ޕްރޮފެސަރު އުގެއިލް "މިހާރު"އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު
07 ޖެނުއަރީ 2019 - 20:05
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ރާއްޖޭގައި ކުރިއަރުވައި، އެ ޓެކްނޮލޮޖީގެ ދިވެހި އަމިއްލަ އުފެއްދުންތަކެއް މަސައްކަތުގެ މާހައުލަށް ނެރެ، ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮގްރާމެއް ފަށަން ޕްރޮފެސަރު ހަސަން އުގައިލް ފައުންޑޭޝަނާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީން ތައްޔާރު ވެއްޖެ އެވެ.
މި މަހު 19 ގައި ފަށާ އެ ޕްރޮގްރާމްގައި، ފުރަތަމަ ހިންގާނީ އާޓިފިޝަލް އިންޓަލިޖެންސަށް ޝައުގުވެރިކަން ހުންނަ ޒުވާނުން އެއްކޮށް، އެ ދާއިރާއިން ހިންގިދާނެ މަޝްރޫއުތަކާ މެދު އެމީހުން ކޮށްފައިވާ ހިޔާލުތައް އެއްކުރުމެވެ. "އާރް އެންޑް ޑީ އާޓިފިޝަލް އިންޓެލިޖެންސް އެސެލެރޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް އިންތިޒާމްކުރާ އެއް ފަރާތް ކަމަށްވާ މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ޗެއާމަން މުހައްމަދު ވިޝާހު "މިހާރު"އަށް ވިދާޅުވީ މައުލޫމާތު އެއްކޮށް، ހިންގިދާނެ މަޝްރޫއުތައް ރާވައި އެ މަޝްރޫއުތައް ހިންގާނެ ގްރޫޕްތައް އެކުލަވައިލާނީ ޕްރޮފެސަރު އުގައިލް ކަމަށެވެ.
"ގިނަ އަދަދެއްގެ ޒުވާނުން އަންނާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އެކަމަކު އެ އެންމެންނަށް ފުރުސަތު ނުދެވިދާނެ. އެހެންވީމާ ނަގަން ނިންމާފައި އޮތީ ޖުމްލަ ފަސް ގްރޫޕެއް. އެގޮތުން ފުރުސަތު ދޭނެ ގްރޫޕްތައް ހޮއްވަވާނީ ޕްރޮފެސަރު އުގައިލް،" އޭނާ ވިދާޅުވި އެވެ.
ވިޝާހް ވިދާޅުވީ ޕްރޮގްރާމްގެ ތެރެއިން އަމާޒު ކުރާ އުފެއްދުންތަކުގެ ތެރޭފައި ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ދިވެހި ބަސް ބޭނުންކުރުމަށް މަގުފަހި ކޮށްދޭނެ އުފެއްދުންތަކާއި ވިޔަފާރިތަކުން ކުރަން ޖެހޭ މާކެޓް ދިރާސާ ކުރުން ފަދަ ކަންތައްތައް އިންތިހާއަށް ފަސޭހަ ކޮށްދޭ ފަދަ އުފެއްދުންތައް ހިމެނޭ ކަމަށެވެ.
"މިސާލަަކަށް ސިރީ ނޫނީ ގޫގުލް އެސިސްޓެންޓް ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެބަހުރި އެ ގައުމުތަކުގެ ބަހުން ބޭނުން ކުރެވޭ ގޮތަށް. އެކަހަލަ އޭއައި އުފެއްދުންތަކުގައި ދިވެހި ބަސް ބޭނުން ކުރެވޭނެ ގޮތް ހެދުން ވެސް އެއީ މި ޕްރޮގްރާމްގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ކަމެއް،" ވިޝާހު ވިދާޅުވި އެވެ.
R&D AI Accelerator
This an Initiative taken up by Professor Ugail in partnership with MOSS to create a platform whereby creative thinking tools are utilized to come up with solutions which will be beneficial to specific industries, companies and the nation at large.
R&D AI Accelerator
ޕްރޮގްރާމަށް ރަޖިސްޓްރީކުރާ ލިންކް
އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިތަކުން މާކެޓް އެނަލައިޒްކޮށް، އެންމެ ހިނގާ އުފެއްދުންތަކާއި އެންމެ ވިޔަފާރިވާ ވަގުތުތައް ދެނެގަތުން ފަދަ ހިސާބު އިލްމާ ގުޅޭ މަސައްކަތްތައް އިންސާނުންގެ ވިސްނުމަށް ވުރެ އަވަހަށް ކުރެވޭ ފަދަ ބޮޓްތައް އުފެއްދުމަކީ ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެކެވެ.
"ދުވަހުން ދުވަހަށް ކުރާ ވިޔަފާރި އާއި އޮންލައިން ސައިޓްތަކުގައި ހިނގާ ހަބަރުތަކާ މިފަދަ އެތައް ޑޭޓާއެއް ފީޑްކޮށްގެން އިންސާނުންގެ ވިސްނުމުން އެ ހިސާބުތައް ހެދުމަށް ވުރެ އަވަހަށް، މާ އެފިޝަންޓްކޮށް އެ މަސައްކަތްތައް ކުރެވޭ ފަދަ އޭއައި އެސިސްޓެންޓުން އުފެއްދިދާނެ. މިހަލަ ފައިދާ ހުރި ކިތަންމެ ކަމެއް އޭއައި ދާއިރާއިން ކުރެވިދާނެ،" ވިޝާހު ވިދާޅުވި އެވެ.
