ހެންވޭރު ގެއެއްގައި ބިދޭސީއަކު ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަނީ. -- ފޮޓޯ | އިމިގްރޭޝަން
17 ޑިސެމްބަރ 2024 - 16:28
މާލޭގެ ގެއެއްގައި ސާފުތާހިރުކަން ކުޑަކޮށް، ކާބޯތަކެތި ހަދައި އާއްމުންނަށް ވިއްކަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނުން ރޭ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެ ބިދޭސީމީހާ ހިފެހެއްޓީ ލިބުނު ރިޕޯޓަކާ ގުޅިގެން ހެންވޭރު ގެއެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެތަނުގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔައީ އާއްމު މިންގަނޑާ ޚިލާފަށް، ވިޔަފާރީގެ ބޭނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަތުލައިގަތް ބިދޭސީ މީހާ ކާބޯތަކެތީގައި ޖަހަން ގެންގުޅުނު ލޭބަލް. -- ފޮޓޯ | އިމިގްރޭޝަން
އިމިގްރޭޝަނުން މީޑިއާތަކާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އާއްމުކޮށް ފިހާރަތަކުން ގަނެގެން ބޭނުންކުރާ ގިނަ ބާވަތްތަކެއް އެތަނުގައި ތައްޔާރުކުރެ އެވެ. އޭގެތެރޭގައި، ތެލުލި ފަތާއި މަހާއި ހެލެނބެލި ހުތް ޕެކެޓް ފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން ކޮށި ފޯއް ވެސް ޕެކެޓްކޮށްގެން ވިއްކަ އެވެ.
ބިން މަތީގައި ސަމާނުތައް ބަހައްޓައިގެން ބަންދުކުރަމުން ދިޔައިރު، މުޅިތަން އޮތީ ކެއިން ބުއިމަށް ތަކެތި ތައްޔާރުކުރާ ވަރަށް ވުރެ ނަޖިސްކޮށެވެ.
އިމިގްރޭޝަނުން ބުނީ އެ ވިޔަފާރި ބިދޭސީ މީހާ ހިންގީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ރާއްޖޭގައި ގާނޫނާ ޚިލާފަށް ވިޔަފާރި ހިންގާ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން އަންނަނީ ހުއްޓުވަމުންނެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ހޯމް މިނިސްޓްރީން ބުނެފައި ވަނީ އެ އޮޕަރޭޝަންގައި އިމިގްރޭޝަނަށް ވަދެވޭ ތަންތަނުގައި ވިޔަފާރިއަށް، އަދާޔާހިލާފަށް ގިނައިން ކާބޯތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އެހީވެ، މައްސަލަތައް ރިޕޯޓް ކުރަން "އިމިގްރޭޝަން ވޮޗް" ޕޯޓަލް ވަނީ ތައާރަފްކޮށްފަ އެވެ. މިދިޔަ ޖުލައި މަހު އާއްމުކުރި އެ ޕޯޓަލްއަށް ހަތަރު މަސް ތެރޭގައި ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ގަވާއިދާ ޚިލާފު ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 December 2024
ފިލާ ތިބެފަ، ކުއްލިއަކަށް، ޕުސްލާފަ، ފުންމައިގެން ނިކުމެތަ، އަތުލައިގަތީ؟
ކޮއްކޮ
18 December 2024
ތިކަމުގައި ހަމައެކަނި ބިދޭސީ މީހާގެ މައްޗަށް ފިޔަވަޅު އަޅައިގެން ތިކަމެއް ޙައްލެއްނުކުރެވޭނެ. ތިޔަ ފޮނިފޯއްތައް ވިއްކަން ބަހައްޓާ ފިހާރަތަކަށްވެސް ފިޔަވަޅު އަޅަންޖެހޭނެ. ސަބަބަކީ އެމީހާ މިޤައުމަށް އައީކީ ފޮނިފޯއް ހިފައިގެން އެ ވިއްކާކަށްނޫން. މިޤައުމަށް އެތެރެވާ މަސައްކަތް ފިޔަވާ އެހެން މަސައްކަތެއްކުރާނަމަ ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ.
