އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހި ވަފުދު ރާއްޖެ ތަމްސީލްކުރަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
25 ސެޕްޓެމްބަރ 2017 - 10:25
އދ.ގެ ޖެނެރަލް އެސެމްބްލީއަށް ރާއްޖެ އިން ދިޔަ ވަފުދުގައި ހިމެނޭ އަންހެނުން ދިވެހި ލިބާހުގައި ރާއްޖެ ތަމްސީލްކޮށްފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދާ އެސެމްބްލީގައި ދިވެހި ހަތަރު އަަންހެނަކު ދިވެހި ލިބާހުގައި ތިބި އިރު އެކަކު ހުރީ، އާންމުކޮށް ބޭރުގެ ބޮޑެތި ޖަލްސާތަކުގައި ދިވެހި އަންހެނުން ލަމުން އަންނަ ދިގު ހެދުމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެމްބަސީގައި މަސައްކަތްކުރާ އެމެރިކާގެ އަންހެން މުވައްޒަފު ވެސް ހުރީ ދިގު ހެދުމުގަ އެވެ.
އދ. އަށް މިފަހަރު ދިޔަ ދިވެހި ވަފުދު ފޮޓޯއަކަށް ހުއްޓި -- ފޮޓޯ: ފޮރިން މިނިސްޓްރީ
ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ތަގުގީގުކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމް، އިއްޔެ ރެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރުގެ އެސެމްބްލީގައި ސަގާފީ ހެދުމެއްގައި ބައިވެރިވީ ހަމައެކަނި ދިވެހި ވަފުދުގެ މެމްބަރުން ކަމަށެވެ. ރާއްޖެއިން ދައްކުވައި ދޭންބޭނުންވީ ގައުމުގެ ރީތި ސަގާފަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. އަށް ދިޔަ ދިވެހި ވަފުދުގައި ހިމެނޭ ބައެއް އަންހެނުން ދިވެހި ހެދުމުގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެކަމަކު ވަފުދުގައި ހިމެނޭ ފިރިހެނުން ތިބީ ކޯޓު ފަޓުލޫނުގަ އެވެ. އެ ވަފުދުގައި އާސިމްގެ އިތުރުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، އަދި އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.
ޖެނެރަލް އެސެމްބްލީގައި އާންމުކޮށް ތަގުރީރުކުރައްވަނީ ގައުމުތަކުގެ އެންމެ އިސް ވެރިން ކަމަށް ވިޔަަސް ރައީސް އަބްދުﷲ ޔާމީން އަދި ދުވަހަކު ވެސް އދ. ގައި ތަގުރީރުކުރައްވާފައެއް ނުވެ އެވެ. ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުން ވަނީ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެމް
25 September 2017
މިއުޅެނީ ހުޅަގުންވައިޖެހެންޏާ ތިލަފުށީގެ ކުނިއަންދާގެން އަރާދުމުން ދުމުން ނޭވާނުލެވިގެން. ތިމާވެއްޓޭކިޔާގެން ތިޖައްސާގޭމު ނިހާރުދުނިޔޭގެއެންމެނަށް އެގޭ. ފޮނިނުކަނޑާ މާލެ އާދޭ. ކޯޓުލައިގެންކުނިކޮށި މަތަކޮށްބަލަ.
މުދަނަ
25 September 2017
އެތަނަށް ގެންދިޔައީ ކޮންބައެއް؟ ކޮން ހައިސިއްޔަތަކުން ދިޔަ ބައެއް؟ މި ކަމުގައި ވެސް ކޮރަޕްޝަން
ކާކު
25 September 2017
ބޭކާރު ބަޔަކު ތިކަހަލަ ތަނަކަށް ވެއްދީ
ައެޑަމް
25 September 2017
ކެކެކެކެކެެކެެ ކަރަޕް ޤައުމެއްގެ ބަޔަކުދިޔާމަ އެތަނުގަ މީހަކުވެސް ނެތް ހެހެހެހެހެހެހެހޭޢެ ހިތުން ވަރަށް މޮލުކަމެއް އެތާގަ މީހުންވެސް މިމީހުންފެނުނީމަ ބުނޭ ސްޓީލިނގް އެންޑް ކަރަޕްޓް ކަންޓްރީ
ހަރުގައޮތްމުސަޅު
25 September 2017
ތިއީ ކިހާބޮޑު ޚަރަދެއް އެހާ ބޮޑު ޓީމެއް ނިޔުޔޯކުގަ އެހާމެ އަގުބޮޑު ހޮޓަލުގަ ތިބުމާ ކެއުން
ޖޯކު
25 September 2017
ބޮޑު ޖޯކެއް! ރާއްޖޭގެ ސަގާފީ ހެދުން އޮންނަނީކީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށް ވެސް އޮވެއެވެ. އަންހެނުން ދިގުހެދުމާއި، ދިވެހި ލިބާހުގައި ތިބިއިރު، ފިރިހެނުން ކޯޓުފަޓއލޫނުގައި ތިބުމަކީ ބޮޑު ޖޯކެކެވެ. އެސެމްބްލީ ހިނގަމުން ދިޔަވަގުތު، އެތާ އިނދެގެން ޝައިނީ މޮބައިލް ފޯނު ދައްކަދައްކާފައި އުޅުނުގޮތުން ހީވަނީ "ގުއިނުދެކޭ ކާޅަކަށް ގުއި ފެނިގެން އުޅޭހެންނެވެ." ލަދުން ބޯހަލާކު ވާވަރުވެއެވެ. ބޭރުދުނިޔޭގައި ރާއްޖެ ތަމްސީލްކުރަން މިފަދަ މީހުން ފޮނުވާތީއެވެ.
ބެމްބޫ
25 September 2017
މިދެންކޮންކަމެއް. ޔޫކޭޖީ ކުދިން ކުރާ ކަހަލަ ކަންތައް މިއީ.
ބުރާންތި
25 September 2017
ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ބައިވެރިވާން ހަމަޖެހިފައިއޮތީ ފެސަންސޯގެ ބައިގާތޯ؟.
ރާއްްޖެ
25 September 2017
މީ ލައިލާ ކުރި ކަމެއް ނަމަ މިކަން ވަރަށް ސަޅިވީސް.
މަރީ
25 September 2017
ލައިލާ މިކަހަލަ ތާކުން ތާކުން ނުޖެހޭ ކަންތައްތަކެއް ނުކުރާނެ. މީކަމެއް ނުކޮށް ދެއްކެން އުޅޭ ސަރުކާރު.
އިޔެ
25 September 2017
ހުރިހާ އަންހެނުން ދިވެހި ލިބާސް ލިޔަސް ޑރ ޝައިނީ ނުލަންޔާ ފުރިހަމައެެއް ނޫން
ސަޅި
25 September 2017
މީއެންމެ ސަޅި ކޮމެންޓް. ހަހަ