ޚަބަރު / އަލް ޖަޒީރާ

ސަރުކާރުގެ ހިޔާނާތާ ބެހޭ ރިޕޯޓެއް އަލް ޖަޒީރާ އިން ދައްކަނީ

ރައީސް އަބްދުﷲ ޔާމީން. އަލް ޖަޒީރާ އިން ދިވެހި ސަރުކާރާ ބެހޭ ގޮތުން ދައްކަން އުޅެނީ އާ ކޮން ހެއްކެއް ކަމެއް އަދި ނޭނގޭ

20 އޯގަސްޓް 2016 - 17:07

212 comments

ދިވެހި ސަރުކާރު ތެރޭގައި ހުރި ހިޔާނާތާއި ވައްކަން ކުރުމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރާކަން ހާމަވާ "އާ ހެއްކާ އެކު" ތަހުގީގީ ރިޕޯޓެއް މި މަހު 30 ގައި ލަންޑަންގައި ނެރޭ ގޮތަށް، އަލް ޖަޒީރާ އިން ހަމަޖައްސައިފި އެވެ.

"ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓަރީ ނެރޭ ހަފުލާގެ ދައުވަތު ވަނީ އާއްމުކޮށްފަ އެވެ. ދައުވަތު ކާޑުގައި ބުނެފައިވާ ގޮތުގައި ރައީސަކު ގައުމެއް ރަހީނުކޮށްފައިވާ ގޮތާއި އެތައް މިލިއަން ޑޮލަރެއްގެ ވައްކަން ހިނގާފައިވާ ގޮތުގެ އާ ހެކި ހާމަކުރާނެ އެވެ.

އެ ދައުވަތު ކާޑުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅެއް ނެތެވެ. އެކަމަކު އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅާއި ދިވެހި ދެ ރުކުގެ އިތުރުން ރަސްމީ ލޯންޗުކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.

ދިވެހި ސަރުކާރުގައި އޮތް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އަލް ޖަޒީރާގެ ޑޮކިއުމެންޓަރީ ނެރޭ ހަފުލާ އަށް ފޮނުވި ދައުވަތު ކާޑު.

އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރުކުރާ ތަހުގީގީ ރިޕޯޓަކަށް މީގެ ކުރިން އެކި ފަހަރު މަތިން ޓީމެއް އައިސް ރާއްޖޭގައި ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ސިޔާސީ ދާއިރާގެ އިތުރުން އެހެން ބައެއް ދާއިރާތަކުގެ ތަފާތު މީހުންނާ ވެސް އިންޓަވިއުކޮށްފައިވެ އެވެ.

ސަރުކާރާ އަދި ރައީސް ޔާމީނާ ބެހޭ ގޮތުން އެކަހަލަ ރިޕޯޓެއް އަލް ޖަޒީރާ އިން ނެރޭކަން އެނގިވަޑައިގެންފައިވޭތޯ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ދައުރުވަމުން ދަނީ އަލް ޖަޒީރާގެ ދައުވަތު ކާޑެއްތޯ ބަލައި ޔަގީންކުރުމުގެ ކުރިން ސީދާ އެއްޗެއް ދަންނަވަން އުނދަގޫ ކަމަށެވެ.

އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދުނުތޯ ދެންނެވުމުން އޭނާ ވިދާޅުވީ ބޭރުގެ އެކި މީޑިއާތަކުން ރައީސްގެ އިންޓަވިއު ހޯދަން އަބަދުވެސް އެދޭ ކަމަށެވެ. އެހެންކަމުން އަލް ޖަޒީރާ އިން ރައީސް ޔާމީންގެ އިންޓަވިއުއަކަށް އެދިފައި އޮތްތޯ ބައްލަވާފައި ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އަލް ޖަޒީރާ ޓީވީގައި އެ ޑޮކިއުމެންޓްރީ ދައްކަން ފަށާ ދުވަހެއް އަދި ޝެޑިއުލަކަށް ނާރުވަ އެވެ.

212 ކޮމެންޓް, 740 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 2%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްމުހުލިސް

22 August 2016

މުއާޒަށް އެނގޭއެއްޗެއް އެބޮތްބާ.

The name is already taken The name is available. Register?

ައާދަމް ހުސައިނ

22 August 2016

ބައެއް މީހުން ކަމެއް ނޭގިވެސް މިބާވަތުގެ ކަންކަމުގަ ފާޑުކިޔާކަން ފާހަގަ ކުރެވޭ. ގައުމު ތަކުގެ އެކި އެކި ކަންކަމާމެދު އަލްޖަޒީރާ އިން ރިޕޯރޓް ހަދާކަންވެސް ނޭގޭ މީހުން އެބަތިބި. އަދި ކުރު ޑޮކިއުމެންޓްރީ ފިލްމު ގެ ގޮތުގައިވެސް ހަދާ. މިވަރު އެނގިގެން ދެއްތޯ ވަކިފަރާތަކަށް ޖެހުނަސް ނުޖެހުނަސް އެއްޗެއް ބުނެ އުޅެންވާނީ

The name is already taken The name is available. Register?

އަމައްޔާއި

21 August 2016

ދެން އަލްޖަޒީރާ ކުދިންވެސް އުޅޭ ފާޑެއްދޯ؟ ހާދަ ސިޔާސަ ވެގެންން ދޯ ތިއުލެނީ. ބަލަ މެދު އިރުމަތީގަ ވާކަން ކަމާ ނިކަން ބެހިބަލަ. ކާށިކެވޭނީ ދަަތް ހުންނަ އިރުކަން ނޭގޭތަ؟

The name is already taken The name is available. Register?