ޕްރޮގްރާމް ހިންގަން ރާވާފައިވާ ގޮތާ ބެހޭ ތަފުސީލު ދެއްވަމުން ވިޝާހު ވިދާޅުވީ އުގައިލް ހޮއްވަވާ ގްރޫޕްތަކުން ހިންގާ މަޝްރޫއުތަކަށް މާލީ އެހީވެސް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފަސް މެމްބަރުން ހިމެނޭ ގޮތަށް ފަސް ގްރޫޕުން ހަ މަސް ދުވަހު މަސައްކަތް ކުރާ އިރު މަހެއްގެ ޚަރަދަށް ކޮންމެ ގްރޫޕަކަށް 20،000ރ. ދޭން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ދޭނީ ޕްރޮގްރާމް ހިންގާ ދެ ޖަމިއްޔާއިންނެވެ.
އެ މުއްދަތުގައި މަސައްކަތް ކުރުމަށް ޚިޔާލުތައް ނެރުމާއި މައުލޫމާތު ލިބިގަންނާނެ މަސްދަރުތައް ކިޔައި ދިނުމާއި ޑެމޯއެއް( ނަމޫނާ އުފެއްދުމެއް) އުފައްދާނެ ގޮތް ކިޔައި ދިނުން ފަދަ ހުރިހާ ކަމަކަށް އުގައިލް އެހީތެރިވެދެއްވާނެ އެވެ. އެންމެ ފަހުން އޮންނާނީ ޑެމޯ ދައްކައިލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސީލާ
08 January 2019
މީނާވެސް ފުރުސަތުގެ ބޭނުން ހިފާލާފަ އެޑުވާންޓޭޖެއް ނަގައިލަން ކެތްމަދުވެފަ ހުރިހެން އެބަ ހީވޭ..
ޔޫސޭ
08 January 2019
މިއީ ރާއްޖޭގެ ކުރިމަގަށް އަންނާނެ ހެޔޮ ބަދަލެއް
މަސްދަރު.
08 January 2019
މިއޮތީ އެމަސްދަރު.....
ފައްކާ
08 January 2019
ވަރަށް ސަޅި. ދާނަން.
ހކނދ
08 January 2019
އުގެއިލް! ޔޫ ލުކް ލައިކް ޔޫ ހެވެންޓް ސްލެޕްޓް ފޯ ވީކްސް! މޭބީ ސްލީޕް ފަސްޓް.
ހޫނހޫނ
08 January 2019
ޢޭނާ ނުނިދާވެސް މަސައްކަތުގަ އެބައުޅެއެނު.
އޭސީސީ
08 January 2019
އާޓިފިޝަލް އިންޓެލިޖެންސް އަކީ ހަގީގަތެކޭ އިންސާނެތްނޫނޭ ނަމަވެސް ވިސްނަޔޭ އިހުސާސެއްނުވޭ ނަމަވެސް އިހުސާސް އެގޭ ކައިބޮއި ނެހެދިޔަސް ކައްކަން އެނގެޔޭ ޑިޕްލޮމާ ނެހެދިޔަސް ވަޒީފާ ލިބިގެންދޭ އިންސާނުން ފަދައިން މައްސަލަ ޖެހެޔޭ ނިއްވާލާފައި އަޅުންހުޅުވުމުން ރުޅިއެއް ނާދެޔޭ
އަންކަލޯ
08 January 2019
މިއޮތީ އެއްމަސްދަރު.....
ޝާހު
08 January 2019
އާދެ ރާއްޖެއައަ މިހާރު ޖައްވައްދިއުން ފިޔަވާ ދެން އެންމެ މުހިންމު ކަމަކީ ތިޔައީ. ތިކަން ކުރީމަ ވަޒީފާތައްވެސް އިތުރުވެ ބޯހިޔާވަހިކަންވެސް ލިބި މުޅީން ޖަޒީރާވެވޭނީ.
ރޭހޭ
08 January 2019
ކަލޯ ބޮލުގެ ބަދަލުގަ ހުރީ ބަރަބޮލެއްތަ؟
މަންސޫރު
08 January 2019
ޔާމީނަށް 100 މިލިއަން ލިބުނު ގޮތެއް އިނގޭނެ މެޝިނަކާއި ހަވާލުކުރީމައި. ޢަދި މިހާތަނަށް ކޮމްޕިއުޓަރ ޕްރޮގްރާމެއް ރިޝްވަތުގައި ހިފައިފަޔެއް ނެތް ނުވަތަ ރިޝްވަތު ނަގާ އެލޮގްރިދަމްއެއް ކާމިޔާބުކޮށް ބޭނުންކޮއްފައި ނުވޭ.
ސޯސް
07 January 2019
ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ހަރަދުކުޑަވެ، ހުސްވަގުތު އަނބިދަރިންނާ މައިންބަފައިންނަންދިނުމައް އާޓިފިޝަލް އިންޓެލިޖެންސް ވަރަށް މުހިންމު، އުފާވެރި ހިތްހަމަޖެހޭ ބާއްޖަވެރި 2019 ދިވެހިރާއްޖެއަކަން މިސްރާބު ޖަހަމާ
ގަދަ
07 January 2019
މިކަހަލަ މޮޅު ކަންތައް ކުރަންވީ. ސާބަަސް.