މާލޭގެ ދެކުނު ފަރާތުގައި ކެނޑި ނެރު. - ފޮޓޯ: މިހާރު
29 ޖޫން 2016 - 13:33
މާލޭ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރު ބޭނުން ކުރަނީ އެތަނުގެ މަސައްކަތް ނުނިމޭތީ އެތަނަށް ނުވަންނަން އަންގާފައި އޮއްވާ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ ނެރު މައްޗަށް ބައެއް އުޅަނދުތައް އަރައި އެކްސިޑެންޓްތައް ހިނގާފައި ވަނިކޮށެވެ. ބައެއް ވަގުތުތަކުގައި އެ ސަރަހައްދުގައި ވަރަށް ރާޅު ބޮޑެވެ.
އެ ނެރުން ބައެއް އުޅަނދުތައް ވަދެ ނުކުމެވަނީ އެތަން އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ހީކޮށެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ "އެއީ އަދި ކޮންސްޓްރަކްޝަން ސައިޓެއް" ކަމަށެވެ. ނެރު ކަނޑައި ފުން ކުރުމާއި އެހެން މަސައްކަތްތައް މިހާރު ވެސް ކުރި އަށް އެބަދެ އެވެ.
ދެކުނު ފަރާތު ނެރުގެ މަސައްކަތް ނުނިމޭތީ އެތަން ބޭނުން ނުކުރަން އަންގާފައި ވަނިކޮށް އެތަން ބޭނުންކުރަމުން ދާތީ ހިތާމަކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރުން ލޯންޗެއް ވަންނަނީ: އެތަނުގެ މަސައްކަތް އަދި ނުނިމޭ. - ފޮޓޯ: މިހާރު
ޓްރެކް ދަނޑާ ދިމާލުން ކަނޑުތޮށިން ނެރެއް ކެނޑީ އެ ތަނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރުން ފެށިގެން ދެކުނު ފަރާތުގެ ބޮޑު ސަރަހައްދެއް ވެސް ހިމެނޭ ގޮތަށް އިންޑްސްޓަރިއަލް ވިލެޖް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރްމުންނެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ކެނޑި ނެރެކެވެ.
މީގެ ކުރިން އެ ސަރަހައްދަށް އުޅަނދުފަހަރު ވަދެ ނުކުންނަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ކަނޑާފައިވާ މައި ނެރުންނެވެ. އިންޑަސްޓްރިއަަލް ވިލެޖް ހަދާ ނިމުމުން އެ ނެރުން ވަދެގެން ދެކުނު ފަރާތަކަށް ނުދެވޭނެ އެވެ. އެހެންކަމުން ދެކުނު ފަރާތުން އުޅަނދުތައް ވަންނަން ނެރެއް ހަދަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.
މާލޭގެ ދެކުނު ފަރާތަކީ މާލޭގެ ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްވަރު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރި އަށް ވުރެ ބޭރަށް ޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ޑރ.ޑރ.މުއިޒް
30 June 2016
ދެން ތޮށިމަތިން ތަދާންވީ!! ނުނިމެނީސް ކީކުރަން އަނެއް ނެރުބެއްދީ.
ހަވީރުނެރު
29 June 2016
ރިޕޯޓަށް ފުރިހަމަކަމެއް ލިބުނީސް ވިލިމާލެ ފެޜިޓާމިނަލާ ދިމާލުގަ އޮތް ނެރަށް ނުދެވޭގޮތަށް ބަންދުކޮށްފަ އޮތްވާހަކަ ހިމަމާލިނަމަ. މުޢިއްޒުގެ ކަނޑުކޮސް ކަންވެސް އެނގުނީސް. އަތަށްގޮވީމާ ވީތަދު ހާމަކުރަން ބޭނުންނުވަންޏާ ކޮސްވެސް ގޮވޭނެތާ.
ހަސަން.
29 June 2016
މޮޔަ ބެއިންތަކާ. މުއީޒް އެބުނަނީ ނެރު އަދި ނުނިމެއެއޭ. ނިމުނީ ބޮޑު ބަނިއެއް ނައަންނާނެ. ބޭރު ފަރުން އަދި ބަައެއް ފުންކުރާނެ އެއިރުން ރަންގަޅުވާނެ.
ރަންބުއްދި
29 June 2016
ބައެއް މީހުންނާ ދިމާލަށް ކަނޑު ކޮހުންނޭ ބުނެ އުޅެ އެވެ. އެއީ ކަނޑުގެ ކަންތައްތައް ރަގަޅަށް ނޭގޭތީއެވެ. ނެރު ކެނޑިދާނެ އެކަމަކު މާކަނޑުގެ ބޮޑު ބާނިތައް ނާންނަ ގޮތެއް ނެހެދޭނެއެވެ. ޖަޕާނު ކުދިން ނެރު ކެނޑީ ބާނި ނުވަންނަ ދިމާލުންނެވެ.
ފަލަބެ
29 June 2016
ދެންވެސް ބައެއްގެ ފުރާނަޔަށާއި މުދަލަށް ބޮޑު ގެއްލުމެއް ވުމުގެ ކުރިން ތި ކެނޑި ނެރު ބަންދު ކުރަން ފެނޭ. އެ ނެރު މައްޗައް ބިންދާ ރާޅުގެ ހުރޭ 7 ފޫޓު އުސް މިން.
ޙަސަންދީ
29 June 2016
ނެރު އޮތީ ނިމިފައި ނެރުންވަނުމުގެ ނުރައްކާ ކުރިން ފުވައްމުލަކައް ލެފުމައްވުރެ ބިރު ބޮޑު
ކާފަ
29 June 2016
ދެން ކޮންތަނަކަށްތޯ ވަންނާނީ ނުވަތަ އެފަޅުގައި އަޅާފައި އޮތް އުޅަނދުތަށް އެތަނުން ނެރޭނީ ކިހިނެތްތޯއެވެ
ކޮލަމާފުށި
29 June 2016
މާލޭ މޭޔަރ މުއިއްޒު...ކޮއްފަ ނުކުރާނެ ކަމެއް ނޭގިގެން އުޅޭނަމަ ފްލެޓް ދޮންބެ އަޅާފަ އެހެރެ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސައިދީ..
އަލިބެއްޔާ
29 June 2016
ނެރުގެ ހުރިހާ މަސަްކަތެއް ނިންމާފައިނޫނީ ކުރިން ދަތުރުކުރު މަގު ބައްދައިގެން ނުވާނެނޫންތޯ؟ ކުރީދުބަހުވެސް މާލޭ ޕަވަރހައުސް އަށްތެޔޮހިފައިގެން އައި ތެޔޮބާޖްވެސް ސަލާމަތްވީ ކިރިޔާ. ފެންނަގޮތުގައި ނެރުކަނޑާފައިވަނީ ވަނީ ވަރަށް ބޮޑުރާޅުބިންދާ ހިސާބެއްގައި
މުސްތާގު
29 June 2016
މުސްތަގްބަލް ގައި ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް.....