއްޔެވެ.ކުއްވެރިވާ މީހާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތާއި،ކުށުން ބަރީޢަވުމަށް އޮންނަ ފުރުސަތެއް ނުދީ ބަލާނީ ކޮން މައްސަލައެއް ހެއްޔެވެ.މި ޤައުމުގަ އޮތީ ބަދަލު ހިފުމެވެ.ބަދަލު ހިފުމުގެ ރޫހު ދޫކޮށްލައި ތިޔަ ބުނާ ގިނަ މީހުން ވޯޓު ދިން އެޖެންޑާ ކުރިއަށް ގެންދެވޭތޯ ބަލާށެވެ
ކޮރަލް
23 September 2020
ކުޅި ވަރުގަ ވާދަ ވެރިކަން އޮންނާނެ އެވެ. އެކަމު ޒާތީ ވެގެން ނުވާނެ އެވެ. ރާއްޖޭގަ މަތީ ފެންވަރުގެ ކުޅުންތެރީން ނާ ކޯޗުން މަދުވީމަ ގުޅިގެން މަސައްކަތް ކުރީމަ ރާއްޖެ އަށް ފައިދާ ވާނެ އެވެ. މައްސަލަ އެއް ޖެހުނަސް އީގޯ ދޫކޮށްލާފަ އެއްތަށި މަތިން ސައި ބޯލާ އެކަކު އަނެކަކަށް އިހްތިރާމް ކުރަން ވާނެ އެވެ. ގިނަ ދިވެހީންނަކީ ހިތް ހެޔޮ ބައެކެވެ.
ހަކީމް
23 September 2020
ޑިސިޕްލިނަރީ މައްސަލައޭ ކިޔަން ސުޖާ ލަދެއް ނުގަނޭބާ. މިހާ ތަނައް ޓީޓީގަ އުޅުނު އެންމެ އަންޕްރޮފެށަނަލް ސެކެޓްރީ ޖެނެރަލް ތީ. ވަރަށް ގިނަ ބަޔެއްގެ އިތުބާރު ގެއްލިފަ ހުރި މީހެއް.