21 އޮކްޓޯބަރ 2020 - 11:52
ކުޅިވަރުގެ ގާނޫނު އިސްލާހުނުކޮށް އޮތީ ރޭވުމެއްގެ ދަށުން ސަރުކާރުން ކުޅިވަރަށް ނުފޫޒު ފޯރުވަން ކަމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކައެއް ކަމަށާއި ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރަން ޖެހޭ ކަމަށެވެ.
ހަސަން ވިދާޅުވީ ގާނޫނު އިސްހާލުކުރަން އޭރު ހުށަހެޅި އެއް ސަބަބަކީ ރައްޔިތުން އޭރު އެންމެ ބޮޑަށް ފާޑުކިޔަމުންދިޔަ އެއް ކަމަކީ ކުޅިވަރު ހިންގުމުގައި ހުރި ނުރަނގަޅު ކަންކަމަށް ކަމަށް ވާތީ އާއި އޭރު ދައްކަމުން ދިޔަ އެއް ވާހަކައަކީ ކުޅިވަރު ހިންގާއިރު އެކަންކަން މޮނިޓާކޮށް އިވެލުއޭޓްކޮށް ބެލޭނެ ގޮތްތަކެއްގެ ވާހަކަ ކަމަށްވާތީ ކަމަށެވެ.
އަދި ގާނޫނު އިސްލާހުކުރުމަށްޓަކައި ފާހަގަކޮށްފައިވާ އެއް ކަމަކީ މިހާރު އޮތް ކުޅިވަރުގެ އޮނިގަނޑުން އެއަށް ވުރެ ބޮޑަށް ހަރުދަނާކުރުން ކަމަށާއި އޮނިގަނޑުގައިވާ އެހެން މުއައްސަސާތައް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާއި ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަން ސްޕޯޓްސް އިންސްޓިޓިއުޓްގެ މަސައްކަތްތަކާ ސްޕޯޓްސް ކައުންސިލްގެ ދައުރު ކިހާ ވަރަކަށްތޯ ފުށުއަރަނީ ބެލުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ސަރުކާރުގެ ވައުދަކީ ކުޅިވަރުގެ ގާނޫނު އިސްލާހުކުރުމަށް ފަހު ކުޅިވަރާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ. އެހެންވެ ކުޅިވަރުގެ ގާނޫނު އިސްހާހުކުރުމަކީ، ކުޅިވަރުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ވަރަށް މުހިއްމުވެފައި އޮތްކަމެއްކަން ހަސަން ފާހަގަކުރެއްވި އެވެ.
"ފެނިގެން މިދަނީ 2020 ވަނަ އަހަރު. (މި އަހަރު) ވެސް ނިމިގެން މިދަނީ. މިއީ އޮކްޓޫބަރު. މެދުން ނައްޓާފައި މިއޮތީ. އަދިއެއް އަޅުގަނޑުމެންނަށް ނުފެނޭ އެކަހަލަ މަންޒަރެއް، ހަމަގައިމު ވެސް އެދެވޭ ގޮތެއްގައި އެ މަސައްކަތްކުރެވޭތަނެއް (ނުފެނޭ)،" އެކަމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަދި އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން ކަންބޮޑުވާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވި އެވެ.
އެކަން ނުވަނީ ކީއްވެތޯ ނޫސްވެރިޔާ ހުސެއިން ފަރިޔާޒު ސުވާލުކުރުމުން ހަސަން ވިދާޅުވީ މިއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށާއި އެކަމަކު ހަގީގަތަކީ ގާނޫނު އިސްލާހުނުކޮށް ހިފަހައްޓަނީ ސްޓްރެޓެޖީއެއްގެ ދަށުން ވަކި ވިސްނުމެއްގެ ދަށުން ރޭވުމުގެ ތެރެއިން ކަމަށެވެ. ހަސަން ވިދާޅުވީ ބައެއް ގަވާއިދު ނުހެދުމާއި ގާނޫނަށް ބަދަލުނުގެނެވުން ފަދަ ކަންކަން ފަރުވާކުޑަވެގެން ނުވަތަ އިހުމާލުން ވެދާނެ ކަމަށާއި އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުޅިވަރުގެ ގާނޫނު އިސްލާހުނުކޮށް އޮތީ ގަސްދުގައި ކަމަށެވެ.
