މަނީ ލޯންޑަރިންގެ ކުށް ސާފު، ޔާމީނަށް އިންތިހާބު ސާފެއް ނޫން

ނޮވެމްބަރު 30، 2021-- ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހެއް އެމަނިކުފާނުގައި ބައްދާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިދިކޮޅު ލީޑަރުންނަށް ޖަލު ހުކުމަކާ ކުރިމަތިނުވެ ދިއުމަކީ ރާއްޖޭގައި މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރުމަކީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އިދިކޮޅު ލީޑަރަކު އެހާ އަވަސް ގޮތަކަށް މިނިވަންވި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގެ ނިންމުން ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ނިންމުމަކަށްވި އެއް ސަބަބަކީ ވެސް އެއީ އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތާއި އިދިކޮޅު ސިޔާސީ ލީޑަރުގެ ހައިސިއްޔަތު ރަސްމީކޮށް އަލުން ލިބިވަޑައިގަތީ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުގައި ނެރެފައި ވިޔަސް، އިތުރު ކުށެއް ސާބިތުވެ ނުވަތަ ހުކުމެއް މި ވަގުތަކަށް ނެތެވެ. ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުމަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް ޔާމީނަށް ދައުވާކުރާ އިތުރު މައްސަލަތަކެއް އެބަހުއްޓެވެ. މިހާތަނަށް ޖަލު ހުކުމެއްގައި ހުންނެވުމުން އެ މައްސަލަތަކަށް އާންމުންގެ މާ ބޮޑު ސަމާލުކަމެއް ނެތަސް، ސުުޕްރީމް ކޯޓުގެ ހުކުމަށް ފަހު އެންމެންގެ ސަމާލުކަން އަނެއްކާވެސް އެނބުރިގެން ދާނީ މި ޝަރީއަތްތަކާ ދިމާލަށެވެ. ޔާމީންގެ މައްޗަށް މިވަގުތު ދެ މައްސަލައެއްގައި ތަފާތު ހަތަރު ދައުވާއެއް ދައުލަތުން އުފުލާފައި އެބައޮތެވެ. އެ މައްސަލަތަކުގައި ވެސް ކޮށްފައިވަނީ އާދައިގެ ދައުވާތަކެއް ނޫނެވެ.

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައި އެބަ އޮތެވެ. މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެެއް އަންނާނެ އެވެ. ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. މި މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ފަށާފައިިވާއިރު، ދެން ކުރިއަށް އޮންނާނީ ޝަރީއަތުގެ މަރުހަލާ އެވެ. ޔާމީން މިނިވަންވުމުން އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ވެސް މި މައްސަލައިގަ އެވެ. އެހެންވެ، ދެން އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ މައްސަލައަކީ ވެސް މިއީ ކަމަށް ބެލެވެ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާކުރީ މިދިޔަ ހަފުތާގަ އެވެ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެގުމަށް ފަހު އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ރިޝްވަތުގެ އިތުރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް ސާބިތުވިޔަސް، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިހާތަނަށް އަދި ނުފަށަ އެވެ.

އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް --- ފޮޓޯ/މިހާރު

ގާނޫނުއަސާސީ ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ. އެ ފުރުސަތު އަލުން ލިބޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ ތިން އަހަރުވުމުންނެވެ. ރިޔާސީ އިންތިޚާބަށް ބާކީ އޮތީ ދޮޅު އަހަރެއްހާ ދުވަސް ކަމަށްވާތީ މިހާރު ދައުވާ އުފުލާފައިވާ އެއްވެސް މައްސަލައެއްގައި ކުށް ސާބިތުވެއްޖެ ނަމަ، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަނެއްކާވެސް ގެއްލޭނެ އެވެ.

