ވިލާ ކޮލެޖުން ހިންގާ، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ދެވަނަ ޕްރޮގްރާމްގައި ހިންގި ކޯސްތަކުގައި ބައިވެރިވި ކުދިންގެ ގްރެޖުއޭޝަން ހަފްލާގައި ގާސިމް މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 އޮކްޓޯބަރ 2018 - 19:35
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ މަގާމަށް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ އެ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމް ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީގެ ލީޑަރުކަން ކުރިން ވެސް ފުރުއްވި ގާސިމް އަނެއްކާ ވެސް އެ މަގާމަށް ކުރިމަތިލެއްވުމާ ގުޅިގެން، ލީޑަރުގެ މަގާމަށް އޭނާ އިންތިޚާބު ކުރުން މާދަމާ ހަވީރު 4:00 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަން އެގޮތަށް ކުރުމަށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވުމުން 61 މެމްބަރުންގެ އިއްތިފާގުން އެ ދުވަހު އޮތީ އެ ނިންމުން ފާސްކޮށްފަ އެވެ.
JP Leader ge magaamah kurimathi lahvaafaivaa Hon @qasimibrahim JP ge asaasee gavaidhuge 51 vana maadhaage (sh) ge dhaashun sharthufurihama vaa kamah JP inn kanda alhaifi pic.twitter.com/oQCZYVxCyd
— JP Chief Spokesperson (@jpspokesperson) October 27, 2018
ޖޭލީގެ ލީޑަރަކަށް ގާސިމް އިބްރާހިމް އިންތިޚާބު ކުރުމާ ގުޅޭ އިއުލާން
މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
ނަމަވެސް، ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށް އޭނާ މިނިވަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނޫ
28 October 2018
ގާސިމް އާއި ޖޭޕީ އަކީ ޑިމޮކްރަސީގެ ލާމަސީލު މިސާލެއް. މިހާރަކަށް އައިސް ދުނިޔޭގެ ބޮޑަތި ޑިމޮކްރަސީތަކުން މިސާލެއްގެ ގޮތުގައި ބަލަނީ ޖޭޕީ.
ގަރުދިޔަ
28 October 2018
ޖޭޕީ އަކީ ޖެނެރަލް ޕްރޮޕެގެންޑާ. ތީ ދުވަހަކުވެސް ތި މަނިކުފާނުގެ ކިބައިން ސލާމަތެއްނުވާނެ
މަ މިއު މަ
28 October 2018
ކީކޭ ދެން ބުނާނީ؟ ގާސިމް ޕާޓީއޭ ކިޔަންވީނު؟
ހާނީ
28 October 2018
ޖުމްހޫރީ ޕާޓީ ޕްރައިވެޓް ލިމިޓެޑް.
ދެގުނަ
28 October 2018
ހާދަ ތާއީދެއް ނެތޭ
ތަކުރާ
28 October 2018
އަޅުންގެ ޕާޓީއެއްތަ؟! ތަޢުލީމީ ގާބިލު ކުޅަދާނަ މީހުން ތިބި ކަމަށް ދައުވާކުރާ ޕާޓީއެއްގެ ލީޑަރުކަމަށް ވާދަކޮށްލާނެ ވަރުގެ ތަޢުލީމީ ގާބިލު ކުޅަދާނަ ފަހުލަވާނަކު ނެތީތޯ؟
ބޮސް
28 October 2018
ކުރިމަތިލިޔަކަ ނުވެސް ދޭނެ ނުވެސްކެރޭނެ
އަބްދުﷲ
28 October 2018
ޖެޕީ އަކީ ހަމަ އަމިއްލަ ކުންފުންޏެއް. ތިޔަކަށް ރައްޔިތުން ނުކިޔާނެ ޑިމޮކްރަސީއެކޭ. ސިޔާސީ ޕާޓީ ތަކާއި ސިޔާސީ ލީޑަރުންނާހެދި ގައުމު އޮޔާގޮސް ނިމިއްޖެ.. މަޖިލިސް ވޯޓުގައި ވައިޖެހޭ ކޮޅަކަށް އޮޑި ދުއްވާ މީހުންނަށް ވޯޓުނުދެއްވާ.
ހަކީމް
28 October 2018
ވިޔަފާރި ޕާޓީ ތަކަކީ ވަރަށް ނުރައްކާ ބަޔެއް. ޕާޓީ ގެ ލީޑަރާއީ މަޤާމުތަކުގައި ތިބޭ މީހުންގެ މަގުސަދަކީ ހަމަ އެންމެ ކަމެއް.
ބޮޑުސޭޓް
27 October 2018
އެހެންމީހަކަށް ކުރިމަތިލާކަށް ލާހިކެއްނޫން. ކުރިމަތިލާއިރަށް އެ އަނބުރާ އެއްޗެއް އަނބުރާފަ ބުނާނެ މަ ކާންދިނީމަ ކައިގެން މަށާ ދެކޮޅަށް ނުކުންނަން ތީ ކާކުހޭ. އެހިސާބުން އެވީ ބޭރު.
ޒަންޖަބީލު
27 October 2018
ޖުމްހޫރީ ޕާޓީ ޕްރައިވެޓް ލިމިޓެޑް، މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ ޕްރައިވެޓް ލިމިޓެޑް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.. އަދާލަތު އެކަނި ވަކި މީހެއްގެ ވަށައިގެން އެބުރޭ ކަލްޓެއްގެ ސިފަ ނެތީ.. ދެން ހުސް ވަކި މީހެއްގެ ވަށައިގެން އެބުރޭ ކަލްޓުތައް ތިތިބީ
ގައްބެ
28 October 2018
އަދާލަތުޕާޓީގެގޮތްވެސް އަދިނޭގޭ. އެނގޭނީ ރައީސްކަމަށް މީހަކުހޮވަން ޖެހުނީމާ.