ޖޭޕީގެ ލީޑަރަކު ކަނޑައެޅުމަށް މިރޭ ބޭއްވި އިންތިޚާބުގައި ގާސިމާއި އޭނާގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ އަދި އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ
28 އޮކްޓޯބަރ 2018 - 21:38
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލްގެ އިއްތިފާގުން އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް މިރޭ އިންތިހާބުކޮށްފި އެވެ.
ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ކައުންސިލްގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. މިރޭ ބޭއްވި ޖޭޕީގެ ހާއްސަ ކައުންސިލްގެ ބައްދަލުވުމުން ގާސިމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. މަގާމަށް ކުރިމަތިލެއްވީ ވެސް ގާސިމް ޢެކަންޏެވެ.
ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ޕާޓީގެ މަގާމު ގެއްލިވަޑައިގަތުމުން މިހާތަނަށް ޕާޓީގެ އެކްޓިން ލީޑަރުގެ ގޮތުގައި ހުންނެވީ ކައުންސިލް މެންބަރު ޑރ. ހުސެއިން ރަޝީދެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކަން އެގޮތަށް ކުރުމަށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވުމުން 61 މެމްބަރުންގެ އިއްތިފާގުން އެ ދުވަހު އޮތީ އެ ނިންމުން ފާސްކޮށްފަ އެވެ.
ޖޭލީގެ ލީޑަރަކަށް ގާސިމް އިބްރާހިމް އިންތިޚާބު ކުރުމާ ގުޅޭ އިއުލާން މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
ނަމަވެސް، ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށް އޭނާ މިނިވަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާސްނުވާ ޑރ
29 October 2018
ދުއްޕާނެއް މިސޭޓަކާހެދީ.. ވިޔަފާރިޔާގެން އުޅެބަލަ..
މާފޮޅޭ
29 October 2018
ޖޭޕީގެ ލީޑަރ އިންތިޚާބުކުރުމަށް ރޭ ޖޭޕީ ކައުންސިލުގައި ނެގިވޯޓް ޖޭޕީގެ އަސާސީ ޤަވާޢިދާ ޚިލާފު؛ ޤާސިމް ރޭ ދެއްވި ވޯޓަކީ އަސާސީ ޤަވާޢިދާ ޚިލާފު ބާޠިލު ވޯޓެއް. އެއީ، ޤާސިމަކީ ރޭ އިންތިޚާބު ކުރުމާ ހަމައަށް ޖޭޕީގެ ކައުންސިލް މެންބަރެއްނޫން.
ކަލާޔާނުލާ.
29 October 2018
ވަކިމީހަކަށް ފެހި ކޯޓެއް. ހެޔޮވަރުމީހަކަށް ދިނުމުން ކޮބާ މައްސަލައަކީ. ތީ ވަކި ބައެއްގެ އެއްޗިއްސޭ، ބަޔަކު ކިޔަނީ ކޮންމެ މީހަކަށް ފުރުސަތު އޮވެޔޭ. ހަގީގަތުގާ އެފަދަ މަގާމުތަކަކީ ވަކި ބަޔަކަށް ޚާއްސަ މަގާމުތައް. އާދައިގެ މީހުނަށް ކުރިމަތިލާން ބިރުވެސް ގަންނާނެ. ބިރުކަނޑާލާފާ އެފާޑު މަގާމަކަށް ކުރިމަތިލާ ހަމައިން އެމީހެއްގެ ސިޔާސީ ހަޔާތް ހަގީގަތުގާ ނިމެނީ. ނުވަތަ އެމީހެއްގެ އަގުވައްޓާލަނީ. ބޭކާރުމީހަކަށް ހަދަނީ.
ބޭބެ
29 October 2018
ހޫ، މިވެސް ގޮތެއް. ޕާޓީގެ ވެރިކަމާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމުގައި މިވަރުގެ ބަޔަކު މިދުނިޔޭގައި މަދުވާނެ. މައުމޫނު ކުރިމަތިލިއްޔާ އިތުރުމީހަކު ކުރިމައްޗެއްނުލާނެ. ޔާމީނު ކުރިމަތިލިިިިިއްޔާ އިތުރުމީހަކު ކުރިމައްޗެއްނުލާނެ. އަންނި ކުރިމަތިލިިިިިއްޔާ އިތުރުމީހަކު ކުރިމައްޗެއް ނުލާނެ. މިފަހަރު އިބޫ ކުރިމަތިލީމަ އިތުރުމީހަކު ކުރިމައްޗެއްނިލު. ގާސިމު ކުރިމަތިލީމަ އިތުރުމީހަކު ކުރިމައްޗެއްނުލާނެ. ބޯހަލާކު!
ރައްޔިތުންމަޖިލިސްގެ
29 October 2018
ރައްޔިތުންމަޖިލިސްގެ ވެރިކަންވެސް، މީނައަށް، ޕާޓީގެ ވެރިކަންވެސް މީނަޔަށް، ޤައުމުގެވެރިކަންވެސް މީނަޔަށް،، ވިލާގެވެރިކަންވެސް މީނަޔަށް،
ހަކީމް
28 October 2018
އަހާ މިވީ ކޯޗަކަށް ...
އަލިކޮ
28 October 2018
ޕާޓީގައި ލީޑަރަކާއި އެކު އަދި ރައީސަކު ހުރުމުގެ ބޭނުމަކީ ކޮބާ؟
ރޯނު
28 October 2018
ތީ ކާކަށް ނޭނގިގެންއުޅޭ ކަމެއް. ވކި މީހަކަށް ހެޔޮވަރުކޮށް ފަހާ އެއްޗެތި އޭގެ ވެރިނނަށް ހެޔޮވަރުވާނީ.
ކަނދިކަމަނާ
28 October 2018
ތިވެސް ހަމަރައީސެއް
އީސީ ޝަރީފޫ
28 October 2018
ޖުމްހޫރީ ޕާޓީ އިން މި ދައްކަނީ ޑިމޮކްރަސީގެ އެންމެ ރީތި ނަމޫނާނޫންތޯ؟ އަޅުގަނޑަށް ހަމަގައިމުވެސް ރަނިންމޭޓު ޕްރަައިމަރީނަ ފެށިގެން ޖުމްހޫރީ ޕާޓީ ތެރޭ ޑިމޮކްރަސީ އުތުރި އަރާތަން ފެންނަނީ، މިއަދު މަހަތުމާ ގާންދީ، ނެލްސަން މަންޑޭލާމެން ފަދަ ބޭފުޅުން ދުނިޔޭގަ ހުންނެވިނަމަ އެބޭފުޅުންގެ ލޮލުން ކަރުނަ ހިލޭނެ އުފަލުންގޮސް ރާއްޖޭގެ ސިޔާސީ ޕާޓީއެއް ޑިމޮކްރަސީއަށް ޓަކާ މިވާ ގުރުބާނީފެނިފަ
ސޭކުބެ
28 October 2018
ވަރަށްފުރިހަމަ މަލާމާތެއް. ރާއްޖޭގެ ކޮންޕާޓީއަކުންތޯ އެޕާޓީއެއްގެ ލީޑަރ ހޮވުމުގަ ތަފާތެެއް ގެންގުޅުނީ. ޕިންކް އަދި ރީދޫ ޕާޓީންވެސް ކަންކުރީ ހަމަ މިގޮތަށް.