ހަމައެހެންމެ، ދައުލަތަށް ގެއްލިފަައިވާ ފައިސާތަކާ ގުޅިގެން އުފަައްދާފައިވާ ރިޔާސީ ކޮމިޝަނުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރުސީގެ މައްސަލާގައި ދަނީ އިތުރު ތަހުގީގުތަކެއް ހިންގަމުންނެވެ. އެ މައްސަލަތަކުގައި އިތުރު ތުހުމަތުތަކެއް ޔާމީންގެ މައްޗަށް ކުރުމުގެ ފުރުސަތު އެބައޮޮތެވެ.

ޔާމީން މިިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މަނީ ލޯންޑްރިންގެ ކުށްތަކާ ގުޅޭގޮތުން ސުވާލު އުފެދިފައި ހުރި ވަރަށް ގިނަ ސުވާލުތަކަކަށް ޖަވާބު ލިބި އަދި ދައުލަތުން ހަދާފައި ހުރި ގޯސްތައް ވަރަށް ބޮޑަށް ތިލަކޮށްދިން ނިންމުމެކެވެ. އެ މަނިކުފާނަށް ދަށު ކޯޓުގައި މިހާރު ވެސް އުފުލާފައި އޮތީ މަނީ ލޯންޑްރިންގެ ދައުވާތަކެއް ކަމަށް ވާތީ، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ދެން ހުރި މައްސަލަތަކުގައި ދަށު ކޯޓުގައި ދައުލަތުން ކުރާ މަސައްކަތް ވަރުގަދަކުރާނެ ކަމަށް ބެލެވެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން: -- މިހާރު ފައިލް ފޮޓޯ

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީންގެ މައްޗަށް ދެން އުފުލާފައި ހުރި އެ ދައުވާތަކަކީ ވެސް އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި އެ ދައުވާތައް ކުރަނީ އެއްވެސް ހެއްކެއް ނެތި އަދި ސިޔާސީ ގޮތުން އެ މަނިކުފާނަށް އަމާޒުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަތަކުގެ ތެރެއިން ޔާމީނަށް އިތުރު ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އަޅުގަނޑުމެންގެ މުޅި ފޯކަސް އަދިިވެސް އޮންނާނީ، އަޅުގަނޑުމެން މާދަމާއިން ފެށިގެން ވެސް އެނބުރި ގަންނާނީ ސަރުކާރުން އެ މަނިކުފާނަށް ކުރިމަތިިކޮށްފައިވާ، ޚާއްސަކޮށް ދަށު ކޯޓާއި ދެން ހުރި މައްސަލަތަކަށް އެޓެންޑް ކުރުމަށް-- ޑރ. ޖަމީލް

"ކުރިއަށް މިއޮތް ދުވަސްތަކުގައި ވަރަށް ގިނަ ދުއްތުރާ ރައީސް ޔާމީނަށް ކުރިމަތިިކުރާނެ މި ސަރުކާރުން. ވަރަށް ގިނަ ދުއްތުރާތަކާއި އުނދަގޫތައް އެ މަނިކުފާނަށް ކުރިމަތި ކުރާނެ. އަޅުގަނޑުމެންގެ މުޅި ފޯކަސް އަދިިވެސް އޮންނާނީ، އަޅުގަނޑުމެން މާދަމާއިން ފެށިގެން ވެސް އެނބުރި ގަންނާނީ ސަރުކާރުން އެ މަނިކުފާނަށް ކުރިމަތިިކޮށްފައިވާ، ހާއްސަކޮށް ދަށު ކޯޓާއި ދެން ހުރި މައްސަލަތަކަށް އެޓެންޑް ކުރުމަށް،" ޔާމީން މިނިވަންވެ ވަޑައިގަތުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވި އެވެ.

ޔާމީން މިނިވަންވެ ވަޑައިގެން، އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމަކީ އިދިކޮޅު ކޯލިޝަނަށް ސަޕޯޓްކުރާ އެންމެންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެ މަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތުމަކީ ވެސް އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފުޅާވެގެންދާނެ ސަބަބެކެވެ.