ނުހަނު

21 August 2016

ޢަލްޖަޒީރާ ޓީވީގެ މީހުން އެހެން ގަައުމުތަކުގެ ތިޔަޒާތުގެ ޑޮކިއުމެންޓްރީ މީގެ ކުރިން ހަދާފައި ނުވާއިރު މި ކުޑަ ރާއްޖޭގެ ދައުލަތާއި ބެހޭ ތިޔަ ފާޑު ވީޑިއޯއެއް ހަދާފާނެބާ؟

The name is already taken The name is available. Register?

އަލީ

22 August 2016

ޔޫޓިއުބް ބަލާލަބަލަ. އަލްޖަޒީރާއިން އާއްމުކޮށްކުރާކަމެއް ހާއްސަ ޓޮޕިކްތަކަށް ކުރުޑޮކިއުމެންޓްރީވެސް އަދި ދިގުޑޮކިއުމެންޓަރީވެސް ހެދުން. އަދި އެމީހުންގެ ވެބްސައިޓުންނާއި ޔޫޓިއުބަށްވެސް އަޕްލޯޑްކުރާނެ.

The name is already taken The name is available. Register?

ޙަޒުމަތު

21 August 2016

ފާހަގަ ކުރެވޭ ކަންތަކެއް: 1- ކާރޑްގައި އަލްޖަޒީރާގެ ލޯގޯ ނެތުން 2- RSVP ގައި އޮތް އީމެއިލް އެޑްރެސް ގައި[email protected] އޮތުން. އަލްޖަޒީރާ އީ މެއިލް ތައް ނެޓުން ބައްލްވާ އޮންނާނީ އަލްޖަޒީރާ.ނެޓް އެއްނޫން. ޢޮންނަނީ އަލްޖަޒީރާ.ކޮމް @aljazeera.com ޢަނެއްކާވެސް އެއްކަލަ ފޭކް ޖައްސާ ގުރޫޕް

The name is already taken The name is available. Register?

ރޯނުއެދުރު

21 August 2016

http://www.aljazeera.net/portal އަށް ވަދެ ބަލާލަބަަލަ. އަރަބި ސައިޓް އަކީ ފޭކެއްހެން ހީވޭތަ؟

The name is already taken The name is available. Register?

ރަދީފް

21 August 2016

މަނިކްފާނު. ދަންނަވަންތޯ. aljazeera.com aljazeera.net ދެ ޑޮމެއިން ވެސް ނިސްބަތްވަނީ އަލް ޖަޒީރާއަށް. ޑޮޓް ނެޓް އެއީ އަރަބި ވާޝަންގެ ޑޮމެއިން. ދެންހިނގާދޯ ފޭކް ޖައްސާމީހުން ހޯދަން. ވ.ވެދުން

The name is already taken The name is available. Register?

ހުސޭނުބޭ. މާލެ

22 August 2016

ކޮށްކޮމެންނަށް ހީވާނެ ރައީސަކު ފޭކް އެވޯޑް އިހަކަށް ދުވަހު ހޯދިހެނޭ އެންމެން އުޅޭނީ. އެބުނާ އެވޯޑެއްގެ ވާހަކަ ޓައިމްސް އޮފް އިންޑިޔާއަކަށްވެސް ނޭރި، ނަމަވެސް މި ބުނާ ޑޮކިއުމަންޓްރީ ސީއެންއެން އިން ނެރޭނެކަން ޔަގީން އެބަވޭ.

The name is already taken The name is available. Register?

އަބުރު

21 August 2016

ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ދައްކާ ހަބަރާއި މައުލޫމާތު ރާއްޖޭގައި ރިބްރޯޑްކާސްޓު ކުރުމުގެ ޤާނޫނަށް ހުށަހަޅާ އިސްލާހު.

The name is already taken The name is available. Register?

ޚަސް

21 August 2016

ކިޔަވާ ކުދިންނަށް ހުރި އުފާވެރި ކަމެއް. ދެން މަޒުމޫނު އެއްޗެހި ލިޔާއިރު ބުނެވޭނެ އަލް ޖަޒީރާއިން މިހެން ބުންޏޭ އެހެން ބުންޏޭ.. ސުކުރިއްޔާ...

The name is already taken The name is available. Register?

ރަފީދު

21 August 2016

197 ކޮމެންޓް މިހާރު

The name is already taken The name is available. Register?

ރަދީފް

21 August 2016

194 ކޮމެންޓް. ސާބަހޭ.ސާބަހޭ

The name is already taken The name is available. Register?

ބަސްފޮތް

21 August 2016

ކޮމެންޓް ގިނަވާނެ ދޯ ކަލޭ އެއް ކޮމެންޓެއް ތިހެން ރިޕީޓް ކުރަންޏާ؟ ކޮންމެ މޮމެންޓަކަށް ތިހެން އަޕްޑޭތް ދެންޏާ 2000 އަށްވެސް އަރާނެ.

The name is already taken The name is available. Register?

ރަދީފް

22 August 2016

ބަސްފޮތް. ދޭހަވުމުގެ މައްސަލަ ކަލޭ ގައިގަ ހުރިކަމަށް ލަފާކުރެވޭ.

The name is already taken The name is available. Register?

ޔަގީން

21 August 2016

ނެރުމުގެ ކުރިން ބިލެއް ފާސްކުރަން ފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454