ހަސަން ވިދާޅުވީ މި އަހަރަކީ ކުޅިވަރު އިންތިހާބު އޮންނަ އަހަރުކަން 2018 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު އެނގޭ ކަމަށެވެ. އެހެންވެ މިދިޔަ އަހަރު ގާނޫނު އިސްލާހުކުރަން އޭރު ވާހަކަ ދެއްކި ސަބަބަކީ މި އަހަރުގެ އިންތިހާބުތަކުގެ ކުރިން ކުޅިވަރާ ބެހޭ ސިޔާސަތެއް އެކުލަވާލެވިފައި އަދި އެކިއެކި މުއައްސަސާތަކުން ކުރާނެ ކަންކަން ދެނެގަނެވި، އަދި އެސޯސިއޭޝަނުގެ މަސައްކަތް ހިނހާ ނުހިނގާ ގޮތް ބެލެވި އިންތިޒާމުކުރުމަށްޓަކައި ކަމަށެވެ.
"އެހެން ނަމަވެސް މި އަހަރުގެ އިންތިހާބުތައް ބޭއްވި މިހާރު އެހެރަ ނިމެމުންދަނީ. ވަރަށް ގިނަ އިންތިހާބުތައް ބޭއްވިއްޖެ. ވަރަށް ގިނަ އިންތިހާބުތަކުގައި މައްސަލަ ހުރިކަން ވެސް މީޑިއާ އިން އެކިއެކި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ހަސަން ވިދާޅުވި އެވެ. "އެއީ ގަސްދުގައި މިކަންކަން ވަކި ގޮތަކަށް ކޮށްލެއްވުމުގެ ބޭނުމުގައި ސަރުކާރުންކޮށްފައި އޮތް ކަމެއް. މިއީ ކޮންމެހެން އަޅުގަނޑު ދަންނަވަން ބޭނުން ވާހަކައަކަށް ނުވިޔަސް މި ވާހަކަ އެބަޖެހޭ ދައްކަން."
އެކަންކަމަށް އިޝާރާތްކުރައްވައި ހަސަން ވިދާޅުވީ މިހާރު ފެންނަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980 އާއި 1990 ގެ އަހަރުތަކުގައި ކުޅިވަރުގެ ކަންކަން ހުރި ހިސާބުގައި ކަންކަން އޮތް މަންޒަރު ކަމަށެވެ. އަދި ޝަކުވާއެއް އުފުލާނެއް ތަނެއް ހޯދުމާއި ދެނެގަތުން އެހާމެ އުނދަގޫ ކަމަށާއި ދެނެގަނެ އެ ޝަކުވާ އުފުލީމާ ދެން އެވާ ގޮތް ވެސް އެބަ ފެންނަ ކަމަށް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ކުޅިވަރު ގާނޫނު އިސްލާނުކޮށް ބާއްވަނީ ނުފޫޒު ފޯރުވުން ފަދަ ކަންކަން ފަސޭހައިން ވާނެތީ ކަމަށެވެ. އަދި ގާނޫނު ދޫކޮށްފައި ހުންނަ ބާރުތައް ވެސް ދޫނުކޮށް ބޭއްވުމުން، އަތަށް ހުރިހާ ބާރެއް ނަގައިގެން އެވިސްނުން ހުންނަ މީހުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް އިޝާރާތްކުރައްވައި ބަހުގެ ހަމަލާތަކެއް ފޮނުވާލެއްވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މަހުލޫފު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭ ކުޅިވަރު ސިޔާސީ ނުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށެވެ.
ކުރިއާ އަޅާބަލާފައި ހުރިހާ ކުޅިވަރަކުން ވެސް އެތައް ކުރިއެރުން އެތައް ކާމިޔާބީއެއް ލިބިފައިވާކަން ކުޅިވަރު އެސޯސިއޭޝަންތައް އަދި އެތުލީޓުން ބަލައިގަންނަކަން ކަށަވަރު،" މަހުލޫފު ޓްވީޓްކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީޑޯސް
22 October 2020
ރާއްޖޭގައި ކުޅިވަރެއް ކުޅޭތަށް އެބަ؟ ރާއްޖެޔަށް އެންމެ މުހިމީ ކްރިކެޓް ސްޓޭޑިޔަމެއް!!!
