ޑޮމިނިކާ އާއެކު ވިސާ ވެއިވާ އެއްބަސްވުމުގައި އިއްޔެ ސޮއިކުރަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
10 ޖުލައި 2025 - 10:20
ދިވެހިންނަށް ވިސާ އާ ނުލައި ޑޮމޮނިކާއަށް ދިޔުމުގެ މަގުފަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު އިއްޔެ "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުންނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.
ޑޮމިނިކާ އާއެކު ވިސާ ވެއިވާ އެއްބަސްވުމުގައި އިއްޔެ ސޮއިކުރަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަޓް އެރޮން އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދަނީ ކޮންމެ އަހަރަކު ވެސް ދަމަހައްޓަމުންނެވެ.
މިގޮތުން، ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖޭން ވަނީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހޯދައިފަ އެވެ.
ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 90 އަށް ވުރެ ގިނަ ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގޭ
10 July 2025
މިކަމުން އިގުތިސޯދަށް މާބޮޑު ފައިދާއެއް ނުކުރިޔަސް ރާއްޖޭގެ ޕާސްޕޯޓުގެ އަގުއަރާނެ ޕާސްޕޯޓުގެ އަގުއަރަނީ އެޕާސްޕޯޓަކީ ގިނަ ގައުމުތަކަކަށް އޮންއެރައިވަލް ފުރީ ވިސާ ލިބޭ ޕާސްޕޯޓަކަށް ވުމުން އަދި އޭގެ ސަބަބުން އެއްވަނަ ދުނިޔޭގެ ގައުމުތަކުން ވިސާ ހޯދަން ފަސޭހަވާނެ...
ހަސަންމަނިކު
10 July 2025
ރާއްޖޭގެ މައި ވިޔަފާރި ޓުއަރިޒަމުގެ މަސައްކަތާއި ގުޅިގެން ދިވެހިން ދަތުރުކުރަންޖެހޭ ބޮޑެތި ގައުމުތަކަށް، ޖަރުމަނު ފުރާންސް ފަދަ ގައުމުތަކަށް ވިސާލިބޭނެ ގޮތެއް އޮތްތޯ ބަލަންވީއެއްނުން.
ނަންނ
10 July 2025
ޑޮމިނިކާއޭ! އިންނާ ލިއްލާހި..މި ރާއްޖެއިން އެތަނަށް ފުލައިޓެއް އޮވޭ ބާ؟
ހުން
10 July 2025
މީ ގައުމަށް ލިބުނު ވ. ބޮޑު ކުރިއެރުމެއް. ހިނގާ އެންމެންވެސް ދަމާ. ދާންވާނެ. މަވެސް ދާނަން. މިފަހަރު ޑޮލަރު ކޮޅު ހުސްކޮށްލަންވާނެ..
ދޮންމަނިކާ
10 July 2025
ދޮންމަނިކަށް ފަތާފަ ދެވޭގޮތަށް ހަމަޖެއްސަދީބަލަ.. :)
ދިއްދޫމީހާ
10 July 2025
ކިހެނެއްތޯ ޑޮމިނިކާއަށް ދަތުރުކުރާނީ މިއުޅެނީ ޖެހިގެން ހުރި ޑޮކޯމެން ގެޔަށްވެސް ނުދެވިގެން އިޤްތިސާދު ރަނގަޅުކަމުން..
ޕަކަޗޭ
10 July 2025
ކުޑަމާލެއަށް ވިސާނުނަގާ ދެވޭނެގޮތެއް ހަމަޖައްސަދެއްވާ.
ފާތުމާ ހަބީބް
10 July 2025
ޝުކުރިއްޔާ ރައީސް މުއިއްޒު. އަޅުގަނޑު ޑޮމިނިކާޔައް ނުދެވިގެން އުޅޭތާ ވަރައް ޒަމާން ވެއްޖެ ވިސާ ހަމަނުޖެހިގެން. މިއީ ހުރިހާ ރައއްޔިތުންނައްވެސް ލިބުނު ވަރައް ބޮޑު ލުޔެއް. އެވްރީވަން އިޒް އިންޑީޑް ޓުރައިން ޓު ގޯ ޑޮމިނިކާ!!!!!!!!
ހަންކާ
10 July 2025
ޝެންގެން ވިސާ އަށް ގޮތެއް ހެދިއްޖެއްޔާ ކަމެއްވީ ކަމަށް ވާނީ. ރާއްޖެއިން ބައެއްގައުމަށް ދިޔުމަށް ޝެންގެންއަށް އެޕްލައި ކުރެވުނަސް ހާދަ އުންދަގޫ ކަމެކޭ އަދިވެސް އެއީ. ވަރަށް ގިނަ ދުވަސް ނަގާ ޕްރޮސެސްްވާން. ގިނަ ފަހަރު އަވަހަށް އެޕޮއިންޓްމަންޓެއް ނުލިބޭ. އެހާގިނަ ލިޔެކިޔުން އެއްކުރަންޖެހޭ އެޕްލައި ކުރަން.
ލުބްލާ2025
10 July 2025
މީހުން އާންމުކޮށް ދާން ބޭނުންވާ ތަންތަނަށް ވިސާ ފްރީކޮއްބަލަ. ކިހާދެރަކަމެއް. ނަމަކަށް ތިކަން ކުރާނެ ކަމެއްނެއް