މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މެމްބަރުން އިއްޔެ އިންތިޚާބުކޮށްފި އެވެ.


އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށްޓަކައި ހޯމް މިނިސްޓްރީގައި ބޭއްވި އިންތިޚާބުގައި، މީޑިއާތަކުން ހަތް މީހުންނާއި އާއްމުންގެ ހަތް މެމްބަރަކު އައްޔަންކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލްގައި މީޑިއާތަކުން ތަމްސީލުކުރަނީ ޖުމްލަ އަށް މެމްބަރުންނެވެ. އިއްޔެ ހަތް މެމްބަރުން އިންތިޚާބުކުރީ، އެ ކައުންސިލަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިންތިޚާބުވި ރާއްޖެ ޓީވީގެ އަލީ ޔޫސުފްގެ ދައުރު އަދި ހަމަނުވާތީ އެވެ.

ދެ އަހަރަށް އިންތިޚާބުކުރާ އެމްއެމްސީ އިންތިޚާބުގައި ވޯޓުލުމަށް 109 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު ވޯޓު ލާފައިވަނީ 96 ފަރާތެވެ.

އެމްއެމްސީ އަށް މީޑިއާތަކުން އިންތިޚާބުވި މެމްބަރުން

1. އަޒްމީ އަލީ/ ދުވަސް އޮންލައިން

2. އަލީ ރިފްޝާން/ ފެންވަރު އޮންލައިން

3. އަހުމަދު އާޒިފް/ ސަންމީޑިއާ ގްރޫޕު

4. ހިދާޔަތުﷲ/ ހަފްތާ އޮންލައިން

5. ޝިފްޒާ މުސްތަފާ/ ވީމީޑިއާ

6. އަހުމަދު ޖަދުވާން/ ޕީއެސްއެމް

7. އަލީ އަހުސަން/ ދި އިސްލާމް

އެމްއެމްސީ އަށް އާއްމުންގެ ތެރެއިން އިންތިޚާބުވި މެމްބަރުން

1). އަބްދުއްލަތީފު އަހުމަދު/ ދަފްތަރު ނަމްބަރު ރސ 2345

2. ރިފާއަތު ރަޝީދު، ގއ. ވިލިނގިލީ، ވާދީއާގެ

3. އާތިިފް އަބްދުލް ހަކީމް، ދަފްތަރު ނަންބަރު ރސ 9940

4). ހިސާން ހަސަން، މ. ރާޅުވެލި، މާލެ

5. ޝީރީން ނާހިދާ ލަތީފު، ގ. ނޫމަރާވިލާ، މާލެ

6. އަހުމަދު އަމީން މުހައްމަދު، ރިހި ދޯދި، ގދ. ފިޔޯރީ

7. ފާތުމަތު ސައުޒަން ހުސައިން، ދަފްތަރު ނަންބަރު ރސ 8840

މީޑިއާ ކައުންސިލްގެ މިދިޔަ ދައުރުގެ މުއްދަތު ހަމަވެފައިވަނީ މިިދިޔަ ބުދަ ދުވަހެވެ.