އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ވޯކްޝޮޕެއްގައި: މުވައްޒަފުންނަށް ވަނީ 1،500ރ. ހަދިޔާ ކާޑެއް ދީފައި.
26 ޖޫން 2016 - 23:05
ރޯދަ ހަދިޔާގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް 1،500ރ. ގެ ވިޔަފާރި ކުރެވޭ ގިފްޓް ކާޑެއް މިއަދު ހަދިޔާކޮށްފި އެވެ.
މި ކާޑަކީ ރޯދަ ހަދިޔާގެ ގޮތުގައި މުވައްޒަފުންނަށް ހަދިޔާ ދޭން، ކައުންސިލަރު މުހައްމަދު ޔަސްރިފް ހުށަހެޅުއްވި ހުށަހެޅުވުމަކާ ގުޅިގެން ކައުންސިލުން މަޝްވަރާކޮށް ނިންމި ނިންމުމެއްގެ މައްޗަށް ދިން ހަދިޔާއެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ލުތުފީ މިރޭ "މިހާރު" އަށް ވިދާޅުވީ ހަދިޔާ ކާޑަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޕީއޯއެސްތަކުން ވިޔަފާރި ކުރެވޭ ގޮތަށް ދޫކުރި ކާޑެއް ކަމަށެވެ.
"ރޯދަ ހަދިޔާ ދޭންވެގެން ކުރިން ވާހަކަ ދެކެވުނު އިރު، ތަކެތިން ހަދިޔާ ދިނުމުގެ ހިޔާލެއް ވެސް ކައުންސިލުން ގެންގުޅުނު،" އޭނާ ވިދާޅުވި އެވެ. "އަދި އެއަށް ވުރެ ފަސޭހަ އަދި މުވައްޒަފުންނަށް ފައިދާ ހުރި ގޮތަކަށް ވާނީ މިކަހަލަ ކާޑެއް މެދުވެރިކޮށް ހަދިޔާ ދިނުން ކަމަށްވާތީ އެގޮތަށް ނިންމައި ހުރިހާ މުވައްޒަފުންނަށް ގިފްޓް ކާޑް ދިނީ،"
ލުތުފީ އަދި ވިދާޅުވީ މި ހަދިޔާއަކީ ސީދާ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން މުވައްޒަފުންނަށް ދިން ކާޑެއް ކަމަށެވެ.
ކައުންސިލުން މުވައްޒަފުންނަށް ދިން 1،500ރ. ގެ ގިފްޓް ކާޑު.
ކާޑުން 1،500ރ. ގެ ވިޔަފާރި ކުރެވޭ އިރު، މުވައްޒަފުން ތިބީ ކައުންސިލުން ފުރަތަމަ ފަހަރަށް ދިން ހަދިޔާ އާ އެކު ވަރަށް އުފަލުންނެވެ.
މުވައްޒަފަކު ބުނީ ރޯދަ މަސް ނިމެން ކައިރިވެފައި ވަނިކޮށް ހަދިޔާ ކާޑު ލިބުމުން، ކާޑުގެ ބޭނުން ދެން ހިފާނީ އީދުގެ ހަރަދުތަކަށް ކަމަށެވެ.
"ވަރަށް އުފާވެއްޖެ މިކަހަލަ ހަދިޔާއެއް ލިބުނީމަ. އީދަށް މީގެން ވިޔަފާރިކޮށްލެވޭނެ،" މުވައްޒަފަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައ ލ ޤ
27 June 2016
އައްޑޫ ސިޓީ ކައުންސިލް ގެ މެމްބަރުންނަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. މުވައްޒަފުންނަށް ގިފްޓް ކާޑު ދިނުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް 113*1500 އަކީ 169500 ރުފިޔާއެވެ. ކައުންސިލަރުން މި ފައިސާ 1000 އަށް ތިރިކުރި ނަމަ 56500 ރުފިޔާ ސަލާމަތް ކުރެވުނީހެވެ. ސަރުކާރުން ކުރިޔަސް ނުކުރިޔަސް، މޭންޑޭޓް އޮތަސް ނެތަސް، ކައުންސިލަށް ކުރެވޭނެ އަދި ކުރަންޖެހިފައިވާ ކަންތައް އެބަހުއްޓެވެ. ޚާއްސަކޮށް ކުޑަ ބަޖެޓަކުންނެނެވެ. 