ހައްޖަށް މީހުން ފުރަން އެއާޕޯޓުގައި: ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ހައްޖު ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 މާޗް 2023 - 12:18
މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނެ ފިރިހެނުން ހޯދުމަށް ދެ ވަނަ ފަހަރަށް އެ ކޯޕަރޭޝަނުން އިއުލާނުކުރީ މިމަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ލިބިފައި ނުވާތީ ކަމަށް ބުންޏެވެ.
އެކަމަށް ކުރިމަތިލާ މީހުންނަކީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަދަ ސިއްހަތު ރަނގަޅު މީހުންނަށް ވާންޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނީ އެ މީހުންގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހައްޖުވެރިންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ މައުލޫމާތު ދިނުމާއި ދަތުރުގައި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކެއުމުގެ އިންތިޒާމުތައް ކައްކާއިންގެ އިރުޝާދުގެ ދަށުން ބެލުމާއި ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެންދިއުމާ ގުދަންކުރުން ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "ހައްޖާއި އުމުރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" މިމަހުގެ 22 ވާ ބުދަ ދުވަހުގެ 3:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެ ފޯމު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ މަސައްކަތަށް މީހުން ހޮވުމުގައި އަރަބި ބަހާއި އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ އަދި ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެހީތެރިންގެ އަދަދު ކަނޑައަޅާނީ އެ ކުންފުންޏަށް މިއަހަރު ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބެލުމަށް ފަހުގަ އެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް މިހާތަނަށް ލިބިފައި ވަނީ 1000 ކޯޓާ އެވެ. އެކަމަކު އެ އަދަދު 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ވަނީ ސައުދީ ސަރުކާރުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކުރު2025
19 March 2023
ހިލޭ ލޭބަރ މަސައްކަތް ކުރުވާފަ "ސިޔާސީ ޗޯރުން" އެއްވެސް ކަމެއް ނުކޮށް ހިލޭ ހައްޖު ކޮށްލައިގެން އައުމަށްވުރެ ސަޅި ނިޒާމެއް ނެތް ދެއްތޯ؟ ޕޮކެޓް މަނީއެއް، މަސައްކަތްކުރުވާނެ މިންވަރެއް ސާފުވާން ޖެހޭނެ.. ބަލިވެއްޖެނަމަ ބޭސްފަރުވާ އޮތްގޮތް ސާފުވާން ޖެހޭނެ.. މީ އިސްލާހަށް މަސައްކަތްކުރާ ދީނީ މީހުން އައީމަވެސް ވާގޮތް.. ފަހު ޒަމާނުގެ އަލާމާތްތައް މީ..
ބްރޯޒް
19 March 2023
އެތަނަށް ގޮސް ތިޔަ ހުރިހާ މައުލާުމާތެއް ސާފުކޮށްބަލަ. މިތާގައި ކޮމެންޓް ލިޔުނަކަސް ނޭނގޭނެ.
އަޅުމަސައްކަތް
18 March 2023
އުޖޫރައެއްނެތި ކުރާ މަސައްކަތަކީ އަޅު މަސައްކަތް. ޚާއްސަކޮށް ކުންފުންޏަކުން މިހެން އުޖޫރައަކާ ނުލާ މަސައްކަތްކުރުން ބަލައެއް ނުގަނެވޭ<
ދާދީ
19 March 2023
ތިން ހަފްތާގެ މަސައްކަތަށް 75000 ކުޑަތަ؟ އެއީ ހައްޖުދަތުރެއްގެ އަގު. އެގޮތަށް ވޮލަންޓިޔާ ކުރަންދާ އެންމެންނަށް ހައްޖު ލިބޭ
އިން
19 March 2023
ރައްޔިތުން އަތުން އެހާ ގިނަ ލާރި ނަގައިގެން ގެންދާ އިރު އެމީހުނަށް ޚިދުމަތްދޭން ގެންދާ މީހުނަށް ކީއްވެ މުސާރަ ނުދޭންވީ
ފިލޯނު
18 March 2023
މީހުން ލައްވާ ހިލޭ ސާބަހަށް މަސައްކަތް ކުރުވަން އުޅޭނެކަމެއް ނެތް؟
އަހުމޭ
18 March 2023
މުޅި އުމުރު ލާރި އެއްކޮށްގެން މުސްކުޅިވާ ދުވަހު ދިއުމައްވުރެން ރަނގަޅުދޯ؟ އެއްކުރި ލާރި ކޮޅު ސްކޭމެއްގަ ޖެހި ގެއްލިވެސް ދާނެ.
ލަންދޫ މީހާ
18 March 2023
މަ ބޭނުން ދާން
ހެ ހޭ
19 March 2023
ލަންދޫ އަޒީ
ނަމުރު
18 March 2023
ހިލޭސާބަހަށްތަ ހައްޖަށް މީހުން ގެންގޮސްދެނީ؟ އެހެންނޫނިނއްޔާ ހިލޭސާބަހަށް މަސައްކަތް ކުރާނެމީހުން ހޯދަނީ ކީެއްވެ؟؟
ކޮކް
18 March 2023
އަމިއްލައަށް ދެކޮޅު ޓިކެޓް ނަގައިގެން އަމިއްލަ ހަރަދުގަ ކެއުމާއި ދަތުރުފަތުރުގެ ހަރަދާއި ހޮޓަލުގެ ކުލިވެސް ދައްކާ ގޮތަށްތަ؟