14 ފެބުރުއަރީ 2018 - 10:50
ރާއްޖޭގެ އެހާރާއި މިހާރުގެ އެންމެ ވަރުގަދަ މިއުޒިކީ ތަރިންނާ އެކު "ދޯ" ގެ އަށް ވަނަ އަދަދު މިއަދު ނެރެފި އެވެ.
މަހަކު އެއްފަހަރު ނެރެމުން އަންނަ "ދޯ" މަޖައްލާގެ މި އަދަދު ހާއްސަ ކޮށްފައި ވަނީ ކުރީގެ މިަުޒިކްް ލެޖެންޑުންގެ ހަޔާތަށާއި މިއުޒިކީ އެކި ދުވަސްވަރު އުފެދުނު ހުނަރުވެރި ފަންނާނުންނަށާއި މިހާރު އަރަމުން އަންނަ ޒުވާން ވަރުގަދަ މިއުޒީޝަނުންގެ މައްޗަށެވެ. މި އަދަދުގައި ހިމެނޭ ލިޔުންތަކުގެ ތެރޭގައި؛
މިއީ ރާއްޖޭގައި އުފެދުނު އެންމެ މަގުބޫލު ލަވަކިޔުންތެެރިންގެ މައްޗަށް ބަލާލައިފައިވާ އާޓިކަލެކެވެ. މި އާޓިކަލްގައި ވަރުގަދަ ފަސް ޝަޚުސިއްޔަތެއް ހޮވާފައިވެ އެވެ. އެ ފަސް ޝަޚުސިއްޔަތުންގެ އއާދަޔާ ޚިލާފު މިއުޒިކީ އުކުޅުތަކާއި އެ މީހުންގެ ވާހަކަތައް ރާއްޖެއިން ފިލައިގެން ނުދިއީ ކީއްވެގެންކަން، މިއުޒިކީ އެހެން ފަންނާނުން ކިޔައިދީފައި ވެ އެވެ. ތަޖުރިބާކާރުން ގުޅިގެން ހޮވާފައިވާ ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ ކޮންމެ ޝަޚުސިއްޔަތެއްގެ ވާހަކަ ވެސް އެހާމެ އިބުރަތްތެރި އެވެ.
ހަސަން ރައޫފޭ ބުނެފި ނަމަ ދެން އިވޭނީ ގިޓާގެ ވާހަކަ އެވެ. މިއީ އެންމެން ދަންނަ ވާހަކައެކެވެ. އެހެން ނަމަވެސް، މި ވާހަކަތަކުގެ ތެރޭގައި އޭނާ ދުވަހަކު ވެސް މީހަކަށް ކިޔައިނުދީ ހުރި ބައިވަރު ވާހަކަތަކެއް އެބަ ހިމެނެ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގިޓަރިސްޓުންގެ ތެރޭގައި ހިމެނޭ ހަސަން ރައޫފު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންް "ދޯ" އަށް މި ދިން އިންޓަވިއުއަކީ، މިއުޒިކީ ކެރިއަރު ބިނާކުރަން މަސައްކަތް ކުރާ ޒުވާނުންނަށް ވަރަށް މުހިންމު ވާހަކަތަކެކެވެ.
މިއުޒިކަކީ އުފެދުމުގައި ވެސް ހުންނަ ހުނަރެއްކަން ޔަގީނެވެ. އެ ހުނަރު އޮތް ތަނަކަށް މީހާ ދެ އެވެ. އޭގެ ތެރެއިން އެކަކަކީ މުހަންމަދު ޝަމްއޫން ނުވަތަ ޝައްމޫ އެވެ. އޭނާ މިއަދު އާންމުންގެ ތެރެއަށް ނުކުތުމުގެ ކުރިން ކޮޅެއް މިނެއް ނޭނގޭ ވަރުގެ ދިގު މަގެއްގައި ހިނގި އެވެ. ބޭންޑަކުން ފުރުސަތު ހޯދުންވީ އުނދަގޫ ކަމެކެވެ. ބޭންޑެއްގެ މައިކް އޭނާގެ އަތު ޖެހުމާ ހިސާބުން އޭނާގެ މުޅި ހަޔާތް ބަދަލުވީ އެވެ.