1- އައްޑޫގައި އަަލަށް ހެދި ކުޑަކުދިންގެ ޕާކު ތަކުގެ ވިނަ ނޮޅާ، އެތަންތަނަށް ރަނގަޅު ފަސްކޮޅެއް އެޅުން. 2- އެތަކެއް ސަތޭކަމީހުން ހުރަސްކުރާ ލިންކްރޯޑުގެ ބުރިޖުގެ ފެންސުން ހަލާކުވެފައިވާ 50 ވަރަކަށް ފޫޓުގެ ތަންކޮޅު މަރާމާތުކުރުން. ތިޔަ 170000 ރުފިޔާއިން ރާއްޖޭގެ މާލެފިޔަވައި އެންމެ ބޮޑު އާބާދީ އޮތް ހިތަދޫ ގަބުރުސްތާނުގައި ހުރި ހިނަވާގެ ބޭނުންކުރެވޭވަރު ކުރިނަމަ މާ ރަނގަޅެވެ. މިކަހަލަ ވާހަކަ ދެއްކުމުން ނުބައިވާނީ އަޅުގަނޑެވެ. ތިޔައިން ކައުންސިލް މުވައްޒަފުންގެ އެކަނި ކައުންސިލަރުންނެއްނޫނެވެ. މުޅި އައްޑޫގެ ކައުންސިލެވެ. ތިމަންނާމެންނަށް އޮންނަނީ ގަބުރުސްތާނު ބެހެލެއްޓުމޭ ބުނުމަކުން ނުފުދެއެވެ. ތިޔަ
ކައުންސިލަރު
27 June 2016
ކަމެއްވާއިރަށް ރާއްޖެތެރޭ ކިޔަންޖެހޭތަ؟ މާލޭ މީހުން އެކަމަށް ނުކުރާކަށް ކަމެއް ނެތެއްނު ގައިމު. ތީ ހަމަ ކައުންސިލްގެ އިންތިހާބަށް ކުރާ ކަންތައް. އެހެންޏާ ފަހެ އަޅެ ތި ކައުންސިލްތަކެއް އައިފަހުން މި ނޫނީ ރޯދަމަހެއް ނާންނަނީތަ؟
ޕްރޮކްސީ ގޯޑް ތޯހާ
27 June 2016
ކާޑުގެ ފަހަތުގަ އިންނަނީ 2018 ޔަޤީން ޖަހާފަ. މީ ކޮންކަމެއް!
މޯލް
27 June 2016
ކައުންސިލްތަކުގެ ބަޖެޓްއިން މިހެން ރޯދަ އާއި އީދު ހަދިޔާ ނުދެވޭނެ. މިއީ ނާޖާއިޒް ފައިދާ ނެގުން. ދައުލަތުގެ ކޮންމެ އޮފީހަކުން މިހެން ހަދިޔާ ބަހަންވެއްޖެޔާ ރައްޔިތުންނަށް ހިދުމަތް ދޭނެ ފައިސާއެއް ނޯންނާނެ.
ހައުކަމް
26 June 2016
އައްޑޫ ކައުންސިލުން ރޯދަ ހަދިޔާ ކާރޑް ދިނުމަކީ އެއީ ގޯސް ކަމެއް ނޫނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް 1500 ރުފިޔާގެ ގިފްޓް ކާރޑެއް ކައުންސިލު މުވައްޒަފުންނަށް ކައުންސިލުން ދެނީ އެއީ ކޯއްޗެއް ކޮން މަގްސަދެއް ހާސިލް ކުރުމަށް ތޯއެވެ. އޯޓީ އާއި ނުލައި އެއް މަސްދުވަހު ބުރަ ކޮށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެގެން ތޯއެވެ. ނޫން ދޯ. ރާއްޖޭން އެބަޖެހޭ ވެލްފެއާރ ގެ އުސޫލު ޑައުން ސްޓްރީމް އިން ފެށިގެން ގޮސް ސަރުކާރުގެ އެންމެ މަތީ ލެވެލް އާއި ހަމަައަށް ދޫކޮށްލަން. ދުނިޔެއަށް އައީ މަސައްކަތް ކޮށްގެން ދުނިޔެ އިމާރާތް ކުރުމަށެވެ. ރޯދަ މަސްވުމުން މަސައްކަތް ނުކޮށް ހަދިޔާ ކާރޑް ތަކަށް ބަރޯސާ ވެގެން ނުވާނެއެވެ. އެއީ އިގްތިސާދީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. މިފެށެނީ އަނެއް ނުބައި އާދަ ރާއްޖޭގައި. މިކަން މިފެށެނީ ރާއްޖެތެރެއިން ނޫހުގެ ފަލަ ސުރުޚީ ތަކުން ޖާގަ ހޯދަން ވެގެން ނެވެ. އެނޫން އެއްވެސް ކަމަކު ނޫނެވެ.