ޑރ. އަހްމަދު ޝަހީދު: އޭނާ މިހާރު ހުންނެވީ އދ. އިން އީރާނަށް ކަނޑައެޅި ހާއްސަ މަންދޫބުގެ މަގާމުގައި.
30 ޖޫން 2016 - 22:30
އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އދ.ގެ އާ މަގާމަކަށް އައްޔަން ކުރެއްވުމަށް ހިއުމަން ރައިޓްސް ކައުންސިލްގެ ރައީސް ނިންމަވައިފި އެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓްކުރައްވާ ބޭފުޅެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ހުންނެވި ޝަހީދު މިހާރު ހަމަޖައްސާފައި ވަނީ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބަކަށެވެ. ކުރިން އޭނާ މަސައްކަތް ކުރެއްވީ ހަމައެކަނި އީރާނުގެ މައްސަލަތަކަށް ނަމަވެސް މި މަގާމުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ މައްސަލަތަކަށް އޭނާ ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ އދ.ގެ އާ މަގާމަކަށް އޭނާ ހަމަޖައްސަވަން ނިންމެވީ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުއްޓުމެއް ނާންނަ ގޮތަށް ހާއްސަ އިސްތިސްނާއެއްގެ ދަށުންނެވެ. އަދި އދ.ގެ އާ މަގާމާ އޭނާ ހަވާލުވެވަޑައިގަންނަވަންދެން އެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާގެ މަގާމުގެ މުއްދަތު އިތުރުކުރަން ވެސް ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ މާނައަކީ ފަސް އަހަރު ކުރެވުނު މަސައްކަތް މުޅި ދުނިޔެ އިން ވެސް ބަލައިގެންފިއޭ. ވަކި ސަރަހައްދެއް ނޫން، ދުނިޔޭގެ ހުރިހާ ސަރަހައްދެއް ވެސް ހިމެނެއޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ އާ މަގާމަށް އޭނާގެ ނަން ހުށަހަޅާފައި ވަނީ ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.
އާ މަގާމާއެކު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަވާނެ ކަން ފާހަގަކުރައްވަމުން ޝަހީދު ވިދާޅުވީ މިފަހަރު އޭނާ އަށް އޮތީ އެންމެ ގައުމެއް ނޫން ކަމަށެވެ. އެ މަގާމުގެ ތަފާތަކީ ވަރަށް ގިނަ ގައުމުތަކަކަށް ސަމާލުކަން ދެއްވަން ޖެހިވަޑައިގަތުން ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދީނީ ހައްގުތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިމާޔަތްކުރެވިފައިވާ މިންވަރު ވަޒަންކޮށް ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރެއްވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
01 July 2016
އިސްލާމް ދީންދެކެ ރުޅިއަރާ ދީނަށް ފުރައްސާރަވާ ގޮތަށް ވާހަކަދައްކާ މީހުންނަށް ޕްރޮމޯޝަންތަކާއި އިތުރު ދަައުރުތަކަށް ހޮވުމަކީ ޣަައިރު މުސްލިމުން ހިންގާ ޖަމާއަތްތަކުގައި އާންމުކަމެއް. ތިޔަ މަގާމެއް ލިބޭތީ އަހަރެމެން ދިވެހިން ތިކަމާ ހިތާމަކުރަނީ ތީ ދިވެއްވަސަކަށްވިތީ. ތިކަމަކާ އަހަރެމެން ހައިރާނެއްވެސް ނުވޭ. ތީމަގާމްތަކުގަ މުޅިންވެސް ކުރާނީ ދީނަށް ފުރައްސާރަ ލިބޭ، ކުފުރުގެ ކަންތައްތައް.
މުޙައްމަދް އަޙްމަދް
01 July 2016
ވަރަށްބޮޑަށް މަރްޙަބާ!! ދީނުގެނަމުގައި ދުނިޔޭގެކަންކޮޅުތަކުގައި ހިނގަމުންއަންނަ ހުދުމުހުތާރު އަނިޔާވެރިސަގާފަތްތަކުގެސަބަބުން މުޖުތަމައުތަކުގައި ނަފުރަތާއި ހަސަދަވެރިކަމާއި ނާމާންކަން އޮތީ އިންތިހާދަރަޖައިގައެވެ. މިމައްސަލަޔަށް ހައްލެއްނުހޯދި ދުނިޔެއަށް ހަމަޖެހުމެއްނެތެވެ. ވީމާ، މަނިކުފާނުގެމައްސޫލިއްޔަތުތަށް، އެންމެފުރިހަމަގޮތުގައި އަދާކުރައްވާނެކަމަށް އުންމީދުކުރަމެވެ. މަނިކުފާނުގެ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށި..އާމީން..