މިއުޒިކްގެ ހުރިއްޔާ ހުރި އިންސްޓްރޫމަންޓަކުން ވަކިވެގެން ދިޔައީ އަލީ ރަމީޒެވެ. އެހެން ނަމަވެސް، އެއިން އިންސްޓްްރޫމަންޓެއް އަލީ ރަމީޒަކާ ވަތްކެއް ނުވެ އެވެ. އާންމުންގެ ކަންފަތްތަކުގައި އަލީ ރަމީޒުގެ ލަވައެއް ނުޖެހޭ ދުވަހެއް ނުދެ އެވެ. އޭނާ އަކީ ދެ ދާހުގެ އަހަރުތަކުގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ރަސްކަން ކުރި ހުނަރުވެރިޔާ އެވެ. އޭނާގެ ވާހަކަ "ދޯ"ގައި މި އޮތީ އޭނާގެ ޝޯތަކާއި އޭނާގެ އުޅުމާއި އޭނާ އަށް އޮތް ސަޕޯޓް ލޮލުން ދެކެ އަތުން ހިފައިފަ އެވެ. އަލީ ރަމީޒު، އަލީ ރަމީޒަކަށްް ވީ ކީއްވެގެން ކަން މި އާޓިކަލުން އެބަ ބުނެދެ އެވެ.
ކުޑަ އިއްބަ އާއި ތޭރަވާ، ނުވަތަ މުހަންމަދު އަބްދުލްޣަނީ އަކީ އާދަޔާހިލާފު ގުޅުމެއް އޮތް ދެ މީހުންނެވެ. އެ ދެ މީހުން ގުޅިގެން އުފައްދާ ޕްްރޮޑަކްޝަންތަކުގައި އާދަޔާޚިލާފު ޖާދޫއެއް ހުންނަކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އެ ދެ މީހުންގެ ގުޅުން އޮތީ މިއަދަކު ނޫނެވެ. މި ދެ މީހުންގެ ތެރޭގައި މިއުޒިކީ ގުޅުން އުފެދި، އެ ގުޅުން ވަކިނުވާ ވަރުގެ ގުޅުމަކަށް ބަދަލުވިތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. މިއީ، އެ ޖޯޑުގެ ވާހަކަ އެވެ.
ތަފާތު ލަވަތަކެއް އަޑުއަހާލަަން ބޭނުން ނަމަ ޑިމްބާގެ ލަވަތައް އެއީ އެއްވަނަ އެވެ. ދިވެހި ލަވަތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެސް، ލަވަތަކުގެ ލިރިކްސް މި މީހުން މުޅިން ބަދަލުކޮށްލި އެވެ. އިޝާންޓޭ އަކީ މީގެ މުގޫ އެވެ. މިއީ އާދައިގެ ހުނަރުވެރިއެއް ނޫނެވެ. މަޝްހޫރު ޖޭމުދޮންކަމަނަ އަށް މާމަ ކިޔާ އިޝާންޓޭ، އޭނާގެ ޑިމްބާ އާއިލާ ފައްކާ ކުރި ގޮތް އޭނާ މި އާޓިކަލްގައި ވަރަށް ތަފުސީލުކޮށް ކިޔައިދީފައި ވެ އެވެ.
މި ނޫނަސް، ވަރަށް ތަފާތު ލިޔުންތަކަކާއި ކުލަ ފޮޓޯތައް މި އަދަދުގައި ހިމެނެ އެވެ. ހިލޭ ބަހަން ހަމަޖެހިފައިވާ "ދޯ" މަޖައްލާ ލިބެން ހުންނާނީ އެކިއެކި ބުކްޝޮޕްތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy