ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ސައުދު ބައިވެރިވެވަޑައިގަންނަވަނީ.
03 ޑިސެމްބަރ 2018 - 13:37
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގެންނެވި ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ޖޭޕީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.
ޖޭޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި މީޑިއާގެ ކުރިމަތީގައި އެ ޕާޓީއަށް އެންމެ ފަހުން ސޮއިކުރެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އޭރު މަޖިލިހުގައި ތިއްބަވާ ޖޭޕީގެ މެމްބަރުންގެ އަދަދަކީ 20 އެވެ.
އެހެންވެ، ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 22 އަށް އަށް އިތުރުވުމުން އަދި ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގެންފައިވާތީ އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރައްވާފައިވާ ކަމަށް ބެލެވެ އެވެ.
@JPSecretariat PG group meeting going on pic.twitter.com/PENfrrGb4e
— MP Ahmed Mubeen (@ahmedmubean) December 3, 2018
ޖޭޕީގެ ޕީޖީގެ ބައްދަލުވުމުގައި ލަތީފާއި ސައުދު ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް މެމްބަރު މުބީން ޓުވީޓު ކުރައްވާފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހުދު ޒިންދަގީ
03 December 2018
ބޯހުދުމެން ހިތައްނާރާ ކަހިރުވަކެކޭ ވެސް.
1298
03 December 2018
އެހެންނުންވާނީ. ހިތާހިތުގެ ގުޅުމެއްނުވޭ ވިއްޔާ. ގުޅުންވަނީ ސޭޓުގެ ޖީބަޔާ.
ކޯޅުންގަޑުގެ
03 December 2018
މި ކޯޅުންގަޑުގެ "ޖަނާޒާ" ފެށިއްޖެ
މުންނާރު ޗެނަލް
03 December 2018
ރިޔާޒައް މަރުހަބާ، އިބޫ ސޯލިހަށް ޖެހިފައިވާ ބޮޑު ޗެލެންޖުގައި މަނިކުފާނުގެ ޤައުމީ މަސައްކަތް ބޭނުންވާނެ. ބާރުވެރި ފަރާތްތައް (ޤާސިމާއި ނަސީދު) ގެ އަމިއްލަ އެދުމަށްވުރެ ޤައުމު އިސްކުރުމަށް ރައީސް އާއި އެކު ސާބިތުވާތި،
ހިތާދޫ ފޮށާ
03 December 2018
މިއަދު ގާސިމް ހޭނެއެވެ. މާދަމާ ރޯނެއެވެ. އަދި ބުނާނެއެވެ. މަށަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
ބޭރު
03 December 2018
އެންމެ ފަހުގެ އިންތިހާބުގައިވެސް ތިގޮތަށް ޓިކެޓް ހޯދަން ޖޭޕީއާ ގުޅުނު މީހުން ގޮނޑި ލިބޭއިރަށް ގާސިމަށް ދޯކާ ދީފައިވަނީ ޕާޓީ ބަދަލުކޮށްފައެވެ. މި ފަހަރުވެސް ވާނީ ތިވަރެވެ. ޓީކެޓް ހޯދަން ޖޭޕީއާ ގުޅެނީއެެވެ.
ވަޒީރު
03 December 2018
ގާސިމް ސިކުންޑިގަ ނުހުރޭ ތެތް ކަމެއް!!
ޑރ.ނަޒުނާ/ހިތަދު/ޔޫކޭ
03 December 2018
ވަރަށް ރުޅިއައިސް ހުރެ ކޮމެންޓު މިކުރަނީ... ކިތަންމެ ވަރަކަށް މަތިހަށި ނަގައިގެން އުޅުނަކަސް ކައިރީންތިފެންނަން ތިތިބީ ގައުމަށް ގައްދާރުވެފައި ތިބި މާލޭގައި 14 ސުޓޯރީގެ 3 އިމާރަތް ތަކުގެ އޯނަރުން ކަންވެސް އެނގޭ.. މާތްﷲގެ އިރާދަފުޅުން މަޖިލީހަށް ދެން ބައި ބައި. ހަމަމިއާއި އެކު 2019 ގައި މަޖިލީހުގެ ރާއިސު ގެ ގޮނޑީގައި އިންނަވާނި އެމް ޑީ ޕީ ގެ ރަޢީސު ﷲގެ އިރާދަފުޅުން. އެއްކަމެއްވެސް ކުރުމުގެ ފުރުސަތެއްނެތް/ސޭޓު މިފަހަރު ހަނާހުނިވާނެ
ވަޒީރު
03 December 2018
ސާބަހޭ !!! ތިހެން ހައްގު ބަހެއް ބުނަން ކެރޭ ދަރިން ގިނަ ނަމަ މި ގައުމު މި ހާލަތައް ނުދިޔައީސް !! ލާރި ކައިކަިގެން ބަންޑުން ވެފަ ތިބި ބަޔެއް !! އަދިވެސް ތިމީހުން ނަށް ތަ ކާން ދޭން ވީ !!!
ހަސަނުލް
03 December 2018
މި ގައުމަށް ސަލާމަތުގެ އްއްސޭރިއަކަސް ދާން ވަގުތު ކޮޅެއް ބޭނުންވާނެ.
ރާބޮޑޭ
03 December 2018
މި ސޭޓްގެ ކިބައިން މިރާްއްޖެ ސަލާމަތް ކޮށްދެއްވަވާންދޭ ! އާމީން !
ވަޒީރު
03 December 2018
އާމީން !!
އަހުމަދުލް
03 December 2018
ތިހެން އުޅެނިކޮށް އަނެއްކާވެސް ގާސިމްއަށް ދެރަގޮތެއް ވާކަހަލަ ކަމެއް ބަޔަކު ނުކުރުވާނެބާ؟ޕީޕީއެމް ގަދަފަދަ ވާނެ ކޯލިޝަން ރޫޅުނީމަ. ކޯލިޝަން ރޫޅޭނެ ވެރިކަމާ ތޮޅޭމީހުން ގިނަވެއްޖިއްޔާ. ވިސްނާ މާޒީން އިބްރަތެއް ހާސިލް ކުރަން ޖެހޭ.