މޫސަ123
21 October 2020
ދެން ނެތެއްނޫންތޯ ސަލާމަތެއް ފުރުތަމަ ބުނީ އަޅުގަޑުމެނަށް ވެރިކަން ލިބިއްޖެނަމަ ހުރިހާކަމެއް ރަތްޔިތުން ބޭނުންވާގޮތަށް ކޮށްދޭނަމޭ ދެންބުނީ މަޖިލިސް އިންތިޚާބު ކޮންމެހެން ކާމިޔާބުކޮށްދެއްވާށެ ވައުދުތައް ފުއްދުމަށްޓަކައި މަޖިސް އެއްކޮށްހެން ތިޔައޮތީ ލިބިފަ މިހާރު ތިކިޔަނީ ކީކޭތޯ ؟ ލަދުގަނޭތަ؟؟
މަފް
21 October 2020
ހަސަން ލަތީފު ބޭނުންވާ މީހުން ނުހޮވުމަކީ މަހޭގެ މައްސަލައެއްނޫން
ބިލް ކުލިންޓަން
21 October 2020
މަހޭ، މާރިޔާ އިމްރާނު، މަލީހު، އިމްރާނު، އަސްލަމު މިހުރީ ހުސް ކަނޑާލަންޖެހޭމީހުން. ބޭކާރުމީހުން.
ރަދީފްއޮފިޝިއަލް
21 October 2020
މިކަމުގަ ރޯނުއެދުރު މަރޭގެ ހިޔާލެއް ހިމަނާލިނަމަ ލިޔުން ވަރަށް ފުރިހަމަވީސް.
އޮނަރަބްލް އަފީފު ދީދީ
21 October 2020
ވެރިކަން ހޯދަން ރައްޔަތުންނަށް ދޮގު ވައުދު ވުމަކީވެސް ޙިޔާނާތް ތެރިވުން ކަމުގައި ބެލެވިދާނެ. # ހާއްސަކޮށް އިންތިޙާބެއް ކާމިޔާބު ކުރާން ހުށަހަޅާ މެނިފެސްޓޯއާއި ދިމާ އިދިކޮޅަށް ވެރިކަން ލިބުމަށްފަހު ކަންކުރުމަކީ އޭނާއަށް ރައްޔަތުން ދިން ވޯޓްގެ ޤާނޫނީ ސައްޙަކަމާއިމެދު ސުވާލު އުފެދި އޭނާ ވެރިކަމުގައި ހުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމެއްކަން ޑިމޮކްރަޓިކް ހަމައިން ކަޑައެޅިދާނެކަން ހަސަން ލަތީފަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ. މިއީ މިކަންއޮތްގޮތްނޫންތޯ؟
އޭނާ
21 October 2020
ވަރު ހުރި ރ.މަޖިލީހެއް ދިވެހިންނައް ލިބިފަމިޔޮތީ!! ކުރާނެއް ކަމެއް ނެތް. ހެމީހުންގެ ޑުރާމާ ބަލަން ތިބެންވީ.
ޒިންދަގީ
21 October 2020
ހަސަންކޮމެން ކޮންމެސް އެއްޗެއްކިޔައިގެން ބޮޑުވަޒީރު ރުއްސޭތޯ ބަލާތި.
އޮނަރަބްލް އަފީފު ދީދީ
21 October 2020
އިންތިޙާބުގައި ވޯޓްހޯދަން އެމްޑީޕީ ތައްޔާރުކުރި މެނިފެސްޓޯ ބަޔަކު ވަގަށް ނެގީތޯ؟ އަދި ސޯލިޙް ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކައެއްވެސް ހުވާކުރެއްވި ރަސްމީއްޔާތުގައި ދެއްވެވި ޖަޒުބާތުން ފުރިގެންވީ ތަޤުރީރާއިއެކު ޖައްވަށް ހަވައަށް އަރައިގެންދިޔައީތޯ؟ އެމްޑީޕީގެ މެންބަރުންނަށާއި ސޯލިޙްއަށް އަހަރުމެން ވޯޓް ދިނީ "އެއްރަށް ދައުލަތް ސިޔާސަތު ދޫކޮށް" އިދާރީ ޤާނޫނީ ސަރަޙައްދުތަކެއްހަދާ ޤާނޫނުއަސާސީގައި ބުނެ އަމުރުކޮށްފައިވާގޮތަށް ލާމަރުކަޒީ އުސޫލުން ކަންކަންކުރުމަށް.
އަލިހަންދްރޯ
21 October 2020
ހަސަންކޮ މިއީ މިހާރު ޕީޕީއެމް ބޭފުޅަކީތޯ؟ އަޅުގަނޑަށް މިހާރަު އޮޅިއްޖެ!
މޫސަ123
22 October 2020
މިނަށްވުރެ ނާގާބިލް ސަރުކާރެއް ގައުމާ ހަވާލުވީމަ އެމީހުން އަމިއްލަޔަށް ކޮސްގޮވޭނެ ...