ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް؛ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ވަނީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާނުކުރައްވާފައި-- ފޮޓޯ: މިހާރު
23 ސެޕްޓެމްބަރ 2023 - 23:06
އަންނަ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ނިންމަވައިފި އެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން މިރޭ ކުރެއްވި ޓްވީޓެއްގައި، އެކަން އިއުލާނު ކުރައްވައި، ޕާޓީގެ މެންބަރުންގެ ތާއީދަށް އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.
ހަސަނަކީ ޖުލައި 12 ވަނަ ދުވަހު ރަޖިސްޓްރީކުރި ޑިމޮކްރެޓްސް ޕާޓީގެ މުއައްސިސެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އިންތިހާބު އޮންނާނީ ޑިސެމްބަރު ދެ ވަނަ ދުވަހު ކަމަށް ނިންމީ މިއަދު ބޭއްވި ވަގުތީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ތާރީހު އިއުލާން ކުރުމާ އެކު، ޑިމޮކްރެޓްސްގެ ރައީސް ކަމަށް ނުކުންނަވާނެ ކަން، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބްގެ ރަނިންމޭޓް ހަސަން އަމްރު ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ އިތުރުން، އިލްޔާސް ވެސް ވަނީ ރައީސް ކަމަށް ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، މިހާތަނަށް އެކަން އިއުލާނުކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެސްޓް
24 September 2023
މީނަގެ ދާއިރާ މީހުން ކައިރީ އަހާލާ މި ކޮން ކަހަލަ މީހެއް ތޯ. ވަރަށް ފީކަޅާ މީހެއް. ހޮވުނީމަ ނުވެސް ފެންނާނެ.
ސްމޭޝް ފ
24 September 2023
ސާބަހޭ ޑިމޮކްރޭޓްސް. ވެރިކަމުގެ ބާރުތައް ރައީސާއި ބޮޑު ވަޒީރަށް ބަހާލަން ތިކުރާ މަސައްކަތަކީ މިގައުމުގައި އޮޓޯކްރެޓިކް ވެރިކަމުގެ ނިޒާމެއް ދެމެހެއްޓުނަ ނުދިނުމަށް ވެވޭ ގުރުބާނީއެއް! ރައީސަށް: ދައުލަތުގެ ވެރިޔާކަން - މިނިވަން މުއައްސަސާތަކާއި އޭޖީ އަދި ޕީޖީ އަދި ކައުންސިލްތައް ބޮޑުވަޒީރަށް: ސަރުކާރުގެ ވެރިޔާކަން - މިނިސްޓްރީތައް
ހަސަންކުރުސީދޯ
24 September 2023
ދެދުވަހަށް ވީމަ އަމުރުގެ ނަން ނަގާފަ އަންނިގެ ނަން ލާނީ
ހުޅުދޫ މުހޭ
24 September 2023
ޢިލްޔާސް ދެން ރިޓަޔަރ ކުރައްވާ.
ސަސު.
24 September 2023
ބޮޑުވަޒީރު އަނެއްކާ ތި ޕާޓީވެސް ރޫޅަންލަން އުޅެފާނެ
ރަދުންނ
24 September 2023
ސަސު އަށް ހިވާގޮތް ދޯ؟ ޖެލަސީ... ޖެލަސީ ތީދެން ބޮޑު ވަރު. އަޅައިގަނެގެން ނެއްޓެން ނޭގިގެނ ތިއުޅެނީ...
މަރުމޯލުރާޖާ
23 September 2023
އަނެއްކާވެސް ރޫޅެންއުޅޭހެން އެބަހީވޭ!
7% ބައި
23 September 2023
ތަޅައިގަނޭ. އަނެއްކަ ރޫޅެނީ.
ރަދީފު ބިން ރަފައިދާ
23 September 2023
ހަސަނު ތީ ނަޝީދުފެކްޝަން. އަމްރަކީ ލަބީބުފެކްޝަން.
ކަރީނާ
23 September 2023
ތީ ބޮޑުވަޒިރު އެންޑޯޒް ކުރާ ކެނޑިޑޭޓުތޯ