ނަމަވެސް މިކަން ބިނާވެފައި އޮތީ އެ މަނިކުފާނަށް މިހާރު އުފުލާފައިވާ ދައުވާތަކުގެ ހުކުމް އަންނަ ގޮތެއްގެ މައްޗަށެވެ. މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ސާފުކޮށް ބުނެދީފި އެވެ. އެހެންވެ އެ ހުކުމުން ސާފުވި ކަންކަމުން ދައުލަތުގެ ދައުވާ ވަރުގަދަ ވެސް ކުރާނެތީ ޔާމީނަށް އަދިވެސް ރިޔާސީ އިންތިހާބު އެހާ ސާފެއް ނޫނެވެ.

6 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 7%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޑިއާ އައުޓް

04 December 2021

ދިިވެހިރައްޔެތުން މި އެމް ޑީ ޕީ ސަރުކާރަކަށް ރައީސް ޔާމީން އާއި ކުޅޭކަށް ދެނެއްފުރުސަތެއް ނުދޭނެ، ވަރަށް ސާފު.

The name is already taken The name is available. Register?

ހުކުކުހު

02 December 2021

ދައުލަތަކަށްދެން ފަސޭހައެއްނުވާނެ ދެކޮޅުނުޖެހޭ މައްސަލަތައް ކާމިޔާބުކުރާކަށް. ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ އަދީބާ ޒިޔަތުގެ ހެކިބަހަކީ ބުރަދަނެއް ނެތްއެއްޗެއްކަން. އެހުކުމް އެހެން އޮއްވާ އަދި އަދީބާ ޒިޔަތުގެ ހުކުމަކީ ނިހާއީ ހުކުމަށްވުމުން ދެން ދައުލަތަކަށް އެމީހުންގެ ހެކިބަހެއް ނުނެގޭނެ. އަދި ކޯޓުތަކަށް އެހެކިބަސް ބަލައެއް ނުގަނެވޭނެ. މިދެމައްސަލައިގައިވެސް ދައުލަތަށް އެހެން ހެތްކެއް ލިބިފައިނެތް. ހަމައެކަނި ބުންޏޭ ބުންޏޭ ވިޔޭ ކިޔޭ ފަދަ ހެކިހުރީ

The name is already taken The name is available. Register?

ލޯޑް ޑިޕްލޮކް

02 December 2021

ސްޕްރީމް ކޯޓަކީ އެކޯޓުން ކުރާ ހުކުމުގައި ބަނދެވޭ ބައެއް ނޫން. ރައްޔިތުންގެ މަޖިލީސް އިން ޤާނުނު ބަދަލު ކުރާ ގޮތަށް އެމީހުންގެ ހުކުމް ނުވަތަ ވަކި މައްސަލައެއްގައި ވަކި ފަނޑިޔާރުންތަކެއް ނިންމި ނިންމުން އެހެން މައްސަލައެއްގައި ދަމަހައްޓާކަށް ނުޖެހޭ. ޒިޔަތު އަދި އަދީބުގެ ހެކި ބަސް ޤަބޫލު ކުރަންޖެހޭ ހާލަތުގައި ޤަބޫލު ކުރާނެެ ކަމާ ދޭތެރޭ ޝައްކެއް ނުކުރަން. ނިންމި މައްސަލައިގެ ހުކުމް ކީއީމާ އެނގޭނެ މިބުނި "ވާހަކަ".

The name is already taken The name is available. Register?

ރީޝާމް

02 December 2021

ހެކި ގަބޫލް ނުކުރިޔަސް، ހެއްކެއް ނެތަސް، ކުރި ވައްކަމެއް ނުކުރާ ކަމަކަށްނުވާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

02 December 2021

ރިޔާސީ ރޭސް ސާފް.އެއީ ތަމެންނަށް ނޭނގި އޮތް ކަމެއް.

The name is already taken The name is available. Register?

ށަވިޔަނި

02 December 2021

ޔާމީނަށް ކޮންމެގޮތެއްވިއަސް ނަޝިދަށް ނޯނޯނޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454