ހަސަން
01 July 2016
ދިވެއްސަކަށް ތިޔަފަދަ މުހިއްމު މަގާމެއް ލިބުމަކީ ވަރަށް ފަޙްރުވެރިވާ ކަމެއް
ޢަލިފުތު.
01 July 2016
ދިވެއްސަކު އެފަދަ މަގާމަކަށް ދިއުމަކީ ސައްތައިން ސައްތަ މުސްލިމް މިގައުމު ލަދު ގަންނަން ޖެހޭކަމެއް.
އިސްމާއިލް
01 July 2016
ހުރިހާ ކަންކޮޅަކަށް ސަމާލުކަން ދެއްވާނެ ކަމެއް ނެތް ކޮންމެހެން. ޚާއްސަކޮށް ދިވެހިރާއްޖެ އާ ބެހޭ ގޮތުން ޝަހީދު ވާހަކަ ނުދެއްކެވުމަށް އިލްތިމާޒް ކުރަން.
ނެޝަނަލިސްޓް
01 July 2016
މަރުހަބާ! ދިވެއްސަކަށް ލިބޭ ރީތި ނަމަކީ ގައުމަށް ލިބޭ ރީތި ނަމެއް!
އިބިރިހިން ތައްކާނު
01 July 2016
ރީތިނަމެކޭތޯ؟
އަލީ
01 July 2016
މުސްލިމުންނަށް ރޯދަހިފުމުގެ ހައްގާއި އޮރިޔާން ނިވާކުރުމުގެ ހައްގާއި ދިރިތިބުގެ ހައްގު ހޯދައި ނުދެވޭ މަގާމެއްގައި ހުރުމުގެ ބޭނުމެއްނެތް
ޢޭ އާރ
01 July 2016
މާތްﷲގެ އިރާދަފުޅާއެކު ލިބޭ ތިފުރުސަތުގެ ބޭނުން ހެއޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަން.
އަހްމަދު
30 June 2016
ކަލޯ ދީނީ މިނިވަންކަމޭކިޔާފަ ކުފުރުނުވާތި! އިސްލާމްދީންފިޔަވައި އެހެންދީނެއްނެތް! ދެންހުރީ އަމިއްލަ އުފެއްދުންތައް ބާތިލްއުފެއްދުންތައް! މިނަސޭހަތް ގަބޫލުކުރުމަށް ގޮވަލަން!
ހަަސަނު
01 July 2016
އެއީ ތެދެއް.. އެހެން ހުރިހާ ދީނަކުންވެސް ބުނަނީ އެހެން... ދެންހުރި ހުރިހާއެންމެން ގޯހޭ ބުނޭ..
އަލީ
01 July 2016
ހަސަނު ތިދައްކަނީ ކޮން ދީނެއްގެ ވާހަކަ؟ ތިމާގެ ވިސްނުން ނުހިނގާވަރަށް ވިސްނުން ގެންދަން މަސައްކަތް ކޮށްފައި ކީބޯޑް އޮތީމަ ކޮމެންޓް ކުރީއޭ ދޯ؟
ކާފަ
01 July 2016
ހަސަނު ހިތުން ވަރަށް މޮޅު ކޮމެންޓެއް ދޯ ތިކުރީ؟ އެހެން ދީނޭ ނުކިޔާ ތިހާ އެނގޭ މީހަކު ދީނުގެ ނަންވެސް ބުނެލިނަމަ.
މާނާ
30 June 2016
ޝަހީދޫ މިޔަންމާ އާއި ފަލަސްޠީނު ކުދިންގެ ޙައްޤުތައް ހޯދައިދީފިއްޔާ މަ ބުނާނަން ޝަހީދު މޮޅޭ. މުނާފިޤުންގެ ލޮލަށް މިއަދު ފެންނާނީ މުސްލިމު ޓެރަރިސްޓުން އއެކަނި ވިއްޔަ.