ކަތްދައްތަ
18 December 2024
ދިވެހިންނަކީ އަބަދާ އަބަދުހެން ކޮންމެވެސް އެއްޗެއް ކާލަ ކާލާ ތިބޭ ބައެއް. ތިންއިރުގެ ކެއުމަށްފަހު ބިޑި ސުއްޓާ ސިގިރޭޓް ނޫނީ ދުފުން އޮންނާނެ. މިހާރު ދުފުން މިއޮތީ ޒަމާނީވެގެން ގޮސް ސުޕާރީއާ ފޮނި ފޯކުގެ ޒަމާނަށް އެޅިފަ. އަސްލު ދިވެހި ދުފުމެއް ދޮހާލާކަށް މިހާރަކު ނުލިބޭ. ދޮހާއިރު ލެވެނީ ހުނި ކަމެއް ޕުޓީ ކަމެއް ވަތްކެއް ނުވޭ. ބޭރުން ގެންނަ ވެޔޮބިލެތް އާންމުވެއްޖެ. ދުފިކިޔާ އެއްޗެއް ތަޢާރަފުކޮށްގެން ދިވެހިންގެ އަސްލު އޮޅުވާލައިފި.
މުޅިގުލްޝަންގައި ހިތް ދޫވެގެން
18 December 2024
މި ކައިކައި މީހާރު މި އުމުރު ހުސްވަނީ...ތާހިރުކޮން ހަދަން ވެއްޖެއެއްނުން ދެން،
ޕޯރޓަލް
18 December 2024
ބަލަ ތިޔަ ޕޯރޓަލް ދިވެހި ކޮށްބަލަ އަދި ތަންކޮޅެއް ފަސޭހައިން ހުށައެޅޭ ގޮތަށް ފަރުމާ ކޮށްބަލަ މިހާރު ތި ޕޯޓަލް އިން ގޮތުން ކުއްވެރި ވާނީ ނުވަތަ ނުރައްކާ އޮތީ ރިޕޯޓު ކުރާ ފަރާތަށް
raajje
18 December 2024
ނުހުއްޓޭނެތިޔަކަމެއް، ނުހުއްޓުވޭ އެއްސަބަބަކީ ތިޔަހެންހިފޭ ބޮންދުންނަށް އެކަށީގެންވާ އަދަބެއްނުދޭތީ! ޑީޕޯޓުކުރުމަކީ އަދަބެއްނޫން ވަރަށްގިނަފަހަރު އެއީ އެމީހުނަށް ބޮޑުއިނާމެއްދިނުންފަދަކަމެއް، ބޭނުންވެއްޖެނަމަ އަނބުރާ އަންނަންވެސްއާދޭ، ގަވައިދާހިލާފަށްއުޅުމުގެ އިތުރުން އެހެންމީހުނަށްގެއްލުންވާގޮތަށް ކާބޯތަކެތި ވިއްކާމީހުން ބޮޑުޖޫރިމަނާއެއްކޮށް ޖަލުގައި ރަނގަޅަށް ގާނާލަންޖެހޭ ކިހާބޮޑުކަމެއްމީދެން
ފެންސު
18 December 2024
ކޮބާބާ ހަގީގީ މައްސަލަޔަކީ؟ ސާފުތާހިރުކަން ކުޑަވުންތަ ނޫނީ އެންމެ ފުރަތަމައިނުންވެސް ވިޔަފާރީގެތެރެއަށް ވަނުންތަ؟ ސާފުތާހިރުކޮށް ކާބޯތަކެތި ހަދަންޏާ އެއީ މައްސަލައެއްނޫން!!؟؟ މަސައްކަތުވިސާގަ އައިސް މިކުރަނީ އަމިއްލަ ވިޔަފާރިވިއްޔަ.
ގެދޮރޭ
17 December 2024
ޤާނޫނަކުން ފޯއް އެތެރެކުރުން މަނާ ކުރަންފެނޭ. އަދި ފޯއް އެތެރެކޮށް، ވިއްކާ، ބޭނުން ކުރާ ކޮއްމެ މީހަކު 1މިލިރުފިޔާއިން ޖޫރިމަނާ ކުރޭ.
ކަނަމަދުފ
17 December 2024
އޭނަވެސް ފުރާންސް މީހުނާއި އެއްކޮށް ރަށްޔިތުކަންދީފަ ބަހައްޓާ.
ލޮލްބޮލް
18 December 2024
ހަހަހަހަހަ
ޖެެޒު
17 December 2024
އެފަދަފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް،ރައްޔިތުނަށް އިތުރުގެއްލުމެއް ނުލިބޭ ގޮތަށް ޑީޕޯޓް ކުރުން ރަގަޅުވާނެ.